Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިލަމާލެ ބްރިޖުގެ މަސައްކަތް

މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުގެ މަސައްކަތް އަންނަ އަހަރު ނިމި ބޭނުންކުރަން ފެށޭނެ: ރައީސް ސާލިހު

3 ޖުލައި 2023 | ހޯމަ 03:11

މި އަންނަ އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖުލައި 2023 | ހޯމަ 03:11
ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ގުޅީފަޅު ބިން ހިއްކުން އިފްތިތާހުކުރުމުގެ ރަަސްމިއްޔާތަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ގުޅީފަޅު ބިން ހިއްކުން އިފްތިތާހުކުރުމުގެ ރަަސްމިއްޔާތަށް ވަޑައިގަންނަވަނީ

މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުގެ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ނިމި ބޭނުންކުރަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ހަވީރު ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭއްވެވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސާޅީހަކަށް އަހަރު ފަހުން، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިންވެރިޔާ ސްކީމް ހުޅުވައިލެއްވީ، މާލޭ ރައްޔިތުންނަށް ހަމަނޭވާލެވޭނެ ގޮތެއް ހޯދައިދިނުމަށް ކަމަށެވެ. އެ މަޝްރޫއު މުޅިން ފުރިހަމަވާނީ، މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުން އެ ސަރަހައްދާއި މާލެއާ ގުޅައިލުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި އަންނަ އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެ ކަމަށާއި، އެއަށްފަހު އެ ބްރިޖް ގިރާވަރާ ހަމައަށް ގުޅާލާނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރައީސް ސާލިހު ވަނީ ގުޅިފަޅާއި ގިރާވަރުން އިތުރަށް ގޯތި ދެވޭނެ ގޮތްތަކާއި ޕްލޭންތައް ހަދަމުންދާކަމަށް ވިދާޅުވިފައެވެ. އަދި މި ފަޅު ހިއްކައިގެން ތަރައްގީކުރާ ބިމުން ބަންޑާރަ ގޯތި ދޫކުރުމުގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ ތަރައްގީއާ ގުޅިފައިވާ މުހިންމު ދެ ކަމެއް އެ ބިމުގައި ހިނގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމަން ދީފައިވާ ޓައިމްލައިނާ އެއްގޮތަށް ބްރިޖުގެ މަސައްކަތް ނިމޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ބްރިޖުގެ ފުރަތަމަ ފޭސްގައި ހިމެނެނީ މާލެއިން ފެށިގެން ގުޅިފަޅާ ހިސާބަށް މަަސައްކަތް ނިންމުން ކަމަށާއި އެ މަސައްކަތް ނިންމަން ތާވަލްކޮށްފައި ވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް ސަރުކާރުން ބުނެއެވެ. އޭގެ ފަހުން މެއި 2024ށް ބްރިޖް ތިލަފުއްޓާ ގުޅާލާގޮތަށް ވަނީ ހަމަޖެހިފައެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 02 އޮގަސްޓް 2022 ގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް