Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޔުނައިޓެޑް އަތުން ޓޮޓެންހަމްއަށް މުހިންމު މޮޅެއް

ޔުނައިޓެޑް އަތުން ޓޮޓެންހަމް މޮޅުވީ 2-0 އިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2018 | ބުރާސްފަތި 07:56
ކްރިސްޓިއަން އެރިކްސެން - ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ތިންވަނައަށް އެންމެ އަވަސް ލަނޑު ޖެހުމަށް ފަހު

ކްރިސްޓިއަން އެރިކްސެން - ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ތިންވަނައަށް އެންމެ އަވަސް ލަނޑު ޖެހުމަށް ފަހު

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޓޮޓެންހަމް އިން މުހިންމު މޮޅެއް ހޯދައިފިއެވެ.

ޓޮޓެންހަމް އިން ވަގުތީ ގޮތުން ބޭނުންކުރަމުން އަންނަ ސްޓޭޑިއަމް ކަމަށްވާ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އެ ޓީމާ އަލަށް ގުޅުނު ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒްއަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. ހަމައެހެންމެ ޓޮޓެންހަމްގެ ފުރަތަމަ އެގާރަ އިން ހަ ބަދަލެއް ފެނިގެންދިޔައިރު ޑެލޭ އަލީ އަދި ހެއުން މިން ސޮންގެ އިތުރުން ކްރިސްޓިއަން އެރިކްސެން ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

މި މެޗު ފެށިގެން 11 ސިކުންތު ނުވަނީސް ޓޮޓެންހަމްގެ އެރިކްސެން ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ ލީޑު ނަގައިދީފައެވެ. މި ލަނޑު ވެގެން ގޮސްފައި ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ޖެހި ތިންވަނައަށް އެންމެ އަވަސް ލަނޑަށެވެ. ހަމައެހެންމެ މި ލަނޑަކީ ޔުނައިޓެޑްގެ ކޮޅަށް ތާރީހުގައި ވެސް ވަން އެންމެ އަވަސް ލަނޑުކަން ފާހަގަކޮށްލެވެއެވެ. މި ލަނޑަށް ފަހު މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ޔުނައިޓެޑްއަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިވީ މެޗުގެ 28 ވަނަ މިނެޓުގުއި ފިލް ޖޯންސް އަތުން ބައިކޮޅަށް ވަން ލަނޑާއެކުއެވެ. އޭނާ އަތުން ބައިކޮޅަށް މި ލަނޑު ވަދެފައި ވަނީ ކިއެރަން ޓްރިޕިއާ ނެގި ހުރަހެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައެވެ. މި ލަނޑަށް ފަހު ޓޮޓެންހަމް އިން މެޗުގެ ކޮންޓްރޯލް ނެގިއިރު ޔުނައިޓެޑްއަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޓޮޓެންހަމް އިން ފުރަތަމަ ހާފު ނިންމާލިރު ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ހާފުގައި ޔުނައިޓެޑްގެ ކުރިޔަށް ކުޅުނު ކުޅުންތެރިންނަށް ސަޕްލައި ކުރެވުނު ބޯޅަތައް މަދުވެގެންދިޔަ މަންޒަރު ފެނިގެންދިޔަ އިރު ޓޮޓެންހަމްގެ މިޑްފީލްޑުން ވަނީ ހެރީ ކޭންއަށް ގިނަ ބޯޅަތަކެއް ސަޕްލައި ކޮށްދީފައެވެ. ކޭންއަށް ވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފަފައިނުވާއިރު ލުކާކޫއަށް ވެސް ލިބުނު މަދު ފުރުސަތުތައް އޭނާ ވަނީ ބޭކާރުކޮށްލާފައެވެ.

މި މެޗު ވެގެން ގޮސްފައި ވަނީ 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ބާސެލޯނާ އަތުން ޔުނައިޓެޑް ބަލިވި ފަހުން ވެމްބްލީ ސްޓޭޑިއަމްގައި އެ ޓީމު ބަލިވި ފުރަތަމަ މެޗަށެވެ. މި މެޗުން ބަލިވުމާ އެކު ތާވަލުގެ ކުރީގައި އޮތް މެންޗެސްޓާ ސިޓީ އާއި ޔުނައިޓެޑާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ވަނީ 15 ޕޮއިންޓްއަށް ބޮޑުވެފައެވެ.

ޕްރިމިއާ ލީގުގައި ކުޅުނު 25 މެޗުން ލިބުނު 53 ޕޮއިންޓާ އެކު ޔުނައިޓެޑް ތާވަލުގެ ދެވަނައިގައި އޮތްއިރު 25 މެޗުން 48 ޕޮއިންޓް އެއްކޮށް ޓޮޓެންހަމް އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު