Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ.ހޯރަފުށީގައި ޢީދު ފާހަގަކުރުން

ހޯރަފުށްޓަށް އިރު އެރީ ފޯރިގަދަ އީދަކާއެކު - އަވެލީގެ ކޭމާއި އުލްހިޔާ ކަތިލުމުގެ ފޯރިގަދަ!

ހޯރަފުށީގައި ޢީދާއި ގުޅިގެން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 ޖޫން 2023 | ބުދަ 07:38
ހޯރަފުށީގައި ކުރިއަށްދާ ޢީދު ހަރަކާތްތައް

ހޯރަފުށީގައި ކުރިއަށްދާ ޢީދު ހަރަކާތްތައް

ހއ. ހޯރަފުށީގައި މިއަދުވެސް ވަރަށް ފޯރިގަދަކޮށް ޢީދުގެ ހަރަކާތްތައް އެބަ ކުރިއަށް ގެންދެއެވެ.

ޢީދުގެ ހަރަކާތްތައް ކުލަ ގަދަކޮށް އެ ރަށުގައި ކުރިއަށް ގެންދާއިރު، އަންގާރަ ދުވަހުގެ ރޭ 08:50 ގައި ޢީދު ހަރަކާތްތައް ފަށާފައި ވަނީ ޢީދު ވެދުމާއި ދިއުމުގެ ހަރަކާތަކާއި އެކުގައެވެ.

Advertisement - newsAdvertisement

އެ ހަރަކާތުގައި ރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ. އެ ހަރަކާތް ކުރިއަށް ދިޔައީ ވަރަށް މަޖާ، އެންމެންނަށް ވެސް ގަޔާވާނެ ފަދަ ސަގާފީ ގޮތަކަށެވެ. ޢީދު ކުޅިވަރުތައް ފެށުމަށް ރަށުގެ އިސް ފަރާތުގެ ހުއްދަ ހޯދުމަށް ދިއުމަކީ ސަގާފީ ގޮތުން އިހު ޒަމާނުއްސުރެ ދިވެހިން ކޮށްއުޅޭ ކަމެކެވެ. އީދު ވެދުމާއި ދިއުމަކީ އެއީއެވެ.

އޭގެ ފަހުން، ޢީދު މަޅި ރޯކުރުން ނުވަތަ އީދު ހުޅު ރޯކުރުން ވަނީ ބާއްވާފައެވެ.

ބުދަ ދުވަހުގެ ހަރާކަތްތައް ފަށާފައި ވަނީ ބޮޑު ޖަމާއަތުގައި ކުރިއަށް ދިޔަ ޢީދު ނަމާދާއި އެކުގައެވެ.

އެއަށް ފަހު އޮތީ ވަރަށް ތަފާތު ސަގާފީ ކޭމެކެވެ. ޖުމުލަ 20 ކޭން ހިމެނޭގޮތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކޭމުގެ ގޮތުގައި ތައްޔާރު ކުރީ އަވެލިއެވެ. އެ ކޭން ތައްޔާރުކުރުމުގެ ކުރިން ކެމަށް ބޭނުންވާ ތަކެތި ހުރީ މަލާފަތަށް އަޅާ، ހުދު ފޮތިން ބަނދެފައެވެ.

ކޭން ތައްޔާރުކުރުން ފަށާފައި ވަނީ މަޝްހޫރު މެޖީޝިއަން ޝަރީފް ކޭން އިފްތިތާހުކުރުމުގެ ގޮތުން ކޭމުގެ ގޮށް މޮހާ، އެ ކޭން އިފްތިތާހުކޮށްދިން ހިސާބުންނެވެ.

އަވެލި އަކީ ދިވެހިން ޢީދު ދުވަހާއި، އެހެން ވެސް ސަގާފީ ގޮތުން ފާހަގަކުރާ ދުވަސްތަކާއި، މާހެފުން ފަދަ މުނާސަބަތުތަކާއި ދިމާކޮށް ކައި އުޅޭ ފޮނި އެއްޗެކެވެ. އާއްމުކޮށް މި ކެއުން ކައި އުޅެނީ ވަޅޯ މަހާއި އެކުގައެވެ.

މި ކޭމުގައި ރަށުގެ ރައްޔިތުންގެ އިތުރުން، ރަށަށް ޒިޔާރަތްކުރި މެހެމާނުން ވެސް ވަނީ ބައިވެރިވެފައެވެ.

އެއަށް ފަހު އުލްޙިޔާ ކަތިލުން އޮތެވެ.

އެ ރަސްމިއްޔާތުގައި އައްޝައިހު އަހުމަދު ވަހީދު ވަނީ އުލްހިޔާ ކަތިލުމުގެ މާތްކަމާއި މެދު މައުލޫމާތު ދެއްވާފައެވެ.

އުލްހިޔާ ކަތިލުމުގެ ހަރަކާތަށް ވިޔަފާރިވެރިންނާއި، އިދާރާތަކާއި، އިދާރާތަކުގެ އިސް ބައެއް ފަރާތްތަކުގެ ދީލަތި އެހީ ވަނީ ލިބިފައެވެ.

އުލްހިޔާ ކަތިލުމުގެ ކަންކަން ކުރިއަށް ދިޔަ އިރު އެ މަންޒަރު ބަލާލުމަށް ގިނަ އަދަދެއްގެ އާއްމުން ވަނީ ޖަމާވެފައެވެ.

ހޯރަފުށީގައި ޢީދާއި ގުޅިގެން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ހަރަކާތް އޮންނާނީ ރަށްވެހި ފަންނުގައި ބުދަ ދުވަހުގެ ރޭ 08:30ގައެވެ.

ހއ. ހޯރަފުށިއަޟްހާ އީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

31 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

30 އޮކްޓޯބަރު 2025
5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

02 ސެޕްޓެމްބަރު 2025
އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފި

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފި

07 ޖޫން 2025
އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!

އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!

05 ޖޫން 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު