Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާ ގޮތް

ސަރުކާރުން މަޖިލީސް ނުހުއްޓުވާ، ޖަލްސާތައް ކުރިއަށް ނުދަނީ އެންމެ އައިޓަމެއް އެޖެންޑާ ކުރުމުން: މެންބަރު ޒިޔާދު

މަޖިލީހުގައި ސަރުކާރުން ބޮޑު ތަޅު އަޅުވާފައިވާކަމަށް ވިދާޅުވި ނަމަވެސް އެކަން ރައްޔިތުން ބަލައި ނުގަންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ޖޫން 2023 | ހުކުރު 08:08
ރާއްޖެޓީވީގެ ސިޔާސީ ވެށި ޕްރޮގްރާމްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަފުޅު ދައްކަވަނީ

ރާއްޖެޓީވީގެ ސިޔާސީ ވެށި ޕްރޮގްރާމްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަފުޅު ދައްކަވަނީ

ސަރުކާރުން ރައްޔިތުންގެ މަޖިލިސް ނުހުއްޓުވާ ކަމަށާއި، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުދަނީ އެންމެ އައިޓަމެއް އެޖެންޑާ ކުރުމުން ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ސިޔާސީ ވެށި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ޖަލްސާތަކަށް ސަރުކާރުން ހުރަސް ނާޅާ ކަމަށާއި، ޖަލްސާތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހު ވެސް ޖަލްސާ ކުރިއަށްގެންދިޔަ ކަމަށާއި، ނިމިގެން މިދިޔަ ހަފްތާތެރޭގައި ވެސް ބައެއް ބޭފުޅުން ބޭނުންވާ ކަންކަން ހާސިލުކުރުމަށް ޖަލްސާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެންބަރު ޒިޔާދު ވިދާޅުވީ އެޖެންޑާގެ ތަރުތީބުން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދުނު ކަމަށާއި، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެދުވަހު މަޖިލިސްގެ ޖަލްސާ ކުރިއަށް ނުގެންގޮސް ހުއްޓާލީ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

މެންބަރު ޒިޔާދު ވިދާޅުވީ މަޖިލީހުގެ ރައީސްއަށް ޖަލްސާގެ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ހާލަތުގައި ރައީސް އައްޔަން ކުރައްވާ ފަސް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް ރިޔާސަތުގައި އިންނެވޭނެ ކަމަށެވެ. އެހެންކަމުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ރިޔާސަތު ތިން ދުވަހު ވިދިވިދިގެން ރިޔާސަތު ބެލެހެއްޓެވި ކަމަށެވެ. އެތިން ދުވަސް ހަމަވުމުން ރިޔާސަތުގައި އިންނެވުމަށް ގަވާއިދުން ތަންނުދޭތީ ޖަލްސާ ކުރިއަށް ނުގެންދެވީ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ މަޖިލީހުގައި ސަރުކާރުން ބޮޑު ތަޅު އަޅުވާފައިވާކަމަށް ވިދާޅުވި ނަމަވެސް އެކަން މިއަދު ރައްޔިތުން ބަލައި ނުގަންނާނެ ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ ކޮމެޓީތައް އެކުލަވާލުމަށް ވެސް ގިނަ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ. ނަމަވެސް ފެނިގެންދަނީ އެމަސައްކަތް ކުރިއަށް ގެންދިއުމަށް ފަހަތަށް ޖެހިވަޑައިގަންނަވާ މަންޒަރު ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަޔަކު ބޭނުންވާ ގޮތަކަށް ކޮމެޓީތައް އެކުލަވާލުމުން ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވަނީ ވައްދާފައެވެ. ނަމަވެސް އެމަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އަދި މިމަހުގެ 22 ވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި، މަޖިލީސް ވަނީ ޗުއްޓީއަށް ގޮސްފައެވެ. ޗުއްޓީއަށްފަހު މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އޮގަސްޓް މަހުއެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސްސިޔާސީ ވެށި މެންބަރު ހުސެއިން ޒިޔާދު

ކޮމެންޓް

އިތުރަށް ކިޔާލަން

މި މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން: މެންބަރު ޒިޔާދު

މި މަޖިލީހުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ އިއްޔެ ހެދި ގާނޫނު މިއަދު އިސްލާހު ކުރުން: މެންބަރު ޒިޔާދު

28 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު