Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގެރެތު ބޭލް

ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް ޓޮޓެންހަމްއަށް ދޫކޮށްލަނީ

ބޭލްގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 14 މެއި 2019 | އަންގާރަ 03:50
ގެރެތު ބޭލް

ގެރެތު ބޭލް

ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ވިންގާ ގެރެތު ބޭލް ޓޮޓެންހަމް ހޮޓްސްޕާއަށް ދޫކޮށްލަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ މިރާއިން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް ޓޮޓެންހަމްއަށް ދޫކުރަން ރެއާލުން ނިންމާފައިވާ ކަމަށާއި، ލޯން އެއްބަސްވުމާއެކު ޓޮޓެންހަމުން 10 މިލިއަން ޕައުންޑު ރެއާލްއަށް ދޭން ޖެހޭނެ ކަމަށެވެ.

އެގޮތުން ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް ހޯދުމާ ގުޅޭގޮތުން ޓޮޓެންހަމްގެ ބޯޑުން މިހާރު މަޝްވަރާތައް ފަށާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރެއާލްގެ ބޯޑާ ބޭލްވަނީ ބައްދަލުކޮށް، ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފައި ކަމަށާއި، އެއްބަސްވުން ހަމަވަންދެން އޭނާ ކްލަބުގައި މަޑުކުރާނެ ކަމަށެވެ.

ރެއާލްއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް ވަނީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2016 ވަނަ އަހަރު 2022 ގެ ނިޔަލަށް އާކޮށްފައެވެ

ސައުތުހެމްޕްޓަންއިން 2005 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ބޭލް ވަނީ ޓޮޓެންހަމް ހޮޓްސްޕާއަށް 2007 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވެ، އެ ކްލަބުގައި ހަ ސީޒަން ހޭދަކޮށްފައެވެ.

ޓޮޓެންހަމްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ދެފަހަރު އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއްފަހަރު ހޯދާފައިވާ ބޭލް ވަނީ އެ ކްލަބަށް ކުޅުނު 203 މެޗުގައި 55 ލަނޑު ކާމިޔާބުކޮށްފައެވެ.

ބޭލް ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 231 މެޗުގައި 102 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާއެކު ހަތަރު ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕަ ކަޕް، ތިން ކްލަބް ވޯލްޑް ކަޕް، އެއް ސްޕެނިޝް ލީގު، އެއް ކޮޕަ ޑެލްރޭ އަދި އެއް ސްޕެނިށް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ބޭލް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 75 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާއަކީ ވޭލްސްގެ ގައުމީ ކެޕްޓަންއެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

13 އެޕްރީލު 2017
އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
08 އެޕްރީލު 2017

ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި

08 އެޕްރީލު 2017
ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު