Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރާނިޔާއާއި އީވާގެ މެޓާ ވިޔަފާރި

ރާނިޔާއާއި އީވާގެ މެޓާ ވިޔަފާރި: ފަގީރުކަމުގެ ހިތި ރަހައަށް ފޮނި ބަދަލެއް!

6 ޖުލައި 2023 | ބުރާސްފަތި 02:06

ކަރަންޓާއި ގޭހުގެ ދަތިކަން އިންތިހާއަށް ކުރިމަތިވި ކަމުގައި ވީނަމަވެސް، އެއީ މަސައްކަތަށް އޮތް ހުރަހެއް ކަމުގައި ރާނިޔާއެއް ނުދެކޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 6 ޖުލައި 2023 | ބުރާސްފަތި 02:06
ރާނިޔާއާއި އީވާގެ މެޓާ ވިޔަފާރި

ރާނިޔާއާއި އީވާގެ މެޓާ ވިޔަފާރި

ދިރިއުޅުމުގެ ހާލަތު ކޮންމެ ގޮތަކަށް އޮތް ކަމުގައި ވީ ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ފޮނިކާތަކެއްޗަށް ލޯބިކުރާ ބައެކެވެ. އެކަން ނުކުރުމަށް ނުވަތަ ވަކި ހިފެހެއްޓުމެއްގެ ތެރެއިން ފޮނިކާތަކެތި ކައިބޮއެ އުޅުމަށް ޞިއްޙީ މާހިރުން ކެނޑިނޭޅި ހަނދާންކޮށްދެމުން ދާ އިރުވެސް، ގިނަ ފަހަރަށް އެ ނަޞޭހަތުގައި ހިފޭ ގޮތް އޮންނަނީ ނުވެފައެވެ. ހަށިގަނޑަށް ކިތަންމެ ބަލައިގެން އުޅުނު ކަމުގައި ވީ ނަމަވެސް، ނުވަތަ އަތްމަތި ކިތަންމެ ދަތިވެގެން ދިޔަ ކަމުގައި ވީ ނަމަވެސް ފޮނިކާއެއްޗެއްކަށް އިންސާފުކޮށް ނުލާ ހުރެވެނީ މަދު މީހަކަށެވެ. އެތައް އަހަރަކަށް ދިގުލާ ދިޔަ ހަނގުރާމައާއި ކުރިމަތިލުންތަކުން ސުންނާފަތިވެ، އިޤްތިޞާދު ވަޅުޖެހިފައި ވާ ސޫރިޔާގައިވެސް ކަން ހިނގަނީ ހަމަ މި ގޮތަށެވެ. އިންސާނީ ޠައްބިއްޔަތު ކަމުގައިވެސް ވެދާނެއެވެ.

ދިގުލާ ދެމެމުންދާ އިޤްތިޞާދީ ކާރިޘާގެ ތެރެއިން ސޫރިޔާގެ ވެރި ރަށް ދިމިޝްކުގެ އަންހެނުން މިޞްރާބު ޖެހީ ގޭ ބަދިގެ ތަކުގައި ފޮނިކާތަކެތި ތައްޔާރުކޮށް، އެ ތަކެތި ވިއްކުމުގެ ވިޔަފާރިއާ ދިމާއަށެވެ. ޢާއިލާގެ ކަންކަމަށް ބޭނުންވާ އިތުރު ފައިސާ ލިބޭނެ އާމްދަނީއެއް ހޯދަން ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އެނޫން ޙާލަތްތަކުގައި އަތް ނުފޯރާހާ ބޮޑު އަގުގައި ލިބެން ހުންނަ ފޮނިކާތަކެތި، އެންމެ އާދައިގެ މީހާގެ އަތްވެސް ފޯރާ ހިސާބަށް ތިރި ކޮށްދިނުމުގެ މަޤުޞަދުގައެވެ.

މީގެ ކުރިން އޭނާ އަދާ ކުރަމުން ދިޔަ ވަޒީފާއިން މުސްކުޅިވެގެން އިން ރާނިޔާ އަލް-މަންސޫރަކީވެސް، ދިރިއުޅުން އާރާސްތު ކުރުމަށްޓަކާ ފިރިމީހާއަށް ފައިސާގެ އިތުރު އެހީއެއް ހޯދާ ދިނުމުގެ ބޭނުމުގައި ފޮނިކާތަކެއްޗާއި މެޓާ ހެދުމުގެ މަސައްކަތް ފެށި މީހެކެވެ. ރާނިޔާ ބުނި ގޮތުގައި ބޮޑެތި ފިހާރަތަކުން، ނަން މަޝްހޫރު ބްރޭންޑްތަކުގެ ފޮނިކާތަކެތި ގަނެވޭނެ ފަދަ ތަނަވަސްކަން ނެތް އެތައް ބަޔަކު، މިއަދު މިޞްރާބު ޖަހާފައި ވަނީ އޭނާ ގޮތަށް، އަމިއްލަ ގޭބިސީގައި ކުދިކުދި ވިޔަފާރިތައް ހިންގާ މީހުންނާ ދިމާއަށެވެ.

ވެރިކަމުގެ ދަހިވެތިކަމުގައި ނުރައްކަލުގެ އަނދަވަޅަކަށް ވައްޓާލި ސޫރިޔާގެ ރައްޔިތުންނަށް އުފުލަން ޖެހިފައި ވާ ތަކުލީފުތަކުގެ ލިސްޓު ލިޔެ ކޮޅުން ނުލާނެއެވެ. އާންމު ދިރިއުޅުމަށް ދަތި ނުވާ ހަމަ އެންމެ ކަމެއް ނެތޭވެސް ދެންނެވިދާނެއެވެ. ކޮންމެ ހާލެއްގައިވެސް އަމިއްލަ ދިރިއުޅުން ހެޔޮ ފާލަކަށް އެޅުވޭތޯ މަސައްކަތް ކުރާ، ރާނިޔާ ފަދަ އެތައް ބަޔަކު ސޫރިޔާގައި އެބަތިއްބެވެ. ކަރަންޓާއި ގޭހުގެ ދަތިކަން އިންތިހާއަށް ކުރިމަތިވި ކަމުގައި ވީ ނަމަވެސް، އެއީ މަސައްކަތަށް އޮތް ހުރަހެއް ކަމުގައި ރާނިޔާ ނުދެކެއެވެ. އަމިއްލަ ގޭގެ ބަދިގޭގައި ފޮނިކާތަކެއްޗާއި މެޓާގެ އެކި ބާވަތްތައް ހަދައިގެން ވިއްކުމަކީ، ޚަރަދުގެ ގޮތުން ބަލާއިރުވެސް ރާނިޔާގެ ޖީބަށް ލުއި މަގެއްކަން އޭނާ ފާހަގަ ކުރެއެވެ.

އެެކި ޒާތްޒާތުގެ ފޮނިކާތަކެއްޗާއި މެޓާތައް ތައްޔާރު ކުރުމުގެ ވިޔަފާރީގައި، ރާނިޔާއަށް އަމަލީ ގޮތުން އަތް ގާތް ކޮށްދެމުން ދަނީ އޭނާގެ އެކުވެރިއެއް ކަމަށް ވާ އީވާ ޖަބޫރުއެވެ. ޢަރަބި ޤައުމުތަކަށް ޚާއްސަ ކުކީއެއް ކަމަށް ވާ މާމޫލް ތައްޔާރު ކުރުމުގެ މަސައްކަތުގައި އަވަދި ނެތި އުޅެމުން ދިޔަ 3 ދަރިންގެ މަންމަ، އީވާ ބުނި ގޮތުގައި، މި މަސައްކަތަކީ މާ ބޮޑު އާމްދަނީއެއް ލިބޭ މަސައްކަތަކަށް ނުވި ނަމަވެސް، މިއީ އުފުލަން ޖެހިފައި އޮތް ތަކުލީފުތަކަށް ލުޔެއް ހޯދާ ދޭ ކަމެކެވެ.

މި ވަޤުތަކީ މާޒީ ނުދެކޭ މިންވަރަށް، ސޫރިޔާއަށް އިންސާނީ އެހީގެ ބޭނުން ޖެހިފައި ވާ ވަޤުތެކެވެ. 12 އަހަރަށް ދިގުލާ ދިޔަ ހަނގުރާމާގައި މުޅި ޤައުމު ސުންނާފަތިވެ، އިޤްތިޞާދީ ކާރީޘާއެއްގެ ފުން އަނދަވަޅަށް މުޅި ޤައުމު ވެއްޓި، އެ ވަޅުގަނޑުން އެރޭނެ ގޮތެއް ނެތިފައި އޮތް ޤައުމެކެވެ. އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ސޫރިޔާގެ ފައިސާގެ އެއްވެސް އަގެއް ނެތޭވެސް ދެންނެވިދާނެއެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، މުޅި ޤައުމު މިއަދު އޮތީ އިންތިހާ ފަޤީރު ކަމުގެ މިންގަނޑު ފާހަގަ ކުރަން ދަމާލާ ރޮނގަށްވުރެ އަޑިއަށް ގަނބައިގަނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2022

އިޓަލީގައި ހިންގަމުން އައި ޑޮމިނޯސް ޕިއްޒާ ވިޔަފާރިތައް ބަންދުކޮށްފި

10 އޯގަސްޓު 2022
އިޓަލީގައި ހިންގަމުން އައި ޑޮމިނޯސް ޕިއްޒާ ވިޔަފާރިތައް ބަންދުކޮށްފި
15 ޖުލައި 2022

ޑިގްރީ ސަނަދަށްފަހު އެއްމާބަނޑު ދެބެން ވިޔަފާރި ފެށީ އެއް ފުރާޅެއްގެ މަތިންނާއި ދަށުން!

15 ޖުލައި 2022
ޑިގްރީ ސަނަދަށްފަހު އެއްމާބަނޑު ދެބެން ވިޔަފާރި ފެށީ އެއް ފުރާޅެއްގެ މަތިންނާއި ދަށުން!
11 އެޕްރީލު 2022

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

11 އެޕްރީލު 2022
ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
10 މާރިޗު 2022

ފަލަސްތީންގެ މޮޅު ފެޝަން ޑިޒައިނަރު: ވިޔަފާރިގެ ދާއިރާއަށް އަންހެނުން ނެރުމުގައި

10 މާރިޗު 2022
ފަލަސްތީންގެ މޮޅު ފެޝަން ޑިޒައިނަރު: ވިޔަފާރިގެ ދާއިރާއަށް އަންހެނުން ނެރުމުގައި
03 މާރިޗު 2022

ބޯވަ އާލާކޮށްގެން އޭގެ ވިޔަފާރި ކުރުމަށް އުފައްދާ ފުރަތަމަ ފާމް އަންނަ އަހަރު ހުޅުވަނީ

03 މާރިޗު 2022
ބޯވަ އާލާކޮށްގެން އޭގެ ވިޔަފާރި ކުރުމަށް އުފައްދާ ފުރަތަމަ ފާމް އަންނަ އަހަރު ހުޅުވަނީ
24 ޖެނުއަރީ 2020

ރިހާނާ އާއި ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވި ސަބަބު އެނގޭތަ؟

24 ޖެނުއަރީ 2020
ރިހާނާ އާއި ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވި ސަބަބު އެނގޭތަ؟
18 ޖެނުއަރީ 2020

ރިހާނާއާއި ސައުދި ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވީތަ؟

18 ޖެނުއަރީ 2020
ރިހާނާއާއި ސައުދި ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވީތަ؟
26 މާރިޗު 2019

ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލްއާ ކައިވެނި ކުރަން ރިހާނާ ތައްޔާރުވީތަ؟

26 މާރިޗު 2019
ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލްއާ ކައިވެނި ކުރަން ރިހާނާ ތައްޔާރުވީތަ؟
13 ޖޫން 2017

ގެރިކިރު ހުސްވާތީ ވިޔަފާރިވެރިޔަކު 4000 ގެރި މަތިންދާބޯޓުގައި ގަތަރަށް ގެންދަނީ

13 ޖޫން 2017
ގެރިކިރު ހުސްވާތީ ވިޔަފާރިވެރިޔަކު 4000 ގެރި މަތިންދާބޯޓުގައި ގަތަރަށް ގެންދަނީ
19 އެޕްރީލު 2017

"ބޭގަމް ޖާން" މޮޅު ނަމަވެސް ވިޔަފާރި ދަށް

19 އެޕްރީލު 2017
"ބޭގަމް ޖާން" މޮޅު ނަމަވެސް ވިޔަފާރި ދަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް