Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

ޝަޚްތަރު ޑޮނެސްކްގެ މަނޯ ސޮލޮމަން ޓޮޓެންހަމްއަށް

3 ޖުލައި 2023 | ހޯމަ 11:13

މިދިޔަ ސީޒަނުގައި އޭނާ ކުޅުނީ ފުލަމްއަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 3 ޖުލައި 2023 | ހޯމަ 11:13
މަނޯ ސޮލޮމަން

މަނޯ ސޮލޮމަން

ޝަޚްތަރު ޑޮނެސްކްގެ މަނޯ ސޮލޮމަން ގެނައުމަށް ޓޮޓެންހަމުން އެއްބަސްވުމަކަށް އާދެވިއްޖެއެވެ.

ސްޕާސްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ މި ހަފުތާގައި މެޑިކަލް ހަދަން ވަނީ ނިންމާފައެވެ.

މިދިޔަ ސީޒަނުގައި ފުލަމްގައި ހުރިއިރު، އޭނާ ވަނީ 24 މެޗުގައި ފަސް ލަނޑު ޖަހާފައެވެ. އޭނާގެ ކުޅުމާމެދު ހިތްހަމަޖެހި، ފުލަމްގެ ކޯޗު މާކޯ ސިލްވާ ވަނީ އޭނާ ހިފަހައްޓަން ވަރަށް ބޮޑަށް ޝައުގުވެރިވެފައެވެ. އޭނާ ފުލަމްއާ ގުޅުނީ ޔޫކްރެއިންގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ކުޅުންތެރިންގެ ކޮންޓްރެކްޓް ސަސްޕެންޑް ކުރެވޭ ގޮތަށް ފީފާއިން ހެދި އުސޫލެއްގެ ދަށުން، ޝަޚްތަރު ޑޮނެސްކުން ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އުސޫލަކީ ރަޝިއާ ހަނގުރާމައާ ގުޅިގެން ފީފާއިން ތައާރަފްކުރި އުސޫލެކެވެ.

ފުލަމްގައި ލޯނު މުއްދަތު ހަމަކުރުމަށްފަހު ސޮލޮމަން އެނބުރި އޭނާގެ ބެލެނިވެރި ކުލަބު ޝަޚްތަރަށް ދިޔަނަމަވެސް ސްޕާސްއާ ގުޅެނީ ދާއިމީ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ ޝަޚްތަރު ކޮންޓްރެކްޓް ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހަމަވާއިރު، ސްޕާސްއަށް ކުޑަ ފީއެއްގައި އޭނާ ސޮއިކުރާނެއެވެ.

2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ރަޝިއާއިން ހަމަލާ ދިންއިރު ސޮލޮމަން ހުރީ ކިއޭވްގައެވެ.

ޑެޖާން ކުލުސެވްސްކީއާއި ގޯލްކީޕަރު ވިކަރިއޯ، އަދި މިޑްފީލްޑަރު ޖޭމްސް މެޑިސަންއަށްފަހު، އިޒްރޭލުގެ މި ކުޅުންތެރިޔާ ވެގެންދާނީ ޓޮޓެންހަމްއިން ހޫނު މޫސުމުގައި ސޮއިކުރި ހަތަރުވަނަ ކުޅުންތެރިޔާއަށެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގައި އަށްވަނަ ލިބުނުއިރު، 2023-24ގެ ކެމްޕެއިނަށް ޔޫރަޕްގެ ފުޓުބޯޅައަށް ފުރުސަތު ނުލިބުމުން އައު ކޯޗު ޕޯސްޓެކޮގްލޫ އަންނަނީ ޓީމު ވަރުގަދަ ކުރަން މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 މާރިޗު 2020

ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

12 މާރިޗު 2020
ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
15 ޖެނުއަރީ 2020

ބެނެފިކާއަށް ކުޅެމުންއައި ފެނާންޑޭޒް ޓޮޓެންހަމްއަށް ބަދަލުވެއްޖެ

15 ޖެނުއަރީ 2020
ބެނެފިކާއަށް ކުޅެމުންއައި ފެނާންޑޭޒް ޓޮޓެންހަމްއަށް ބަދަލުވެއްޖެ
02 ޖެނުއަރީ 2020

ސައުތުހެމްޕްޓަން އަތުން ބަލިވެ، ޓޮޓެންހަމްއަށް ހުރަސްތަކެއް!

02 ޖެނުއަރީ 2020
ސައުތުހެމްޕްޓަން އަތުން ބަލިވެ، ޓޮޓެންހަމްއަށް ހުރަސްތަކެއް!
15 ސެޕްޓެމްބަރު 2019

ޕްރިމިއާ ލީގު: ޗެލްސީ އާއި ޓޮޓެންހަމްއަށް ބޮޑު މޮޅެއް

15 ސެޕްޓެމްބަރު 2019
ޕްރިމިއާ ލީގު: ޗެލްސީ އާއި ޓޮޓެންހަމްއަށް ބޮޑު މޮޅެއް
14 މެއި 2019

ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް ޓޮޓެންހަމްއަށް ދޫކޮށްލަނީ

14 މެއި 2019
ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް ޓޮޓެންހަމްއަށް ދޫކޮށްލަނީ
21 އެޕްރީލު 2019

އެރިކްސަންގެ އެއްބަސްވުން އާކުރާނެކަމުގެ ޔަގީންކަން ޓޮޓެންހަމްއަށް އެބައޮތް

21 އެޕްރީލު 2019
އެރިކްސަންގެ އެއްބަސްވުން އާކުރާނެކަމުގެ ޔަގީންކަން ޓޮޓެންހަމްއަށް އެބައޮތް
17 އޯގަސްޓު 2018

މިއީ ޓޮޓެންހަމްއަށް އެންމެ އުނދަގޫ ސީޒަން: ޕޮޗެޓީނޯ

17 އޯގަސްޓު 2018
މިއީ ޓޮޓެންހަމްއަށް އެންމެ އުނދަގޫ ސީޒަން: ޕޮޗެޓީނޯ
01 ފެބުރުއަރީ 2018

ޕީއެސްޖީ ދޫކޮށް ލޫކަސް މޫރާ ޓޮޓެންހަމްއަށް

01 ފެބުރުއަރީ 2018
ޕީއެސްޖީ ދޫކޮށް ލޫކަސް މޫރާ ޓޮޓެންހަމްއަށް
01 ފެބުރުއަރީ 2018

ޕްރިމިއާ ލީގު: ޔުނައިޓެޑް އަތުން ޓޮޓެންހަމްއަށް މުހިންމު މޮޅެއް

01 ފެބުރުއަރީ 2018
ޕްރިމިއާ ލީގު: ޔުނައިޓެޑް އަތުން ޓޮޓެންހަމްއަށް މުހިންމު މޮޅެއް
10 ޑިސެމްބަރު 2017

ޕްރިމިއާ ލީގު: ޗެލްސީ ބަލިވިއިރު ޓޮޓެންހަމްއަށް ބޮޑު މޮޅެއް

10 ޑިސެމްބަރު 2017
ޕްރިމިއާ ލީގު: ޗެލްސީ ބަލިވިއިރު ޓޮޓެންހަމްއަށް ބޮޑު މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް