Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލް

ނެދަލެންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލެޖާ ގުޅިގެން އެމްޕީއެލްގެ މުވައްޒަފުން ތަމްރީން ކުރަނީ

5 ޖުލައި 2023 | ބުދަ 10:06

އެއްބަސްވުމުގެ ދަށުން މެރިޓައިމް ދާއިރާ ތަރައްގީ ކުރުމަށާއި ރާއްޖޭގެ މެރިޓައިމް ވިޔަފާރި ކުރިއެރުވުމަށް ރިސާޗް ޕްރޮގްރާމްތައް ހިންގާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 5 ޖުލައި 2023 | ބުދަ 10:06
އެމްޕީއެލް އާއި އެންއެމްޔޫސީ އާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން

އެމްޕީއެލް އާއި އެންއެމްޔޫސީ އާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުން ތަމްރީން ކުރުމަށް ނެދަލެންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލެޖް (އެންއެމްޔޫސީ) އާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި އެމްއެންޔޫސީގެ ފަރާތުން ސޮއި ކުރެއްވީ އެ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޗެއަރމަން ދާޓޯ ކެޕްޓަން ރަޒާލީ ޔާކޮބްއެވެ.

Advertisement - newsAdvertisement

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވި ގޮތުގައި މި އެމްއޯޔޫއަކީ އެމްޕީއެލް އާއި އެންއެމްޔޫސީ ގުޅިގެން މަސައްކަތް ކުރެވެން ހުރި ދާއިރާތައް ބަލައި އެ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. އެގޮތުން، މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ މުވައްޒަފުން ތަމްރީންކުރުމަށް މަތީ ތައުލީމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެންއެމްޔޫސީ އަކީ މެރިޓައިމް ދާއިރާއަށް ހާއްސަ އިންސްޓިޓިއުޓެއް ކަމަށާއި ފައުންޑޭޝަން ޕްރޮގްރާމުތަކުން ފެށިގެން ކޮލެޖް ޑިގްރީ އަދި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ވެސް އެމްޕީއެލްގެ މުވައްޒަފުންނަށް ފަހިވެގެންދާނެ ކަމަށެވެ. މިއީ މުވައްޒަފުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެމްޕީއެލްއަށް ވެސް މީގެ ސަބަބުން ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެމްޕީއެލްގެ ޓްރެއިނިން ޕްރޮގްރާމުގައި ޖޫނިއާ ލެވެލްއިން ފެށިގެން މުވައްޒަފުން ތަމްރީން ކުރަމުން އަންނަކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ޑިގްރީއަށް ކިޔެވުމަށް ކޮންމެ އަހަރަކު ހަ ކުދިން ފޮނުވާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން މެރިޓައިމް ދާއިރާ ތަރައްގީ ކުރުމަށާއި ރާއްޖޭގެ މެރިޓައިމް ވިޔަފާރި ކުރިއެރުވުމަށް ރިސާޗް ޕްރޮގްރާމްތައް ހިންގުމަށް އެމްޕީއެލް އާއި އެންއެމްޔޫސީ ގުޅިގެން މަސައްކަތް ކުރާނެއެވެ. މި ދިރާސާތަކަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ދެ ފަރާތުން ގުޅިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެންއެމްޔޫސީގެ ޗެއަރމަން ދާޓޯ ކެޕްޓަން ރަޒާލީ ވިދާޅުވީ މިއަދަކީ "ބަދަހި ގުޅުމެއްގެ ފެށުން" ކަމަށެވެ. އަދި މެލޭޝިއާގައި ހުރީ ވަރަށް ފެންވަރު ރަނގަޅު ޕޯޓުތައް ކަމަށާއި ޕޯޓްގެ ދާއިރާގައި ލިބިފައިވާ އަމަލީ ތަޖުރިބާގެ އިތުރުން، ޔުނިވަރސިޓީ އިން ތަޢުލީމް ހާސިލްކުރާ ފަރާތްތަކަށް މަސައްކަތުގެ އަމަލީ ތަޖުރިބާތައް ލިބޭނެ ކަމަށެވެ.

ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލެޖަކީ މެރިޓައިމްގެ އެކި ދާއިރާތަކުގެ ތަޢުލީމާއި ތަމްރީނު އަދި ކޮންސަލްޓަންސީ ފޯރުކޮށްދޭ މެލޭޝިއާގެ ޔުނިވަރސިޓީއެކެވެ. މި ޔުނިވަރސިޓީގެ މައި ކެމްޕަސް ހުންނަނީ މެލޭޝިއާގެ ޖޮހޯރުގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް