Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިސިޓް މޯލްޑިވްސް ޕްރޯ 2023

"ވިސިޓް މޯލްޑިވްސް ޕްރޯ" ގެ ދެވަނަ އެޑިޝަން ލޯންޗުކޮށްފި

3 ޖުލައި 2023 | ހޯމަ 07:24

މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ ތިން ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 3 ޖުލައި 2023 | ހޯމަ 07:24
ވިސިޓް މޯލްޑިވްސް ޕްރޯ 2023

ވިސިޓް މޯލްޑިވްސް ޕްރޯ 2023

އިންޓަނޭޝަނަލް ބޮޑީ ބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ބޯޑީ ބޯޑިން ވޯލްޑް ޓުއާގައި ހިމެނޭ "ވިސިޓް މޯލްޑިވްސް ޕްރޯ" ގެ ދެވަނަ އެޑިޝަން ލޯންޗުކޮށްފިއެވެ.

މިއަހަރު ރާއްޖޭގައި ބާއްވާ ހަވަނަ ބައިނަލްއަގުވާމީ މުބާރާތް ލޯންޗު ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓް، އަޙުމަދު މަހްލޫފެވެ. މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ ތިން ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް، މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ.

މުބާރާތް ލޯންޗުކުރުމަށް ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް ވިދާޅުވީ މި މުބާރާތުގެ މަގުސަދަކީ ވޯޓާ ސްޕޯޓްސް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރުން ޤައުމީ އެތުލީޓުންނަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. މީގެއިތުރުން މިނިސްޓަރު ވަނީ މިދިޔަ އަހަރުގެ މުބާރާތުން ރާއްޖޭގެ އެތުލީޓުން ހޯދި ކާމިޔާބީތަކާއި ކުރިއެރުން ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މި މުބާރާތް ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. އެ މުބާރާތުގައި ޖުމްލަ 15 ޤައުމަކުން 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކޮށްފައިވެއެވެ. މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މައުލޫމާތު ދެއްވި ގޮތުގައި، މިއަހަރުގެ މުބާރާތުގައި 20 ޤައުމަކުން އެތުލީޓުން ވާދަކުރާނެއެވެ.

މިއަހަރުގެ މުބާރަތުގައިވެސް ފައިސާގެ އިނާމުގެގޮތުގައި ކަނޑައަޅާފައިވަނީ ޖުމްލަ 70،000 ޑޮލަރެވެ. އެއީ ފިރިހެން ބަޔަށް 30000، އަންހެން ބަޔަށް 20،000 އަދި ޖޫނިއާ އާއި ޑްރޮޕް ނީ ބަޔަށް 10،000 ޑޮލަރެވެ.

ވިސިޓް މޯލްޑިވްސް ޕްރޯ 2023 އަކީ މިއަހަރުގެ ވޯލްޑް ޓުއާގައި ހިމެނޭ ފަސްވަނަ މުބާރާތެވެ. މި ޓުއާގެ ފުރަތަމަ ހަތަރު މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ބްރެޒިލް އާއި ޗިލީގައެވެ. އަދި ރާއްޖޭގެ މުބާރާތް ނިންމުމަށްފަހު ފްރާންސް، ޕޯޗުގަލް، ސައުތު އެފްރިކާ، މޮރޮކޯ އަދި ސްޕެއިންގައި ވޯލްޑް ޓުއާގެ މުބާރާތްތައް ކުރިޔަށްދާނެއެވެ. ދުނިޔޭގެ ޗެމްޕިއަނަކަށް ވުމަށްޓަކައި ރާއްޖޭގެ މުބާރާތުގައި ވާދަކޮށް، ޕޮއިންޓު ހޯދުން މުހިންމު ވާނެއެވެ. އެހެންކަމުން ދުނިޔޭގެ އެންމެ މަތި ފަންތީގެ އެތުލީޓުން މި މުބާރާތުގައި ވާދަކުރާނެކަމަށް ބެލެވެއެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. ރާއްޖޭގެ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުގައި ވާދަކޮށްފައިވާއިރު ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ ވަނީ ޖޫނިއަރ ބައިގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ. އައިބީސީން އަހަރު ނިންމާލިއިރު، ކުޑަ އައްޔައާއި އާމިން ވަނީ ދުނިޔޭގެ ރޭންކިންއަށް ވެސް ޖެހިލާފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް