Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމާމުން ތަމްރީން ކުރުން

ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ، ހުރިހާ އިމާމުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ: މިނިސްޓްރީ

އިމާމުންގެ ތެރެއިން 20 އިންސައްތަ މީހުން ޑިގްރީ ފެންވަރަށް ތަމްރީން ކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖުލައި 2023 | ހޮނިހިރު 07:45
އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލް

އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލް

ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ރާއްޖޭގެ ހުރިހާ އިމާމުންނަށް ކަމަށާއި، ކުރިއަށް އޮތްތަނުގައި އިމާމުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލް ވިދާޅުވީ އަމާޒަކީ ރާއްޖޭގައި ތިބި ހުރިހާ އިމާމުން ތަމްރީންކޮށް، ހުނަރުތައް ތަރައްގީ ކުރަން މަސައްކަތް ކުރުން ކަމަށެވެ. އަދީލް ވިދާޅުވީ އިމާމުންގެ ތެރޭގައި ހުއްދަ ލިބިފައިވާ ބައެއް ބޭފުޅުން އެހެން ވަޒީފާތަކުގައި މަސައްކަތްކުރާކަން ފާހަގަކުރައްވައި އަދީލް ވިދާޅުވީ އެފަދަ ބޭފުޅުންނަށް ވެސް ތަމްރީންދޭނެ ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އާއެކު ކުރިއަށް ގެންދާ އިމާމުންގެ ޑިގްރީ ޕްރޮގްރާމަށް އިޝާރާތް ކުރައްވައި އަދީލް ވިދާޅުވީ ދެ ބެޗް ނިމިފައިވާ ކަމަށާއި، މި ޕްރޮގްރާމްގެ ދަށުން 70 އަށް ވުރެ ގިނަ އިމާމުން ދަސްވެނި ވެފައިވާ ކަމަށެވެ. އަދީލް ވިދާޅުވީ ރާއްޖޭގެ ހުރިހާ އިމާމުން ވެސް ޑިގްރީ ފެންވަރަށް ތަމްރީން ކުރަން ބޭނުންވާ ކަމަށާއި، އެއަމާޒަށް ވާސިލްވުމަށް ޚާއްސަ އިސްކަމެއްދޭ ކަމަށެވެ. އަދި މިހާރު ގާތްގަނޑަކަށް އިމާމުންގެ ތެރެއިން 20 އިންސައްތަ މީހުން ޑިގްރީ ފެންވަރަށް ތަމްރީން ކުރެވިފައިވާ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމާމުންގެ މުސާރައިގެ އޮނިގަނޑަށް އިޝާރަތް ކުރައްވައި އަދީލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިމާމުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައިވާ ކަމަށެވެ. ޕޭ-ކޮމިޝަން މެދުވެރިކޮށް އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް މުސާރަ ބޮޑުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އަދީލް ވިދާޅުވިއެވެ.

މީގެ އިތުރުން އަދީލް ވިދާޅުވީ އެހެން ދާއިރާތަކާއި ހިލާފަށް އިމާމުންނަކީ އޮފް ދުވަހެއް، ނުވަތަ ހަފްތާ ބަންދު ދުވަހެއް ލިބޭނެ ބައެއް ނޫން ކަމަށާއި، މިކަންކަމަށް ރިޔާއަތްކޮށް މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

26 މެއި 2023 ގައި ބޭއްވި އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ރައީސް ސާލިހު ވިދާޅުވެފައިވަނީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަކީ މިސަރުކާރުގެ ވައުދެއްކަމަށެވެ. އެ ވައުދު ފުއްދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ގުޅިގެން، އިސްލާމިކް ޔުނިވަރސިޓީން ފެށީ 2020 ވަނަ އަހަރުކަމަށެވެ. އަދި އިމާމުންގެ މަސައްކަތާއި ގުޅޭގޮތަށް މުސާރަ އާއި ޗުއްޓީއަށް ހެޔޮ ބަދަލުތަކެއް ލަސްތަކެއްނުވެ ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
23 އޮކްޓޯބަރު 2025

ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު

23 އޮކްޓޯބަރު 2025
ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު
23 އޮކްޓޯބަރު 2025

ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

23 އޮކްޓޯބަރު 2025
ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު