Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށު ޚިޔާނާތުގެ މައްސަލަ

އާރަށު ޚިޔާނާތުގެ މައްސަލާގައި ދަށު ކޯޓުގެ ފަނޑިޔާރު މުއްދަތު ގުނީ ގޯސްކޮށް ކަމަކަށް ނުދެކެން: ދައުލަތް

މި އަޑުއެހުމަކީ ދައުލަތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމަށް ބޭއްވި އަޑުއެހުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ޖުލައި 2023 | ބުދަ 15:13
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން

ޔާމީނާއި ޔޫސުފް ނައީމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނާއި ޔޫސުފް ނައީމްގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުދަ ދުވަހު ހައިކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަކީ ދައުލަތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ޔާމީނުގެ ފަރާތްޕުޅުން 14 އިސްތިއުނާފީ ނުކުތާއެއް ހައިކޯޓަށް ހުށަހަޅާފައިވެއެވެ.

ވަކާލާތު ކުރައްވަން ފައްޓަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގެ އިސްތިއުނާފުގެ ޖަވާބު ތައްޔާރު ކުރުމުގައި ދައުލަތަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން އެއް ވާގިއާޔާގުޅޭ ގިނަ ނުކުތާތަކެއް "އެއްވެސް ތަރުތީބެއް ނެތި އިސްތިއުނާފީ ފޯމުގެ އެކި ތަންތަނަށް ވިއްސި ވިހާލިވެފައި" ވާކަމަށް، ޔާމީނުގެ ފަރާތްޕުޅުން ވޮޑަމުއްލާ މައްސަލައާ ގުޅިގެން ކުރި އިސްތިއުނާފުގައިވެސް ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައި ވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލާގައިވެސް އިސްތިއުނާފު ހުށަހަޅާފައިވަނީ އެފަދަ ގޮތަކަށް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ދަށު ކޯޓުގެ ނިންމުން ގާނޫނާ ޚިލާފުކަމަށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށް، އެކަމުގެ ގާނޫނީ އަސާސެއް ހިމެނުމެއްނެތި، ހަމައެކަނި އެފަރާތުން ބޭނުންވާ ގޮތް ބަޔާންކޮށް ހުށަހަޅާފައިވާ ނުކުތާތަކެއްވެސް ހިމެނޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ގޮތް ނިންމާއިރު އެ ނުކުތާތައް އެކަހެރި ކޮށްދިނުމަށް ދައުލަތުގެ ވަކީލު އެދިވަޑައިގަތެވެ.

އެއަށްފަހު ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުން ކުރިއަށް ގެންގޮސްފައެވެ.

އޭރު ދައުލަތާއި ދިފާއުންވެސް ހުށަހެޅުންތައް ހުށަހަޅާފައިވާނީ، މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަދި (ށ)ގައި ބަޔާންކުރާ މުއްދަތަށް ބަލައިގެންނެވެ.

އެ މާއްދާގެ (ހ) އަދި (ށ)ގައި ބަޔާންކުރަނީ ފުރުސަތު ދިން ދުވަހާއި، މުއްދަތު ހަމަވާ ދުވަސް ނުގުނާނެ ކަމަށެވެ. އަދި ވަކި ކަމެއް ކުރަން އޮތް އެންމެ ފަހު ތާރީޚަކީ ރަސްމީ ބަންދު ދުވަހަކަށްވާނަމަ، އެ ކަމެއް ބަންދު ދުވަހާ ވިދިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހު ކުރެވިދާނެ ކަމަށެވެ.

އެހެންނަމަވެސް އެ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވަނީ، 7 ދުވަހަށްވުރެ ދިގު ނޫން މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ކަންކަން ކޮށްފިކަން ކަށަވަރު ކުރުމުގައި، އެ 7 ދުވަހުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭނެކަމަށެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދެއްވާފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. ވީއިރު، މިއީ 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ބާވަތުގެ ކަމެއް ނޫނެވެ.

ނަމަވެސް ދައުލަތާއި ދައުވާލިބޭ ފަރާތްތަކުން މުއްދަތު ގުނާފައިވަނީ އެ ދެމެދަށް އައި ފިތުރު އީދުގެ ޗުއްޓީގެ މުއްދަތަށްވެސް ބަލާފައެވެ.

ވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުމެއް ހުށަހަޅާފައި ނުވާތީ، އެ ހުށަހެޅުންތައް ބަަލައިނުގެންނެވުމަށް ނިންމަވާފައެވެ.

އެ ނުކުތާ ދައުލަތުންވެސް ފަހުން ވަނީ ގަބޫލުކޮށްފައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް، ގަވާއިދު ހުއްދަކުރާ އެންމެ ދިގު މުއްދަތު ދަށު ކޯޓުގެ ފަނޑިޔާރު ދެއްވާފައިވާކަމަށާއި، އެ 15 ދުވަސް ގުނުމުގައި ފަނޑިޔާރު އަމަލު ކުރެއްވީ ގަވާއިދާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަމަށެވެ.

އެއަށްފަހު ނުކުތާތަކަށް ރައްދު ދިނުން ދައުލަތުން ކުރިއަަށް ގެންގޮސްފައިވާއިރު، އެ ނުކުތާތަކާ ގުޅޭގޮތުން ޔާމީނުގެ ވަކީލުންވެސް ވަނީ ވާހަކަދައްކަވާފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޒު ހަސަން ޝަފީއު, ފަނޑިޔާރު އަލްއުސްތާޒާ ޚުޒައިފާ މުހައްމަދު އަދި އަލްއުސްތާޒު މުހައްމަދު ސަލީމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު