Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ސްޓޭޓް ޝިޕިންގ

ދިވެހިންގެ ޝައުޤުވެރިކަން ސީފެއަރިންގއަށް ނުލިބޭ: މޯލްޑިވްސް ސްޓޭޓް ޝިޕިންގ

30 ޖޫން 2023 | ހުކުރު 06:35

ދާއިރާއަށް މީހުންގެ ޝައުޤުވެރި ކުރުވުމަށް ޖަމިއްޔާތަކާއި ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ އެކި މަސައްކަތްތައް ކުރަމުންދަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ޖޫން 2023 | ހުކުރު 06:35
މޯލްޑިވްސް ސްޓޭޓް ޝިޕިންގ

މޯލްޑިވްސް ސްޓޭޓް ޝިޕިންގ

ދިވެހިންގެ ޝައުޤުވެރިކަން ސީފެއަރިންގއަށް ނުލިބޭ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރު ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ އެގޮތަށް އެ ދިމާވާނީ ސްކޫލުތަކުގައި ވެސް ދާއިރާ މައުލޫމާތުތައް ހިއްސާ ނުކުރެވޭތީ ކަމަށާއި ސްކޫލް ނިމިގެން އަންނަ ކުދިންނަށް ޝިޕިންގ އަކީ އޮންނަ އެއްޗެއްކަން ވެސް ނޭނގޭ ކަމަށެވެ.

Advertisement - newsAdvertisement

ދިވެހިންގެ ތަރުހީބު ސީފެއަރިންގއަށް ނުލިބޭކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މިދާއިރާއިން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާފައިވަނީ އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތެއް ނެތި ކަމަށެވެ. އެހެންނަމަވެސް ސްކޮލަރޝިޕަށް ފޯމް ހުށަހަޅަނީ ވަރަށް މަދު މީހުން ކަމަށް ވިދާޅުވިއެވެ.

މިހާރު ތަރުހީބު ނުލިބުނަސް ކުރިއަށް އޮތް ތާނގައި ތަރުހީބު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ދާއިރާއަށް މީހުންގެ ޝައުޤުވެރި ކުރުވުމަށް ޖަމިއްޔާތަކާއި ގުޅިގެން އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ އެކި މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މި ދާއިރާގައި ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށާއި އެގޮތުން ރެގިއުލޭޓަރީ މައްސަލަތައް ވެސް އެބަހުރި ކަމަށެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިނަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންގލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައެވެ. މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް، އެމްއެންއެސްއެލްގެ ނަމުގައި ގިނަ އަހަރުތަކެއް ވަންދެން ކުންފުނި ހިންގުމަށްފަހު ކުންފުނި ހުއްޓާލީ ދަރަނި ބޮޑުވުމާއި ގުޅިގެންނެވެ.

ގާތްގަނޑަކަށް 70 މިލިއަން ޑޮލަރުގެ ގެއްލުމަކާއެކު މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް، ބަނގުރޫޓުވެ 2012 ވަނަ އަހަރު ކުންފުނި އުވާލެވުނެވެ.

މި ކުންފުނި އުވާލުމާއެކު ޝިޕިން ކޯޕަރޭޝަން އޮފް މޯލްޑިވްސް، އެސްސީއެމްގެ ނަމުގައި އާ ޝިޕިން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވެސް އޭރުގެ ސަރުކާރުން ކުރިއެވެ. އެހެންނަމަވެސް އެމްއެންއެސްއެލްގެ ފަހުން ސަރުކާރުން ޝިޕިންގލައިންގެ ވިޔަފާރިކޮށްފައެއްނުވެއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ޖުލައި 2024

ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެމްޕީއެލް އިން ބުނީ ބޯޓު ފަހަރުން ނަގާ ފީ ޑޮލަރުން ނަގަން ނިންމީ މަޝްވަރާކޮށްގެން ކަމަށް

01 ޖުލައި 2024
ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެމްޕީއެލް އިން ބުނީ ބޯޓު ފަހަރުން ނަގާ ފީ ޑޮލަރުން ނަގަން ނިންމީ މަޝްވަރާކޮށްގެން ކަމަށް
24 އޮކްޓޯބަރު 2023

އައްޑޫއަށް ކުރި ދަތުރު ކާމިޔާބު، ހައެއްކަ މަސް ދުވަހުގެ ތެރޭގައި ވިޔަފާރިވެރިންނަށް ފައިދާ ކުރަން ފަށާނެ: އެމްއެސްއެސް

24 އޮކްޓޯބަރު 2023
އައްޑޫއަށް ކުރި ދަތުރު ކާމިޔާބު، ހައެއްކަ މަސް ދުވަހުގެ ތެރޭގައި ވިޔަފާރިވެރިންނަށް ފައިދާ ކުރަން ފަށާނެ: އެމްއެސްއެސް
08 އޮކްޓޯބަރު 2021

އެސްޓީއޯގެ ޝިޕިން ލައިނުން ބޮޑު މުސާރައާއެކު ވަޒީފާ އިއުލާންކޮށްފި

08 އޮކްޓޯބަރު 2021
އެސްޓީއޯގެ ޝިޕިން ލައިނުން ބޮޑު މުސާރައާއެކު ވަޒީފާ އިއުލާންކޮށްފި
05 އޯގަސްޓު 2021

ލަންކާއިން މާލެއަށް މުދާ ގެނައުމަށް ކޮޗިން ފެރީ ހަމަޖެހިއްޖެ

05 އޯގަސްޓު 2021
ލަންކާއިން މާލެއަށް މުދާ ގެނައުމަށް ކޮޗިން ފެރީ ހަމަޖެހިއްޖެ
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް