Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަބޯ ކަޕް

ޖީސޫސްގެ ހެޓްރިކުން މޮޅުވެ، އާސެނަލް ސެމީ ފައިނަލަށް

އާސެނަލް އަށް މިހާތަނަށް ކަރަބޯ ކަޕް ކާމިޔާބު ކުރެވުނީ ދެ ފަހަރު އެވެ. އެއީ 1987 އަދި 1993 ވަނަ އަހަރު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޑިސެމްބަރު 2024 | ބުރާސްފަތި 04:35
މެޗުގައި ލަނޑު ޖެހުމަށްފަހު ޖެސޫސް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޖެސޫސް އުފާ ފާޅު ކުރަނީ

ކަރަބޯ ކަޕްގެ ކުއާޓާ ފައިނަލްގައި ކްރިސްޓަލް ޕެލެސްްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޕެލަސް އިންނެވެ. ނަމަވެސް އާސެނަލް އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ލީޑު ހޯދައިފަ އެވެ. އޭގެ ފަހުން މެޗުގައި ޕެލަސް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޕެލަސް އަށް ލީޑު ނަގައިިދިނީ ހުއާން ފިލިޕޭ މަޓޭޓާ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގަބްރިއެލް ޖީސޫސް އެވެ. އެއީ މާޓީން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި ދެ ވަނަ ލަނޑެއް ޖަހައި އާސެނަލަށް ލީޑު ހޯދައިދިނީ ވެސް ޖީސޫސް އެވެ. އެ ލަނޑު އޭނާ ޖެހީ ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ 81 ވަނަ މިނެޓުގައި އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖަހައި ޖީސޫސް ވަނީ މެޗުގައި ހެޓްރިކް ހަމަކޮށްފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕެލަސްގެ ފަހު ލަނޑު ޖެހީ އެޑީ އެންކެއިޓާ އެވެ.

އާސެނަލް އަށް މިހާތަނަށް ކަރަބޯ ކަޕް ކާމިޔާބު ކުރެވުނީ ދެ ފަހަރު އެވެ. އެއީ 1987 އަދި 1993 ވަނަ އަހަރު އެވެ. އެންމެ ފަހުން އާސެނަލަށް ކަރަބޯ ކަޕްގެ ފައިނަލް އިން ޖާގަ ލިބުނީ 2019 ވަނަ އަހަރު އެވެ. އެ އަހަރުގެ ފައިނަލްގައި ބަލިވީ މެންޗެސްޓަރ ސިޓީ އަތުންނެވެ.

ކަރަބޯ ކަޕްއާސެނަލްކްރިސްޓަލް ޕެލަސްގަބްރިއެލް ޖީސޫސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު