Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުން

2015އިން 2023ށް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް 500އަށްވުރެ ގިނަ މިހުން ފަންނީ ލަފާ ހޯދި - ޑރ. އަޒީޒް

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ދަމަނަވެށިން ފޯރުކޮށްދޭން ފެށީ 2015 ވަނަ އަހަރު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ޖުލައި 2023 | ހޮނިހިރު 18:04
ދަމަނަވެށީގެ ސީނިއަރ މެޑިކަލް އޮފިސަރު، ޑރ. އަބްދުލް އަޒީޒް ހަމީދު

ދަމަނަވެށީގެ ސީނިއަރ މެޑިކަލް އޮފިސަރު، ޑރ. އަބްދުލް އަޒީޒް ހަމީދު

2015އިން 2023ށް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް 500އަށްވުރެ ގިނަ މިހުން ފަންނީ ލަފާ ހޯދާފައިވާކަަމަށް، ދަމަނަވެށީގެ ސީނިއަރ މެޑިކަލް އޮފިސަރު، ޑރ. އަބްދުލް އަޒީޒް ހަމީދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ދަމަނަވެށީގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދޭން ފެށީ 2015 ވަނަ އަހަރު ކަމަށެވެ. އޭރު އެކަމަށް އެދެމުންދިޔަ މީހުންގެ އަދަދު ވަރަށް މަދުކަމަށާއި، އެހެންނަމަވެސް މިހާރު އެ އަދަދުތައް ކުރިއާ އަޅައިބަލާއިރު އިތުރުކަމަށް އޭނާ ވިދާޅުވިއެވެ. 2015 ވަނަ އަހަރު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ދަމަނަވެށިން ފަންނީ ލަފައަށް އެދިފައިވަނީ އެންމެ 24 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އަހަރެއްގެ މައްޗަށް ބަލާއިރު، ފާއިތުވި އަހަރުތަކުގައި 100އަށްވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެދިގެން އައިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން 2015އިން 2022ށް 580ށްވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަންނީ ލަފާ ހޯދާފައިވާކަމަށެވެ. އެހެންނަމަވެސް އެ މީހުންގެ ސަކްސެސް ރޭޓް ނުވަތަ އޭގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި މީހުންގެ އިންސައްތަ ކަނޑައެޅިގެން ދެނެގަނެވިފައި ނުވާކަމަށާއި، އެކަން ކުރެވިފައި ނުވަނީ އެ ހިސާބުތަައް ބެލެހެއްޓިފައި ނެތުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ދަމަނަވެށިން އެހީތެރިކަން ފޯރުކޮށްދިން މީހުންގެ ހިސާބުތައް ކުރިއަށް އޮތްތަނުގައި ބަލަހައްޓާނީ މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެފަދަ ހިސާބުތައް އެކުލަވާލުމަކީ ޕޮލިސީތައް އެކުލަވާލުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށް ޑރ. އަޒީޒް ވިދާޅުވިއެވެ. ޑރ. އަޒީޒް ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން އެދޭ ފަރާތްތަކަށް ބޭނުންވާ ނިކޮޓިން ޕެޗް ފަދަ ތަކެތި އާސަންދައިގެ ދަށުން ލިބޭކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކުން ދަމަނަވެށިން ފަންނީ ލަފާ ހޯދައި، އެ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ ވަނީ ޢިލްތިމާސްކުރައްވާފައެވެ.

ދަމަނަވެށި

އިތުރަށް ކިޔާލަން

24 ޖޫން 2023

އީދު ބަންދުގައި ދަމަނަވެށި ބަންދު

24 ޖޫން 2023
އީދު ބަންދުގައި ދަމަނަވެށި ބަންދު
14 މާރިޗު 2023

ރޯދަމަހު އުމްރާއަށް ދާ މީހުން މިމަހުގެ 22ގެ ކުރިން ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސްކޮށްފި

14 މާރިޗު 2023
ރޯދަމަހު އުމްރާއަށް ދާ މީހުން މިމަހުގެ 22ގެ ކުރިން ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސްކޮށްފި
03 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ދިމާވާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެގައުމުގެ ސިޔާސީ ލީޑަރު ސޫ ކީ އަށް ރައީސް ނަޝީދު ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް ދިމާވާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެގައުމުގެ ސިޔާސީ ލީޑަރު ސޫ ކީ އަށް ރައީސް ނަޝީދު ގޮވާލައްވައިފި
11 އޯގަސްޓު 2017

މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް އެދި އެމްނެސްޓީން ރައީސަށް ސިޓީއެއް ފޮނުވައިފި

11 އޯގަސްޓު 2017
މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް އެދި އެމްނެސްޓީން ރައީސަށް ސިޓީއެއް ފޮނުވައިފި
09 އޯގަސްޓު 2017

މަޖިލިސް މެންބަރުންނަށް ގޯނާ ކުރުން ހުއްޓާލުމަށް ގޮވާލާ އިހުތިޖާޖެއް މާދަމާ ރޭ ބާއްވަނީ

09 އޯގަސްޓު 2017
މަޖިލިސް މެންބަރުންނަށް ގޯނާ ކުރުން ހުއްޓާލުމަށް ގޮވާލާ އިހުތިޖާޖެއް މާދަމާ ރޭ ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު