Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓަލް ޕެލެސް

ކްރިސްޓަލް ޕެލެސްގެ ކޯޗުގެ މަގާމުގައި އަންނަ ސީޒަނުގައި ދެމިހުންނަން ރޯއީ ހޮޖްސަން ނިންމައިފި

28 ޖޫން 2023 | ބުދަ 02:09

އޭނާ ވަނީ ޕެލެސް ރެލިގޭޝަން ޒޯނުން ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދީފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 28 ޖޫން 2023 | ބުދަ 02:09
ރޯއީ ހޮޖްސަން

ރޯއީ ހޮޖްސަން

ކްރިސްޓަލް ޕެލެސްގެ ކޯޗުގެ މަގާމުގައި އަންނަ ސީޒަނުގައި މަޑުކުރަން ރޯއީ ހޮޖްސަން ނިންމައިފިއެވެ.

އުމުރުން 75 އަހަރުގެ ހޮޖްސަން މިވަގުތު ޗުއްޓީގައި ހުރި ނަމަވެސް އެނބުރި އަންނައިރު ކުރިއަށް އޮތް ސީޒަނަށް ކޮންޓްރެކްޓްގައި ސޮއިކުރާނެ ކަމަށް ބެލެވެއެވެ. ހޮޖްސަން އެނބުރި ޕްލެސް އަށް އައީ މިދިޔަ މާޗް މަހު ޕެޓްރިކް ވިއޭރާގެ ބަދަލުގައި ސީޒަން ނިމެންދެން އެއްބަސްވުމެއްގެ ދަށުންނެވެ.

އޭނާ ވަނީ ޕެލެސް ރެލިގޭޝަން ޒޯނުން ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދީ، އޭނާ އިރުޝާދުދިން 10 މެޗުން 18 ޕޮއިންޓް ހޯދައި ޕްރިމިއާ ލީގުގެ 11 ވަނަ އަށް ޓީމު ގެންގޮސްދީފައެވެ.

ހޮޖްސަން 2017 ވަނަ އަހަރުން ފެށިގެން ޕެލަސްގައި ހަތަރު އަހަރު ހޭދަކުރި ނަމަވެސް 2021 ވަނަ އަހަރުގެ ހޫނު މޫސުމުގައި އޭނާ ވަނީ ފުޓްބޯޅައާ ދުރަށް ދާން ނިންމައިފައެވެ. އޭގެ ފަހުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަޓްފޯޑްގެ ކޯޗުގެ މަގާމަށް އޭނާ ހަމަޖެއްސި ނަމަވެސް އޭގެ ފަސް މަސް ފަހުން އެ ޓީމު ރެލިގޭޓްވުމުން އޭނާ ވަނީ އެ ޓީމު ދޫކޮށްލައިފައެވެ.

ހޮޖްސަން އެނބުރި އޭނާގެ ކުރީގެ ކުލަބަށް އައުމުގެ ކުރިން ވިއޭރާގެ އިރުޝާދުގެ ދަށުން ކުޅުނު ހުރިހާ މުބާރާތެއްގައި ވެސް ޕެލަސް އަށް 12 މެޗުން މޮޅެއް ލިބިފައެއް ނުވެއެވެ.

އޭނާގެ މެނޭޖްރިއަލް ކެރިއަރުގައި 45 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާއިރު، އޭގެ ތެރޭގައި އިންޓަ މިލާން، ބްލެކްބާން، ފުލަމް، ލިވަޕޫލް، ވެސްޓް ބްރޮމް އަދި ޕެލެސްގައި މަސައްކަތްކޮށްފައިވާއިރު، ސްވިޒަލޭންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ފިންލޭންޑްގެ ގައުމީ ޓީމުތަކުގައި ވެސް އޭނާ ވަނީ ކޯޗުކަން ކޮށްފައެވެ.

ކްރިސްޓަލް ޕެލަސްރޯއީ ހޮޖްސަން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
28 ސެޕްޓެމްބަރު 2025

ފަހު ވަގުތު ޕެލަސް އަތުން ލިވަޕޫލް ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
ފަހު ވަގުތު ޕެލަސް އަތުން ލިވަޕޫލް ބަލިވެއްޖެ
03 ފެބުރުއަރީ 2025

އަމިއްލަ ދަނޑުގައި ޕެލަސް އަތުން ޔުނައިޓެޑު ބަލިވެއްޖެ

03 ފެބުރުއަރީ 2025
އަމިއްލަ ދަނޑުގައި ޕެލަސް އަތުން ޔުނައިޓެޑު ބަލިވެއްޖެ
22 ޑިސެމްބަރު 2024

ޕެލަސް އަތުން އާސެނަލަށް ފަސް ލަނޑުގެ މޮޅެއް

22 ޑިސެމްބަރު 2024
ޕެލަސް އަތުން އާސެނަލަށް ފަސް ލަނޑުގެ މޮޅެއް
19 ޑިސެމްބަރު 2024

ޖީސޫސްގެ ހެޓްރިކުން މޮޅުވެ، އާސެނަލް ސެމީ ފައިނަލަށް

19 ޑިސެމްބަރު 2024
ޖީސޫސްގެ ހެޓްރިކުން މޮޅުވެ، އާސެނަލް ސެމީ ފައިނަލަށް
08 ޑިސެމްބަރު 2024

ޕެލަސް ކައިރިން ސިޓީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

08 ޑިސެމްބަރު 2024
ޕެލަސް ކައިރިން ސިޓީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
06 އޮކްޓޯބަރު 2024

ޕެލެސް އަތުން މޮޅުވެ، ލިވަޕޫލް އެއް ވަނައިގައި

06 އޮކްޓޯބަރު 2024
ޕެލެސް އަތުން މޮޅުވެ، ލިވަޕޫލް އެއް ވަނައިގައި
07 މެއި 2024

ޕެލަސް އިން ޔުނައިޓެޑު ލަދުގަންނަވާލައިފި

07 މެއި 2024
ޕެލަސް އިން ޔުނައިޓެޑު ލަދުގަންނަވާލައިފި
07 އެޕްރީލު 2024

ފަހަތުން އަރައި، ސިޓީން ޕެލެސް ބަލިކޮށްފި

07 އެޕްރީލު 2024
ފަހަތުން އަރައި، ސިޓީން ޕެލެސް ބަލިކޮށްފި
28 ޑިސެމްބަރު 2023

ފަހު މިނިޓްގެ ޕެނަލްޓީން، ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ އަށް މޮޅެއް

28 ޑިސެމްބަރު 2023
ފަހު މިނިޓްގެ ޕެނަލްޓީން، ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ އަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް