Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިންވެރިޔާ

ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

2 ޖުލައި 2023 | އާދީއްތަ 13:11

ގުޅީފަޅުން އިތުރު 150 ހެކްޓަރުގެ ބިން ހިއްކާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 ޖުލައި 2023 | އާދީއްތަ 13:11
ގުޅީފަޅު ބިން ހިއްކުން އިފްތިތާހުކޮށްދެއްވުން

ގުޅީފަޅު ބިން ހިއްކުން އިފްތިތާހުކޮށްދެއްވުން

މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގުޅީފަޅުން ބިން ދޫކުރުމަށް ގުޅީފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އާދިއްތަ ދުވަހު ގުޅީފަޅުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

Advertisement - newsAdvertisement

މި މަސައްކަތް ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގުޅީފަޅުން މިހާރުވެސް 68 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށެވެ. އަދި މިއަދު ފެށިގެންދަނީ ގުޅީފަޅުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކަމަށާއި، މި ފިޔަވަހީގައި އިތުރު 150 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މުޅި ޖުމްލަ 218 ހެކްޓަރުގެ ބިން އިތުރުކުރެވިގެން ދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ މާލޭ ސަރަހައްދުން ދޫކުރުމަށް ނިންމީ 5،000 ގޯއްޗެވެ. އެހެންނަމަވެސް އާދިއްތަ ދުވަހު ރައީސް ވަނީ މާލެ ސަރަހައްދުން 6،200 ގޯތި ދޫކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.

މިގޮތުން ގުޅީފަޅު ހިއްކައި އެ ބިމުން 2،000 ގޯތި، އަދި ގިރާވަރުފަޅު ހިއްކައި އެ ބިމުން 2،000 ގޯތި ދޫކުރާނެއެވެ. އަދި ހުޅުމާލެއިން މީގެ ކުރިން ދޫކުރަން ނިންމި 1،000 ގޯތީގެ ބަދަލުގައި މިހާރު ވަނީ 2،200 ގޯތި ދޫކުރުމަށް ނިންމަވާފައެވެ. އަދި ގުޅީފަޅާއި، ގިރާވަރު ފަޅުން އިތުރު ބިން ދޫކުރެވޭނެ ގޮތްތައް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއީ މާލޭ ސަރަހައްދުގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއާ ގުޅިފައިވާ އެންމެ ބޮޑު މަސައްކަތަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށާއި، މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބޭނެ މަޝްރޫއަކަށް މި މަޝްރޫއު ވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި މިއީ މުޅި ރާއްޖޭގައިވެސް ހިންގޭ މިފަދަ އެންމެ ބޮޑު މަޝްރޫއުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް