Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަންހެނެއްގެ ފައި ތާށިވުން

އެއާޕޯޓެއްގެ ޓްރެވެލޭޓަރެއްގައި ފައި ތާށިވުމުގެ ސަބަބުން އަންހެނެއްގެ ފައި ބުރިކޮށްލަން ޖެހިއްޖެ

ކައިރީގައި ހުރި ހޮސްޕިޓަލެއްގައި އޮޕަރޭޝަން ކުރުމަށްފަހު، އޭނާ މިހާރު ވަނީ އިތުރު ފަރުވާއަށް، އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ ބުމްރުންގްރާޑް ހޮސްޕިޓަލް ގެންދެވިފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 1 ޖުލައި 2023 | ހޮނިހިރު 10:10
ފައި ތާށިވި އަންހެންމީހާ

ފައި ތާށިވި އަންހެންމީހާ

ތައިލަންޑްގެ ޑޮން މީއަންގ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި އެކްސިޑެންޓެއްގައި، އަންހެނެއްގެ ފައި ޓްރެވެލޭޓަރެއްގައި ތާށި ވުމުގެ ސަބަބުން ފައި ކަކުލާހަމައިން ބުރިކޮށްލަން ޖެހިއްޖެއެވެ. ޓްރެވެލޭޓަރަކީ އެއާޕޯޓުތަކުގައި ހުންނަ، ހަރަކާތްކުރާ ވޯކްވޭތަކެވެ.

އުމުރުން 57 އަހަރުގެ އަންހެންމީހާ ދިޔައީ ތައިލަންޑްގެ އެހެން ޕްރޮވިންސަކަށް ދަތުރުކުރުމަށްޓަކައި ފްލައިޓަށް އެރުމަށެވެ. ނަމަވެސް ވޯކްވޭގެ ކޮޅާ ހަމައަށް ދެވުނުތަނާ، ކައިރީގައިހުރި އޭނާގެ ފޮށީގައި ފައި އަޅައިގަނެ، ކޮންވެޔަރ ބެލްޓް ތެރެޔަށް ފައި ގަނބައިގަތުމުގެ ސަބަބުން ފައިތާށިވެ، ފައިގެ މަސްތަކާއި ކަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެއެވެ. އޭނާގެ ފައި ތާށިވުމުން ކައިރީގައި އެވަގުތު ތިބި މީހުން އިމަރޖެންސީ ސްވިޗް ހޯދައި، ހިނގާ މެޝިން ނިއްވާލެވެން ވާއިރަށްވެސް އޭނާގެ ފަޔަށް ވަރަށް ބޮޑަށް ގެއްލުން ލިބި، ފައިގެ މަސްތަކާއި ކަށިގަނޑުން ބޮޑުބައެއް ވަކިވެގެން ގޮސްފައިވާ ކަމަށްވެއެވެ. މިއާއެކު އޭނާގެ ފައި ބުރިކޮށްލަން، އެތަނަށް އައި މެޑިކަލް ޓީމަށް މަޖްބޫރުވީ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ހާދިސާއަށްފަހު އަންހެންމީހާގެ ދަރިފުޅު ބުނެފައިވަނީ ފައިބުރިކޮށްލުމުގެ ސަބަބުން އޭނާގެ މަންމައަށް އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ނަފްސާނީގޮތުން ކަމަށެވެ. ކައިރީގައި ކުރި ހޮސްޕިޓަލެއްގައި އޮޕަރޭޝަން ކުރުމަށްފަހު އޭނާ މިހާރު ވަނީ އިތުރު ފަރުވާއަށް އެންމެ ބޮޑުއެއް ހޮސްޕިޓަލް ކަމަށްވާ ބުމްރުންގްރާޑް ހޮސްޕިޓަލަށް ގެންދެވިފައެވެ.

މިހާދިސާއާ ގުޅިގެން ހާދިސާ ހިނގި ޑޮން މީއަންގ އެއާޕޯޓުން ވަނީ އަންހެން މީހާގެ ކިބައިން މައާފަށް އެދިފައެވެ. އަދި އޭނާގެ ބޭހުގެ ހުރިހާ ޚަރަދަކަށް ޒިންމާވާނެ ކަމަށް އެއާޕޯޓުން ބުނެފައިވެއެވެ. އޭގެ އިތުރުން ލިބުނު ގެއްލުމުގެ ބަދަލުވެސް ދޭނެކަމަށް ބުނެފައިވެއެވެ.

ޑޮން މީއަންގ އެއާޕޯޓުގެ ވޯކްވޭތައް އިންސްޕެކްޓްކޮށް 2025ގެ ނިޔަލަށް ބަދަލުކުރުމުގެ ޕްރޮގްރާމްއެއް ފަށަން ރާވާފައި ވާކަމަށް ވެސް އެއާޕޯޓުން ބުނެފައިވެއެވެ.

މައްސަލަ ޖެހުނު ޓްރެވެލޭޓަރަކީ 1996ން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ ވޯކްވޭއެއް ކަމަށްވެއެވެ.

ތައިލެންޑްހޮސްޕިޓަލްޑޮމެސްޓިކްދުނިޔެ

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ބަޖެޓު 2026 ގައި ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ، އެކަމަކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ފަންޑު ނެތިގެން އެހީ ހޯދަނީ

28 ނޮވެމްބަރު 2025
ބަޖެޓު 2026 ގައި ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ، އެކަމަކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ފަންޑު ނެތިގެން އެހީ ހޯދަނީ
25 ނޮވެމްބަރު 2025

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި
25 އޮކްޓޯބަރު 2025

އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

25 އޮކްޓޯބަރު 2025
އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ
09 ސެޕްޓެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި

09 ސެޕްޓެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި
05 ސެޕްޓެމްބަރު 2025

ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި

05 ސެޕްޓެމްބަރު 2025
ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު