Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތުރުކީއާއި މިސްރުގެ ގުޅުން

ތުރުކީއާއި މިސްރުގެ ގުޅުން އަލުން ގާއިމުކުރުމަށް ދެ ގައުމުގައި ސަފީރުން ބައިތިއްބަނީ

ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންގެ މެދުގައި ގުޅުން ބަދަހިވާންފެށީ 2021 ވަނަ އަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 ޖުލައި 2023 | އަންގާރަ 14:11
ތުރުކީގެ ރައީސް އުރުދުޣާން

ތުރުކީގެ ރައީސް އުރުދުޣާން

މިސްރާއި ތުރުކީގެ ގުޅުން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން, ދެ ގައުމުގައި އަލުން ސަފީރުން ބައިތިއްބުމަށް ސަފީރުން ކަނޑައަޅާފައިވާކަމަށް ދެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ދެ ގައުމުގެ ގުޅުން ގޯސްވީ 2013 ވަނަ އަހަރު، އޭރު ވެރިކަމުގައި ހުންނެވި މުސްލިމް ބްރަދަރހުޑްގެ މުހައްމަދު މޫރުސީގެ ވެރިކަން އޭރު އާރމީ ޗީފަކަށް ހުންނެވި އަބްދުލް ފައްތާހު އައްސީސީ އިސްވެ ހުންނަވައި ވައްޓާލުމާ ގުޅިގެންނެވެ. މޫރުސީއަކީ ތުރުކީއާ ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ.

މުސްލިމް ބްރަދަރހުޑަށް އެހީވެދޭކަމަށް ބުނެ މިސްރުން އޭރު ވަނީ މިސްރުގައި ހުންނެވި ތުރުކީގެ ސަފީރު ގައުމުން ބޭރުކޮށްފައެވެ. އޭގެފަހުން ދެގައުމުން ސަފީރުން ބައިތިއްބާފައެއް ނުވެއެވެ.

ނަމަވެސް މެއި މަހުގެ ތެރޭގައި މިސްރުގެ ރައީސާއި ތުރުކީގެ ރައީސް ވަނީ ދެގައުމުގެ ގުޅުން އަލުން ގާއިމުކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. ދެގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިސްރުން ތުރުކީއަށް ކަނޑައަޅާ ސަފީރުކަމަށް އަމްރް އަލްހައްމާމީ، އަދި ތުރުކީން މިސްރަށް ކަނޑައަޅާ ސަފީރުކަމަށް ސާލިހު މުތުލޫ އައްޔަނުކޮށްފައި ވާކަމަށެވެ.

އަދި މިހާރުއްސުރެ ދެގައުމުގެ ގުޅުން ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އެނޫން ދާއިރާތަކުންވެސް ކުރިއަރައި ދާނެކަމަށާއި, މިއީ ދެ ގައުމުގެ ރައީސުންނާއި ސަރުކާރުން ބޭނުންވާ ގޮތްކަމަށް ބުނެފައިވެއެވެ.

ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންގެ މެދުގައި ގުޅުން ބަދަހިވާން ފެށީ 2021 ވަނަ އަހަރުއެވެ. އޭގެފަހުން ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅުވާން ފަށާފައިވަނީ 2022 ވަނަ އަހަރު ދޯހާގައި އޮތް ވޯލްޑް ކަޕްގައި ދެގައުމުގެ ރައީސުން ސަލާންގަލާން ކުރެއްވި ހިސާބުންނެވެ.

އޭގެފަހުން ތުރުކީއަށް ބާރުގަދަ ބިންހެލުމާ ގުޅިގެންވެސް މިސްރުގެ ފޮރިން މިނިސްޓަރު ވަނީ ތުރުކީއަށް ވަޑައިގެން، މިސްރުން ތުރުކީއާއެކު އޮތްކަން ހާމަކުރައްވާފައެވެ. އަދި ތުރުކީގެ ފޮރިން މިނިސްޓަރ ވަނީ ޖެހިގެން އައި މަހު މިސްރަށް ވަޑައިގަންނަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު