Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ކޮލެޖެއްގެ ދަރަޖަ ދީފި

4 ޖުލައި 2023 | އަންގާރަ 15:42

މަތީ ތައުލީމާއި ތަމްރީނުދޭ އިންސްޓިޓިއުޓެއްގެ ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށްގެން އަންނަނީ ކިޔަވައިދެމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޖުލައި 2023 | އަންގާރަ 15:42
އެމްއައިޓީއަށް ކޮލެޖެއްގެ ދަރަޖަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެމްއައިޓީއަށް ކޮލެޖެއްގެ ދަރަޖަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފިއެވެ.

އެމް.އައި.ޓީއަށް ކޮލެޖެއްގެ ދަރަޖަ ދީ، އެކަމުގެ ލިޔުން އެ އިންސްޓިޓިއުޓާއި ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަނެވެ. މި ރަސްމިއްޔާތުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ށ)ގައި ވާ ގޮތުން ދިވެހިރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއް، ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ، އެ މަރުކަޒެއް އިންސްޓިޓިއުޓެއްގެ ގޮތުގައި މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 10 (ދިހައެއް) އަހަރު ވެފައިވުމާއެކު، އެމަރުކަޒެއްގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް)ގެ ޕްރޮގްރާމްތައް މެދުކެނޑުމެއް ނެތި 5 (ފަހެއް) އަހަރުވަންދެން ހިންގާފައިވާ ނަމައެވެ.

މަތީ ތައުލީމާއި ތަމްރީނުދޭ އިންސްޓިޓިއުޓެއްގެ ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރީ ކޮށްގެން ހިންގަމުންގެންދާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ)ން ކޮލެޖެއްގެ ދަރަޖަ ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހެޅި އެޕްލިކޭޝަން ދިރާސާކުރުމަށްފަހު، ކޮލެޖެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާތީ، 04 ޖުލައިގައި "މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ" ކޮލެޖެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ރަޖިސްޓަރީ ކޮށްފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ.

އެމްއައިޓީ އުފެދިފައިވަނީ 2005 ވަނަ އަހަރުގެ ޖުލައި މަހުއެވެ. މި އިންސްޓިޓިއުޓްގައި 50ށްވުރެ ގިނަ ކޯސް މިހާރުވެސް ހިންގަމުންދެއެވެ. އަދި 200އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. މި އިންސްޓިޓިއުޓްގައި ސެޓްފިކެޓް 1ން ފެށިގެން ބެޗެލަރސް ޑިގްރީއާ ހަމައަށް ކިޔަވައިދެމުން އާދެއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް