Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޙައްޖު 1444

ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން ހަތަރު މީހަކު ވަނީ ނިޔާވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ޖުލައި 2023 | ހުކުރު 12:22
ޙައްޖާޖީންގެ ދެވަނަ ގްރޫޕް ރާއްޖެ އައުން

ޙައްޖާޖީންގެ ދެވަނަ ގްރޫޕް ރާއްޖެ އައުން

މިއަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ ދެ ގްރޫޕެއް ހުކުރު ދުވަހު ރާއްޖެ އަތުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕުގައި ހިމެނެނީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށްދިޔަ ޙައްޖުވެރިން ކަމަށެވެ. އަދި ދެވަނަ ގްރޫޕުގައި ހިމެނެނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ޙައްޖަށްދިޔަ ޙައްޖުވެރިން ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

Advertisement - newsAdvertisement

ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާފައިވާއިރު، މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ހަމަޖެއްސެވި އަމީރުލްހައްޖު އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް އަދި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީވަނީ ނިމުނު ހަފުތާގައި ރާއްޖެ އެނބުރި ވަޑައިގެންފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުލައި 7، 10 އަދި 14 ވަނަ ދުވަހުއެވެ. މިއިން ކޮންމެ ދުވަހެއްގެ މެންދުރު 13:50 ގައި ގިނަ އަދަދެއްގެ ހައްޖުވެރިން އައުމަށް ހަމަޖެހިފައިވެއެވެ. މިއާއެކު އޮމާންކަމާއެކު ޓްރެފިކް ފޮލޯ ކުރިއަށްދާނެކަން ކަށަވަރުކުރުމަށްޓަކައި އިތުރު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވަމުން ގެންދާނެކަމަށް ފުލުހުން ބުނެއެވެ. އަދި އެއާޕޯޓުން ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކުން ފުލުހުންގެ އިރުޝާދު ތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. އެއީ ހއ.ކެލާ، ސީސާންގެ، ޢަލީ ގާސިމް އާއި ނ. ހޮޅުދޫ، އުދަރެސް، ގާސިމް އިބްރާހީމް އާއި ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމާއި ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަނެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު