Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޗަރޖްޑް ރާއްޖެއަށް ތައާރަފު ކުރުން

ރާއްޖެއަށް "ޗަރޖްޑް" ތައާރަފުކޮށް، އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް

ބެނެލީގެ ހަ ސައިކަލު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖޫން 2023 | ހުކުރު 17:12
 ޗަރޖްޑް ރާއްޖެއަށް ތައާރަފު ކުރުން

ޗަރޖްޑް ރާއްޖެއަށް ތައާރަފު ކުރުން

ކޮކާ-ކޯލާ ކުންފުނިން ރާއްޖޭގައި ވިއްކާ ބުއިންތަކުގެ ލިސްޓަށް އިތުރު ކުރިއެރުމެއް ގެނެސްދޭ، ކެފެއިން އެކުލެވިގެންވާ ބުއިމެއް ކަމަށްވާ "ޗަރޖްޑް" ކާމިޔާބުކަމާ އެކު ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފިއެވެ.

ބުރާސްފަތި ދުވަހު މި ބުއިން ރާއްޖެއަށް ތައާރަފު ކުރުމުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފައެވެ. މީރުމާ އިވެންޓް ހޯލުގައި ބޭއްވި މި ހަފްލާގައި ޗަރޖްޑްގެ އާދަޔާ ހިލާފު ރަހަތައް ވަނީ ތައާރަފު ކޮށްފައެވެ، އަދި މި ހަފްލާގެ ބައިވެރިންނަށް ޗަރޖްޑްގެ ބެރީ ރަހަ ތަޖުރިބާކޮށްލުމާއި އެ ބްރޭންޑުން ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއަޅާ ގޮތް ދެނެގަތުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

ކޮކާކޯލާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވީ ކަސްޓަމަރުންގެ ކުރިއަރަމުން އަންނަ ރަހަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ފެތޭ ފަދަ އީޖާދީ ބުއިންތައް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ކޮކާކޯލާގެ އުއްމީދަކީ ބެރީ ރަހަލާ ޗަރޖްޑް އަކީ ކޮންމެ ދުވަހަކު ވެސް ހަރަކާތްތައް އިތުރުކޮށް، މުޅި އަހަރު ތެރޭގައި ވެސް ހަރަކާތްތެރި ޖަޒީރާ ދިރިއުޅުމެއް ވޭތުކުރުމަށް އެންމެންނަށް ވެސް އެންމެ ކަމުދާ ބުއިމަށް ވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

ބެނެލީ މޯލްޑިވްސް އާއި ލޮޓަސް ބައިކް ޝޮޕްއާ ގުޅިގެން ފެށި ޗަރޖްޑް ހާއްސަ ޕްރޮމޯޝަނުގެ ދަށުން ބެނެލީ 180 އެސް އަދި ބެނެލީ ލިއޮންސިނޯ 250ގެ ޒަމާނީ ހަ ސައިކަލު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ޗަރޖްޑް ދަޅެއް ގަންނައިރު ކަހާލެވޭ ކާޑަކަށް އެދުމުން ލިބޭ ކާޑު ކަހާލުމުން ފެންނަ ފޮރުވިފައިވާ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626އަށް ފޮނުވުމުން "ގެޓް ޗާޖް އެންޑް ވިން" ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދެ ހަފުތާއަކުން ބެނެލީ ސައިކަލު ލިބޭ ނަސީބުވެރިން އިއުލާނުކުރާނެއެވެ. އަދި ބެނެލީ ސައިކަލުގެ އިތުރުން، ޗަރޖްޑް ބްރޭންޑް ގެ ހެލްމެޓާއި ޗަރޖްޑް ދަޅު ކޭސް ފަދަ އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

ޗަރޖްޑް އާއި އެ ބްރޭންޑުގެ ޕްރޮމޯޝަންގެ އިތުރު މައުލޫމާތު ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބްގައި @ChargedMaldives އިން ލިބޭނެއެވެ.

ޝައުގުވެރިކަން ދެމެހެއްޓުމުގެ ގޮތުން، ދިވެހިންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާއި ގިވްއަވޭތައް ހިމެނޭ ގޮތަށް މާކެޓިން ކެމްޕެއިންތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ކޮކާކޯލާއިން ބުންޏެވެ.

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިން ބޭނުންކުރުމަށް ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ޗަރޖްޑް ލިބެން ހުންނާނީ 100 އިންސައްތަ ރިސައިކަލް ކުރެވޭ، 250 އެމްއެލްގެ އެލުމިނިއަމް ދަޅުގައެވެ. މި ބުއިން މިހާރު ރާއްޖޭގެ ބޮޑެތި ސުޕަމާޓުތަކުންނާއި އާންމު ފިހާރަތަކުންނާއި ހޮޓާ ރެސްޓޯރެންޓްތަކާއި ކެފޭތަކުން ލިބެން ހުންނާނެއެވެ.

ކޮކާކޯލާ

އިތުރަށް ކިޔާލަން

05 މެއި 2024

ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ރަނުގެ ފުރުސަތެއް

05 މެއި 2024
ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ރަނުގެ ފުރުސަތެއް
16 އޮކްޓޯބަރު 2022

ވޯލްޑް ކަޕާ ދިމާކޮށް ކޮކާ-ކޯލާއިން ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި ގަދަކޮށްލަނީ

16 އޮކްޓޯބަރު 2022
ވޯލްޑް ކަޕާ ދިމާކޮށް ކޮކާ-ކޯލާއިން ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި ގަދަކޮށްލަނީ
01 ސެޕްޓެމްބަރު 2022

ކޮކާ ކޯލާއިން ފީފާ ވޯލްޑް ކަޕްގެ ޕްރޮމޯޝަން ފަށައިފި

01 ސެޕްޓެމްބަރު 2022
ކޮކާ ކޯލާއިން ފީފާ ވޯލްޑް ކަޕްގެ ޕްރޮމޯޝަން ފަށައިފި
30 ސެޕްޓެމްބަރު 2021

ފެހި ކުލައިގެ ފުޅި ދޫކޮށް، ސްޕްރައިޓުން އެތެރެ ފެންނަ ފުޅިއަށް ބަދަލުކޮށްފި

30 ސެޕްޓެމްބަރު 2021
ފެހި ކުލައިގެ ފުޅި ދޫކޮށް، ސްޕްރައިޓުން އެތެރެ ފެންނަ ފުޅިއަށް ބަދަލުކޮށްފި
13 ސެޕްޓެމްބަރު 2021

ކޯކް، ފުޑް އެންޑް ފުޓްބޯލް ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

13 ސެޕްޓެމްބަރު 2021
ކޯކް، ފުޑް އެންޑް ފުޓްބޯލް ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު