Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑް

ބެންކޮކް ގެ މާރުކޭޓެއްގައި ދިން ހަމަލާއެއްގައި 5 މީހުން މަރުވެއްޖެ

ގިނަ ބަޔަކަށް އަމާޒުކޮށްގެން ދެވުނު މި ހަމަލާގައި ހަމަލާދިން މީހާވެސް މަރުވެފައިވާއިރު، މި ހާދިސާގެ ސަބަބު ހޯދުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖެ އެމްވީ | 29 ޖުލައި 2025 | އަންގާރަ 04:12
ބެންކޮކްގެ އޯރ ޓޯރ ކޯރ މާރުކޭޓުގައި ދިން ހަމަލާ އެއް ގައި މަރުވެފައިވާ މީހަކު ބިންމަތީގައި އޮތް އިރު ތައިލެންޑްގެ ފުލުހުން ހަށިގަނޑުގެ ކައިރީގައި - ޖުލައި 28، 2025

ބެންކޮކްގެ އޯރ ޓޯރ ކޯރ މާރުކޭޓުގައި ދިން ހަމަލާ އެއް ގައި މަރުވެފައިވާ މީހަކު ބިންމަތީގައި އޮތް އިރު ތައިލެންޑްގެ ފުލުހުން ހަށިގަނޑުގެ ކައިރީގައި - ޖުލައި 28، 2025

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ހިނގި ހަމަލާއެއްގައި 5 މީހުން މަރުވެ، އިތުރު މީހަކު ޒަޚަމް ވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

މި ހަމަލާ ހިނގާފައިވަނީ ހޯމަ ދުވަހު މެންދުރު ބެންކޮކުގެ އުތުރުގައި އޮންނަ ސަރަހައްދެއްގެ އޯރ ޓޯރ ކޯރ މާރުކޭޓުގައި ކަމަށް ރޯޔަލް ތައި ޕޮލިސް އިން ބުނެފައިވެއެވެ.

މަރުވި 5 މީހުންނަކީވެސް އެ މާރުކޭޓުގެ ސެކިއުރިޓީ ގާޑުން ކަމަށާއި، ހަމަލާ ދިން މީހާ އަމިއްލަ އަށް ހަމަލާދީ މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"ފުލުހުން މިހާރު ދަނީ މި ހަމަލާގެ ސަބަބު ބަލަމުންނެވެ. މިހާތަނަށް މިއީ ގިނަ ބަޔަކަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ،" ސަރަހައްދުގެ ޑެޕިއުޓީ ޕޮލިސް ޗީފް އޭއެފްޕީ ނިއުސް އޭޖެންސީ އަށް ބުނެފައިވެއެވެ.

ފުލުހުން މިހާރު ދަނީ ހަމަލާ ދިން މީހާ ކާކުކަން ދެނެގަތުމަށް މަސައްކަތްކުރަމުންނެވެ. އަދި މިހާރު ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުމާ މި ހަމަލާއާ ގުޅުމެއް އޮތްތޯވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ދެކުނު އޭޝިއާގެ ގިނަ ޤައުމުތަކާ އަޅާބަލާއިރު ތައިލެންޑުގައި ހަތިޔާރު ބޭނުން ކޮށްގެން ހިންގާ އަނިޔާވެރި އަމަލުތައް ވަރަށް އާންމުކޮށް ފެނެއެވެ.

2020 ވަނަ އަހަރު ޖޫނިއަރ އާމީ އޮފިސަރަކު އުތުރު-އިރުމަތީގައި އޮންނަ ނަކޮން ރަޗަސީމާ ސިޓީގައި ހިންގި ހަމަލާއެއްގައި 29 މީހުން މަރުވެ، 58 މީހުން ޒަޚަމްވިއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު