Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޑިމޮކްރަޓްސްއާއި ޕީޕީއެމްގެ މެދުގައި އުފެދެމުން އަންނަ އައު ގުޅުމުން ނަތީޖާއެއް ނެރެވިދާނެބާ؟

ޑިމޮކްރަޓްސްއާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ މަޝްވަރާތައް ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 ޖުލައި 2023 | އަންގާރަ 18:01
ޑިމޮކްރަޓްސްއާއި ޕީޕީއެމް ޕީއެންސީ ބައްދަލުވުމުގެ ތެރެއިން

ޑިމޮކްރަޓްސްއާއި ޕީޕީއެމް ޕީއެންސީ ބައްދަލުވުމުގެ ތެރެއިން

އެއްބަޔަކު ތިބީ ކޮންމެ ގޮތެއް ހަދާފައިވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ބޭނުންވެފައެވެ. އެގޮތަކީ ތެލާއި ފެން އެކުވުންކަމުގައި ވާނަމަ އެގޮތްވެސް ވަރިހަމައެވެ. ބޭނުމަކީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ނުދިނުމެވެ. އޭގައި އެންމެންނަށް އެއްބަސްވާ ސަބަބުތަކެއް ނެތްކަމުގައި ވީނަމަވެހެވެ. އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނާއި ޖުމްހޫރީ ޕާޓީއާއި, އެމްޑީޕީ ތެރެއިން އުފެދިގެން އުޅޭ ޑިމޮކްރަޓްސްއެވެ. މިއީ މުޅިން ތަފާތު ސިޔާސީ ފިކުރުތަކެވެ. 2018 ވަނަ އަހަރު ހުރިހާ ސިޔާސީ ފިކުރުތަކެއް އެއްގަލަކަށް އަރައިގެން، އޭރު އޮތް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައިނަމަވެސް މިހާރުގެ ސިޔާސީ މަސްރަހު މުޅިން ތަފާތެވެ. އެހެންކަމުން ރައީސް ސާލިހާއެކު އިދިކޮޅު ސިޔާސީ ފިކުރުތަކަށް އެއްގަލަކަށް އަރައިގެން މަސައްކަތްކުރެވިދާނެތޯ އެއީ އުފެދޭ ބޮޑު ސުވާލެކެވެ.

އެ ސުވާލުގެ ޖަވާބު ލިބޭނީ ކުރިޔަށް އޮތް ދުވަސްތަކުއެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ކޯލިޝަންގެ ކެންޑިޑޭޓަކީ ޖަލު ހުކުމެއްގައި، ޖަލުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންކަމަށް ބުނަމުންނެވެ. އެންމެ ފަހުވަގުތާ ހަމައަށްވެސް އެކޯލިޝަންގެ ނިންމުމަކީ އެއީއެވެ. ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ހިސާބަށް ދަންދެން އެ ކޯލިޝަންގެ ވިސްނުމަކީ އެއީއެވެ. އެ ކޯލިޝަންގެ ކެންޑިޑޭޓަކީ ޔާމީންކަމަށް ހަމައެކަނި ބުނުމުގެ އިތުރުން، ޔާމީންގެ ކެމްޕެއިންވެސް އެކޯލިޝަނުން ވަނީ ފަށާފައެވެ. މާލޭގައި ޔާމީންގެ ކެމްޕެއިންގެ ދޮރުން ދޮރަށް ހަރަކާތް ވަނީ އެކޯލިޝަނުން ފަށާފައެވެ. އަނެއްކޮޅުން ޑިމޮކްރަޓްސްއިން ވެސް ބުނަމުން އަންނަނީ އެޕާޓީގެ ކެންޑިޑޭޓަކުވެސް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށެވެ. އެ ކެންޑިޑޭޓަކަށް ވާނީ 2013 ވަނަ އަހަރު ރައީސް ޔާމީނާ ވާދަކުރައްވައި އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުވަތަ ނަޝީދު ނެރުއްވާ ބޭފުޅަކަށް ވުމަކީ ވަރަށް ގާތްކަމެކެވެ.

މި ހުރިހާ ކަމެއް މިހެން އޮއްވައި ޑިމޮކްރަޓްސްއާއި ޕީޕީއެމުން މަޝްވަރާގެ މޭޒުގައި މި ކުރަނީ ކޮން މަޝްވަރާއެއްތޯ ސުވާލު އުފެދެއެވެ. އެ މަޝްވަރާއިން ހާސިލުކުރަން ބޭނުންވާ މަގްސަދާއި ނަތީޖާ ހާސިލުކުރެވިދާނެތޯ އެއީ އުފެދޭ ސުވާލެކެވެ. މި މަޝްވަރާތަކުގެ އެއް ބޭނުމަކަށް އަދި އެންމެ މުހިންމު ބޭނުމަކަށް ވާނީ އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރުމެވެ. އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓެއް ނެރުމެވެ. އެއީ ރައީސް ސާލިހު ނޫން ގޮތެއް ހޯދަން އެންމެ ފަސޭހަ ފޯމިއުލާކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ހިނގާފައިވާ މަޝްވަރާތަކަށް ބަލާއިރު، ޕީޕީއެމުން ގެންގުޅޭ "އިންޑިޔާ އައުޓް" ސިޔާސަތާއި "ޔާމީން ނޫން އެހެން މީހެއް ނެތުން" އެއީ ޑިމޮކްރަޓްސްއަށް ގަބޫލުކުރަން ފަސޭހަ ސިޔާސަތުތަކަކަށް ނުވެއެވެ. ސަބަބަކީ މުޅި ޕީޕީއެމް/ ޕީއެންސީއާއި ރައީސް ޔާމީންގެ އަމާޒަކީ އިންޑިޔާގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުން ކަމުގައިވާއިރު، އެއީ އެއްގޮތަކަށްވެސް ޑިމޮކްރަޓްސްގެ ގަބޫލުކުރުމެއް ނޫނެވެ. އެ ކެމްޕެއިނަށް ޑިމޮކްރަޓްސްގެ އެއްވެސް ތާއީދެއް ނެތެވެ. ޑިމޮކްރަޓްސްގެ ގަބޫލުކުރުމަކީ އެއްވެސް ގައުމަކާ ދެކޮޅަށް އެކަހަލަ ކެމްޕެއިނެއް ނުހިންގޭނެ ކަމެވެ. ނަމަވެސް ޔާމީންގެ މުޅި ސިޔާސީ ކަންކަން ބައްޓަންވެފައި ވަނީ އިންޑިޔާ އައުޓް ކެމްޕެއިންގެ ދަށުންނެވެ. ޕީޕީއެމުން ބުނެފައިވަނީ ވަކި ބަޔަކާއެކު ކޯލިޝަން ހަދައި ގުޅުން އުފެއްދުމަށް އެހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ. އަނެއްކޮޅުން ކުރިޔަށް އޮތް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީން އެންމެ ބޮޑަށް ރައްޔިތުންނަށް ވިއްކަން އޮތް އެއްޗަކީވެސް އިންޑިޔާ އައުޓް ކެމްޕެއިނެވެ. އެހެންކަމުން ތެލާއި ފެން އެކުނުވާނެ ބީދައިން، ޕީޕީއެމާއި ޑިމޮކްރަޓްސްއަށް މިކަމުގައި އެކައްޗެއް ނުކިޔޭނެކަން މިހާތަނަށް ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ސާފެވެ.

ދެން އޮތީ ކެންޑިޑޭޓަކު ނެރުމުގެ ވާހަކައެވެ. ކޮންމެ ގޮތެއް ވިޔަސް އެނގޭކަމަކީ ޔާމީނަށް ވާދަނުކުރެވޭނެކަން ޔަގީންވާ ހިސާބަށް ދަންދެން ޕީޕީއެމް ޕީއެންސީން ޔާމީން ނޫން އެހެން ކެންޑިޑޭޓެއްގެ ވާހަކަ ނުވެސް ދައްކާނެކަމެވެ. އެއީ މިހާތަނަށް ކަންވެފައިވާ ގޮތެއް ނޫނެވެ. ޑިމޮކްރަޓްސްއާއި ޕީޕީއެމްގެ މަޝްވަރާތަކަށްފަހު ޕީޕީއެމް ޕީއެންސީން މާލޭގައި ޔާމީންގެ ކެމްޕެއިންގެ ދޮރުން ދޮރަށް ހަރަކާތް ފެށުމާއެކުވެސް އެކަން އެނގިގެންދެއެވެ. އެހެންކަމުން އެހާހިސާބަށް ދަންދެން ދެ ޕާޓީއަށް އެއް ކެންޑިޑޭޓެއް ނެރެވިދާނެތޯ އެއީ ހަމަ އުފެދޭ ސުވާލެވެ. ދެން އޮތީ ޔާމީން މިނިވަންވެވަޑައިގެން، ޔާމީންގެ ފަހަތްޕުޅަށް ޑިމޮކްރަޓްސްއިން އަރާފާނެތޯ ކުރެވޭ ސުވާލެވެ. އެމްޑީޕީ ތެރެއިން ޑިމޮކްރަޓްސް ނަމުގައި ބަޔަކު ނިކުމެގެން އުޅޭ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ މިސަރުކާރުން އެކަށީގެންވާ ގޮތެއްގައި ނުބެލުމެވެ. އަދި މިސަރުކާރުގައި ހިނގި ޚިޔާނާތުގެ މައްސަލަތައްވެސް ނުބެލުމެވެ. މިއީ ޑިމޮކްރަޓްސްގެ އިސް ބޭފުޅުން ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ބޮޑަށް ބޭނުންކުރެއްވި ވާހަކަތަކެވެ. އަނެއްކޮޅުން ޔާމީން އޮންނަވަންޖެހޭނީ ޖަލުގައި ކަމަށް އެންމެ ބޮޑަށް ވިދާޅުވި ބޭފުޅުންގެ ތެރޭގައި ޑިމޮކްރަޓްސްގައި މިހާރު ތިއްބެވި ބޭފުޅުން ހިމެނެއެވެ. އެހެންކަމުން ޑިމޮކްރަޓްސްއިން ގަބޫލުކުރާ އެއް ކެންޑިޑޭޓަކީ ޔާމީން ކަމަށްވާނަމަ ދެން ޖެހޭނީ ޔާމީން މައުސޫމްކަމަށް ޑިމޮކްރަޓްސްއިން ގަބޫލުކޮށް، ކުރިން ދެއްކި ހުރިހާ ވާހަކައެއް އަނެއް ކޮޅަށް ދައްކާށެވެ. އެކަން އެމަގުން ހިނގާފާނެތޯ އެއީވެސް އަނެއްކާ އުފެދޭ ސުވާލެކެވެ.

ދެން އޮތީ ޑިމޮކްރަޓްސްގެ ކެންޑިޑޭޓެއްގެ ފަހަތަށް ޕީޕީއެމް/ޕީއެންސީން އަރައި، އެ ކެންޑިޑޭޓަކަށް ތާއީދުކޮށްފާނެތޯ ކުރެވޭ ސުވާލެވެ. މުޅިން ތަފާތު ދެ ސިޔާސީ ފިކުރެއް ގެންގުޅޭ މި ދެބައި މީހުންނަށް ހަމައެކަނި އިންތިޚާބަށްޓަކައި ދެބައި މީހުން ގެންގުޅޭ އުސޫލުތައް ގުރުބާން ކުރާނެތޯ އެއީ އުފެދޭ ސުވާލެކެވެ.

މިހުރިހާ ކަމެއް މިމަގުން ހުރިއިރު، ކުރެވެމުންދާ މަޝްވަރާތަކުން ހާސިލުކުރަން އުޅެނީ ކޮންކަމެއްތޯއާއި ހާސިލުކުރަން އުޅޭ ނަތީޖާ ހާސިލުވާނެތޯ އެއީ ހަމަ އުފެދޭ ސުވާލެކެވެ. އެސުވާލުގެ ޖަވާބު ދެ ފިކުރުގެ ސަޕޯޓަރުން މާބޮޑަށް ބޭނުންވާނެއެވެ. ރައީސް ސާލިހު ނޫން ގޮތެއް ހޯދުމުގައި އެމަނިކުފާނާ އިދިކޮޅު އެންމެންނަށް އެއްގަލަކަށް އެރޭތަނެއް އަދި މިހާތަނަށް ފެންނާކަށް ނެތެވެ. އެހެންކަމަށްވާނަމަ މިހާރު ހިނގަމުންދާ މަޝްވަރާތަކުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

"ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ، ފަހަތުން މަގޭ އަންނަހެން ހީވެޔޭ، އެހަނދާނުގައި މޭ ތެޅޭ ގޮތް ވެއޭ"

"ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ، ފަހަތުން މަގޭ އަންނަހެން ހީވެޔޭ، އެހަނދާނުގައި މޭ ތެޅޭ ގޮތް ވެއޭ"

26 ޖެނުއަރީ 2018
އީޕީއެސްގެ އިސް ދަރިވަރެއްތަ؟ ބޮޑު ދުވަހެއް އަންނަނީ!

އީޕީއެސްގެ އިސް ދަރިވަރެއްތަ؟ ބޮޑު ދުވަހެއް އަންނަނީ!

22 ޖެނުއަރީ 2018
ސްޓާރޓް ނުވި ޕީޕީއެމްގެ ކެމްޕޭން – ގަރާޖަކަށް ގެންދަންވެފައި؟

ސްޓާރޓް ނުވި ޕީޕީއެމްގެ ކެމްޕޭން – ގަރާޖަކަށް ގެންދަންވެފައި؟

06 ޖެނުއަރީ 2018
ޕޯލާ ބެއާގެ ނަސްލު ނެތިގެންދަނީ، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ޖެހޭ

ޕޯލާ ބެއާގެ ނަސްލު ނެތިގެންދަނީ، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ޖެހޭ

11 ޑިސެމްބަރު 2017
ޤަތަރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ކުޑަވަނީ!

ޤަތަރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ކުޑަވަނީ!

03 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު