Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ބެޑްމިންޓަން މުބާރާތް

ގައުމީ ބެޑްމިންޓަން މުބާރާތް: ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޒަޔާން ހޯދައިފި

2017 ވަނަ އަހަރުގެ މުބާރާތްވެސް ކާމިޔާބުކުރީ ޒަޔާން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 5 ޖުލައި 2023 | ބުދަ 12:39
ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސްގެ އިނާމު ދިނުން

ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސްގެ އިނާމު ދިނުން

ޤައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުސައިން ޒަޔާން ޝަހީދު ޒަކީ ހޯދައިފިއެވެ.

ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޒަޔާން ހޯދީ ފައިނަލުގައި، މިދިޔަ އަހަރުގެ ޗެމްޕިއަން ނިބާލް އަހުމަދު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ ފައިނަލުގައިވެސް ވާދަކުރީ މި ދެ ކުޅުންތެރިންނެވެ. ނިބާލް ވަނީ މިދިޔަ އަހަރުގެ ފައިނަލް މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ. މިއަހަރުގެ ފައިނަލް މެޗުގެ ސެޓުތައް ޒަޔާން ގެންދިޔައީ 21-13 އަދި 21-16 ނެވެ. ތިންވަނަ ހޯދީ މުޙައްމަދު އަޖްފާން އަދި ތާއިފެވެ..

ދެވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަލީ މުއާޒް އެވެ. މުއާޒް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އަހުމަދު އިމާންއާ ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް މުއާޒް ކާމިޔާބުކުރީ 9-21 އަދި 13-21 ނެވެ. އިމާން ފައިނަލުން ޖާގަ ހޯދީ ސެމީގައި މިދިޔަ އަހަރުގެ ޗެމްޕިއަން އިޔާން އަބްދުލް އަލީމް 2-1 ސެޓުން ބަލިކޮށްގެންނެވެ. އަދި ޗެމްޕިއަންކަން ހޯދި މުއާޒް ވަނީ ސެމީގައި ހުސައިން ރިފާއު، ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މިއާއެކު ދެވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ތިންވަނަ ލިބުނީ އިޔާން އަދި ރިފާއުއަށެވެ.

މިއަހަރު ބޭއްވި ސްޕޯޓްސް އެވޯޑުގައި އެންމެ މޮޅު ފިރިހެން ބެޑްމިންޓަން ކުޅުންތެރިޔަކަށް ހޮވުނީ ނިބާލްއެވެ. ގަދަ ތިނެއްގައި އިތުރަށް ހިމެނިފައިވަނީ ޒަޔާނާއި އަޖްފާނެވެ. ޒަޔާނަކީ 2017 ވަނަ އަހަރުގެވެސް ގައުމީ ޗެމްޕިއަނެވެ.

މިއީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ 49 ވަނަ ގައުމީ މުބާރާތެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު