Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޙައްޖު 1444

ދިވެހި ދެ ޙައްޖާޖީން އައިސީޔޫގައި

އައިސީޔޫގައި ފަރުވާ ދެމުންދަނީ އުމުރުން ދުވަސްވީ ދެ މީހަކަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 ޖޫން 2023 | އަންގާރަ 12:14
ދިވެހި ޙައްޖުވެރިންތަކެއް

ދިވެހި ޙައްޖުވެރިންތަކެއް

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ޙައްޖާޖީންގެ ތެރެއިން ދެ ޙައްޖާޖީއެއްގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާމެދުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ސައުދީއަރައްބިޔާގައި ހުންނަވައިގެން ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އަނިލް ވިދާޅުވީ އައިސީޔޫގައި ތިބި ނަމަވެސް އެ ދެ މީހުން އަރަފާތު ބިމަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އޮކްސިޖަން ގުޅައިގެން ވެސް ސައުދީ ސަރުކާރުން ޙައްޖުވެރިން އަރަފާތު ބިމަށް ގެންގޮސްދދޭ ކަމަށާއި އެގޮތަށް ގެންދަން ޖެހުނު ނަމަވެސް އެކަން ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އަނިލް ވިދާޅުވިގޮތުގައި ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާ ދެމުންދަނީ އުމުރުން ދުވަސްވީ ދެ މީހަކަށެވެ.

ޙައްޖަށް ދިޔަ ދިވެހިންގެ ހާލު އާއްމުކޮށް ރަނގަޅު ކަން ފާހަގަކުރައްވައި އަނިލް ވަނީ އައިސީޔޫގައި ތިބި ދެ ޙައްޖުވެރިންގެ އިތުރުން ބާކީތިބި ހުރިހާ ޙައްޖުވެރިންނަށް ވެސް އަރަފާތު ބިމަށް ދެވުނު ކަމަށެވެ. އަދި އަރަފާތު ބިމުގައި ހޫނު ގަދަކަމުން ހުރިހާ ޙައްޖުވެރިންވެސް ކުޑަ އަަޅައިގެން އުޅުމަށާއި ގިނަގިނައިން ދިޔާތަކެތި ބޭނުން ކުރުމަށް ސައުދީ ސަރުކާރުން އިލްތިމާސްކުރާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީން ރާއްޖެއަށް 1000 ކޯޓާދިނެވެ. އޭގެތެރެއިން ޙައްޖު ކޯޕަރޭޝަނާއި އަދި އަމިއްލަ ތިން ކުންފުންޏެއްގެ ބެލުމުގެ ދަށުން ދިވެހި ޙައްޖުވެރިން ވަނީ ސައުދީއަށް ގޮސްފައެވެ. ޙައްޖާޖީންގެ ފުރަތަމަ ފްލައިޓު ރާއްޖެއިން ފުރީ މި މަހުގެ 12ވީ ބުދަ ދުވަހުއެވެ. އޭގެ ފަހުން މިމަހުގެ 13، 15، 16 އަދި 19 ވަނަދުވަހުގެ ފްލައިޓްތަކުންވެސް ޙައްޖުވެރިންވަނީ ފުރާފައެވެ.

މިއަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމެވެ.

ހައްޖު 1444

އިތުރަށް ކިޔާލަން

28 ޖޫން 2023

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރަން 1.8 މިލިއަނަށްވުރެ ގިނަ ހައްޖާޖީން މައްކާއަށް ދިޔަ

28 ޖޫން 2023
މިއަހަރު ހައްޖުގެ އަޅުކަން އަދާކުރަން 1.8 މިލިއަނަށްވުރެ ގިނަ ހައްޖާޖީން މައްކާއަށް ދިޔަ
27 ޖޫން 2023

ޙައްޖުގެ އަޅުކަން އަދާކުރާ ދިވެހިންނަށް މަބްރޫރު ޙައްޖަކަށް އެދި ދުއާ ކުރަން: ރައީސް

27 ޖޫން 2023
ޙައްޖުގެ އަޅުކަން އަދާކުރާ ދިވެހިންނަށް މަބްރޫރު ޙައްޖަކަށް އެދި ދުއާ ކުރަން: ރައީސް
26 ޖޫން 2023

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފެށުމުގެ ގޮތުން، ހައްޖުވެރިން މިނާއަށް ޖަމާވާން ފަށައިފި

26 ޖޫން 2023
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފެށުމުގެ ގޮތުން، ހައްޖުވެރިން މިނާއަށް ޖަމާވާން ފަށައިފި
25 ޖޫން 2023

ބަދަލުވަމުންދާ ގުޅުންތަކާއެކު، އީރާނުގެ ޙައްޖާޖީންނަށް ތަފާތު އަހަރެއް

25 ޖޫން 2023
ބަދަލުވަމުންދާ ގުޅުންތަކާއެކު، އީރާނުގެ ޙައްޖާޖީންނަށް ތަފާތު އަހަރެއް
23 ޖޫން 2023

އަރަފާތު ދުވަހަކީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަސް: ޚުތުބާ

23 ޖޫން 2023
އަރަފާތު ދުވަހަކީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވުމުގެ ދުވަސް: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު