Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މަސްތުގެ ވަބާގައި ޖެހުން

"ކުރީގެ އަނބިމީހާގެ ޚިޔާލުތަކާ ދުރުވާން "ރަހުމަތްތެރިން" މަގު ދެއްކީ މަސްތުގެ ދުނިޔެއަށް"

އުމުރުން 26 އަހަރުގެ މުހައްމަދު، މަސްތުގެ ކަސްތޮޅުގައި 4 އަހަރު ގުނި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 3 ޖުލައި 2023 | ހޯމަ 14:35
ސީރިއާގެ ޒުވާނާ ދަނީ އަލުން ދިރިއުޅުން އާރާސްތުކުރަމުން

ސީރިއާގެ ޒުވާނާ ދަނީ އަލުން ދިރިއުޅުން އާރާސްތުކުރަމުން

ލިޔުންތެރިޔާގެ އިންޒާރު: މަސްތުވުމާއި އަމިއްލައަށް މަރުވުމުގެ ވާހަކަ މި ލިޔުމުގައި ހިމަނާފައި ވާނެ!

މަސްތުގެ ނޭއްގާނީ ވަބާގެ ދުނިޔެއަށް އެކި މީހުން ވަންނަނީ އެކި ސަބަބުތަކާ ހެދިއެވެ. ބޯހާސްކަން ފިލުވާލުމަށް ކޮށްލާ ކަމަކުން، ނޫނީ އެކުވެރިންގެ މެދުގައި ބާކީވެ އެކަހެރި ނުވުމުގެ ނިޔަތުގައި މަސްތުވާ މީހުން މަދެއް ނޫނެވެ. ބޮޑުވަމުން އަންނަ ވެށީގައި އެކަން އާދައަކަށް ވެފައި އޮތުމުގެ ސަބަބުން އެ ނޫން މަންޒަރެއް ނުފެނި، ސީދާ އެކަމުގެ ތެރޭގައި ބޮޑުވާ ކުދިންގެ އަދަދުވެސް ގިނައެވެ. ކޮންމެ ސަބަބަކާ ހެދި ކަމުގައި ވީނަމަވެސް، މަސްތުގެ ދުނިޔެއަށް އަޅާ ފުރަތަމަ ފިޔަވަޅާއެކު އެމީހެއްގެ ހަތަރެސްފައިގައި ކަސްތޮޅު އަޅުވާލައެވެ. އެ ދުނިޔެއިން ވަގުތީ ލައްޒަތަކާއި އަރާމެއް ލިއްބައިދޭ ކަމުގެ އަވައިގައި ޖެހި، އެ ތަނުން ނުކުތުމަށް ވަރުގަދަ ހަނގުރާމައެއް ކުރަން މަޖުބޫރު ކުރުވައެވެ.

ސޫރިޔާއަށް އުފަން، މުހައްމަދަކީވެސް މަސްތުގެ ދުނިޔޭގައި އަމިއްލަ އަތުން ހަފުސްކޮށްލި ދިރިއުޅުން އަލުން އާރާސްތު ކުރުމަށް ގަދައަޅައި މަސައްކަތް ކުރަމުންދާ، ހިތްވަރުގަދަ ޒުވާނެކެވެ. އުމުރުން 26 އަހަރު ފުރިފައި ހުރި މުހައްމަދު، މަސްތުގެ ކަސްތޮޅުގައި 4 އަހަރު ގުނިއެވެ. މަސްތުން މިންޖުވެ، އަބުރުވެރި ދިރިއުޅުމެއް އާރާސްތުކުރުމަށް، މިއަދު އޭނާ ދަނީ ދިމިޝްގުގެ ރީހެބިލިޓޭޝަން ސެންޓަރެއްގެ އެހީވެސް ހޯދަމުންނެވެ.

މަސްތުގެ ދުނިޔޭގައި މުހައްމަދު ޓަކި ދިނީ އޭނާގެ ޒަވާޖީ ހަޔާތް ވިއްސިވިހާލިވީ ހިސާބުންނެވެ. ހިތްދަތި ގޮތަކަށް އަނބިމީހާ ވަރިކުރަން ޖެހުނު ހިސާބުންނެވެ. އެ ނުތަނަވަސް ކަމުން އަރައިގަތުމުގެ ނިޔަތުގައި، މުހައްމަދު މިސްރާބުޖެހީ މަސްތުގެ ކަސިޔާރު މަގުންނެވެ. ދިވެހިން ކިޔައިއުޅޭ ގޮތަށް ދަންނަވާނަމަ "ފަތްބޯ" މީހަކަށް ވީއެވެ. މެދުއިރުމަތީގައި ވަކި ހިއްޕާފައިވާ އެމްފެޓަމީންގެ ބާވަތެއްކަމަށްވާ ކެޕްޓަގަންގެ އަޅަކަށް ވިއެވެ.

ބަނަވި ދިރިއުޅުމަށް އިތުރު ތޫފާނެއް ވެރިވެގެން ދިޔަ ގޮތް ކިޔައިދެމުން ދިޔައީ، މަސްތުގެ ވަބާއިން ސަލާމަތްވުމަށް މުހައްމަދު ފަރުވާ ހޯދަމުންދާ އިބްނު ރޫޝް ސައިކޭޓްރިކް ހޮސްޕިޓަލުގެ ބަގީޗާތެރޭގައި އިނދެގެންނެވެ.

ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިވަމުން ދިޔަ ނާމާން ސިލްސިލާތަކަށް ކެތްކުރަން ދަތިވެ، އަމިއްލައަށް މަރުވާންވެސް މުހައްމަދު މަސައްކަތްކުރިއެވެ. ހޮސްޕިޓަލުގެ އެހީ ހޯދަން މަސައްކަތްކުރި އަދަދު 10އަކަށްވުރެ ގިނައެވެ. ނަމަވެސް، ފުލުހުންގެ ފަރާތުން އެކި ޒާތްޒާތުގެ ސުވާލުތަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ ބިރު، އޭނާގެ ހިތް ނުތަނަވަސްކުރުވަމުން ދިޔައެވެ.

އޭގެ ދުވަސްތަކެއް ފަހުން މުހައްމަދަށް ދެވުނު ހޮސްޕިޓަލަކީ، މަސްތުވުމަށް އޭނާ ބޭނުންކުރި ބާވަތްތައް، ވަކި ކޮންޓްރޯލެއްގެ ތެރެއިން ބޭނުންކުރަމުން ގޮސް، އެ ވަބާއިން މިންޖުވާން ފުރުސަތު ދިން ހޮސްޕިޓަލެކެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ދެން އޭނާއަށް ފުރުސަތު ލިބުނު ހޮސްޕިޓަލަކީ މަސްތުގެ ވަބާގައި ބަނދެވިފައި ތިބި މީހުންނަށް އެއްބާރުލުމާއި އެހީތެރިކަން ދޭ އުސޫލުން މުޅި ސޫރިޔާގައިވެސް ހިންގާ 2 ހޮސްޕިޓަލުގެ ތެރެއިން އެއް ހޮސްޕިޓަލެވެ.

އެ ޑުރަގަކަށް އިންތިހާއަށް ދެވިހިފާ، މަސްތުގެ ވިޔަފާރީގައި އިންތިހާ ފައިދާ ގެނެސްދޭ ކެޕްޓަގަން އުފައްދައި، ގަލްފުގެ ގައުމުތަކަށް އެ ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރަނީ ސޫރިޔާގެ ސަރުކާރުން ކަމަށް އަރަބި ގައުމުތަކާއި ހުޅަނގުގެ ބާރުތަކުން ތުހުމަތުކުރެއެވެ. ނަމަވެސް ބައްޝާރުލްއަސަދުގެ ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެއެވެ.

2014 ވަނަ އަހަރު ފެށިގެން އައިއިރު، ސޫރިޔާއަކީ ފުޅާ ދާއިރާއެއްގައި ކެޕްޓަގަން އުފައްދައި، އެ ބޭނުން ކުރަމުން ދިޔަ ގައުމެއް ކަމަށް ގަބޫލު ކުރެވެއެވެ. ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި ސިފަކުރާ އައިސިސްގެ ހަނގުރާމަވެރިން، ހަނގުރާމައިގެ މައިދާންތަކުގައި ހޭލައި ތިބުމަށް އެހީއެއްގެ ގޮތުގައިވެސް ކެޕްޓަގަން ބޭނުންކުރަމުން ދިޔަކަމަށް ވެއެވެ.

އަސަދުގެ ސަރުކާރުން ކުޅެނީ ދިފާއަށެވެ. މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހުއްޓުވައި، ދެކުނުގައި ފެތުރިފައި އޮތް އެފަދަ ނެޓްވަރކްތައް ހޯދުމުގެ މަސައްކަތް ވީ އެންމެ ފުރިހަމައަކަށް ކުރަމުން ދާކަމަށް އަސަދުގެ ސަރުކާރުން ބުނެއެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި ސަރުކާރުގެ އެއްވެސް ދައުރެއް ނުވާނެ ކަމަށް ވަކާލާތު ކުރެއެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާކަމުގެ ތުހުމަތުގައި ސޫރިޔާގެ އޮފިޝަލުންނާއި ރައީސް އަސަދުގެ އާއިލާ މެންބަރުންނާ ދެކޮޅަށް ހުޅަނގުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ.

މަސްތުވާ އެއްވެސް ބާވަތެއްގެ ގަހެއް ސޫރިޔާގައި އިންދައި، ހައްދަމުން ނުދާކަމަށާއި، މަސްތުވާން ބޭނުންކުރާ ޑުރަގުތައްވެސް އެ ގައުމުގައި އުފައްދަމުން ނުދާކަމަށް ސޫރިޔާގެ ދާޚިލީ ވުޒާރާގެ އޮފިޝަލަކު ވަނީ ރޮއިޓަރޒްއަށް ވިދާޅުވެފައެވެ. އުމުރުން 18 އަހަރާ 40 އަހަރާ ދެމެދުގެ މީހުންނަކީ މަސްތުގެ ދުނިޔޭގައި އެންމެ އާބާދީ ބޮޑު ޖަމާއަތްކަމަށާއި، އެމީހުން ބޭނުންކުރަމުންދާ ޑުރަގަކީ ސޫރިޔާއަށް އެތެރެވާ ޑުރަގު ކަމަށްވެސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިހި އަހަރު ފަހުން މާދުރީ އޭނާގެ ކުރީގެ ލަވައަކަށް ނަށައިފި

ވިހި އަހަރު ފަހުން މާދުރީ އޭނާގެ ކުރީގެ ލަވައަކަށް ނަށައިފި

12 ޖުލައި 2018
ސްރީދޭވީގެ މަރަކީ ރާވައިގެން ހިންގި މަރެއްކަމަށް ބެލެވޭ: ކުރީގެ އޭސީޕީ

ސްރީދޭވީގެ މަރަކީ ރާވައިގެން ހިންގި މަރެއްކަމަށް ބެލެވޭ: ކުރީގެ އޭސީޕީ

20 މެއި 2018
ޑާކްރެއިންގެ ކުރީގެ ދެފިލްމެއް އަލުން އޮލިމްޕަހަށް

ޑާކްރެއިންގެ ކުރީގެ ދެފިލްމެއް އަލުން އޮލިމްޕަހަށް

14 މާރިޗު 2018
ބޮލީވުޑްގެ ކުރީގެ ބަތަލާ ޝައްމީ މަރުވެއްޖެ

ބޮލީވުޑްގެ ކުރީގެ ބަތަލާ ޝައްމީ މަރުވެއްޖެ

07 މާރިޗު 2018
ކަރީނާގެ ހަށިގަނޑު ކުރީގެ ޝޭޕަށް

ކަރީނާގެ ހަށިގަނޑު ކުރީގެ ޝޭޕަށް

15 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު