Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްއެމްއީ ހަބް

އެސްއެމްއީ ހަބުގެ 2ވަނަ ފަންގިފިލާއިން އަނެއްކާވެސް ފުރުސަތު ހުޅުވާލައިފި

ގާމަންޓް، އާޓްސް އެންޑް ކްރާފްޓް އަދި އެކްސެސަރީސް ވިއްކާ ފިހާރަތަކަށް ފުރުސަތު ވަނީ ހުޅުވާލާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ޖޫން 2023 | ހުކުރު 04:25
އެސްއެމްއީ ހަބް

އެސްއެމްއީ ހަބް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން އެސްޓީއޯ އެލައިޑް ބިލްޑިންގގައި ހިންގަމުން އަންނަ އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާގައި ވިޔަފާރި ކުރުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު ބީސީސީއިން ހިންގަމުން އަންނަ އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާގައި ވިޔަފާރިކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މެއި މަހުގެ މެދުތެރޭގައެވެ. އެހެންނަމަވެސް އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތިލާފައިނުވާތީ ދެވަނަ ބުރަކަށް ވަނި ހުޅުވާލާފައެވެ.

މިގޮތުން ގާމަންޓް، އާޓްސް އެންޑް ކްރާފްޓް އަދި އެކްސެސަރީސް ވިއްކާ ފިހާރަތަކަށް ޚާއްސަކޮށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ވަނީ ހުޅުވާލާފައެވެ.

މި ކިއޮސްކްތަކަށް އެދި ހުށަހެޅޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. އަދި ކުރިމަތިލާ ވިޔަފާރިތައް ވާން ޖެހޭނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކުގެ ގިންތިކުރާ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ އެންމެ ކުދި ނުވަތަ ކުދި ގިންތީގެ ވިޔަފާރިއަކަށެވެ.

ބީސީސީން ބުނެފައިވާ ގޮތުގައި މިހާރު އެސްއެމްއީ ހަބުގެ ފުރަތަމަ ފަންގިފިލާގައި ކިއޮސްކް ހިންގާ އެއްވެސް ފަރާތަކަށް ދެވަނަ ފަންގިފިލާއިން ކިއޮސްކަކަށް އެދި ހުށަނޭޅޭނެއެވެ.

މި ކިއޮސްކުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ޝަރުތުހަމަވާނަމަ އެ ފަރާތްތައް ދަފްތަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކިއޮސްތަކަށް އެދި އެއް ފަރާތައްވުރެ ގިނަ ފަރާތުން ހުށަހަޅާފައިވާނަމަ ކިއޮސްކް ދޫކުރާނީ ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ކަމަށް ބީސީސީން ބުންޏެވެ. ކިއޮސްކަށް އެދި ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 6 ޖުލައި 2023 ވާ ބުރާސްފަތި ދުވަހެވެ.  

އެސްއެމްއީ ހަބް

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

26 ނޮވެމްބަރު 2025
މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން އެސްއެމްއީ ހަބަށް އަތް ބާނައި އެ އާއިލާތަކަށް ލިބެމުންދިޔަ މަންފާ ވަނީ ހުއްޓުވާފައި: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން އެސްއެމްއީ ހަބަށް އަތް ބާނައި އެ އާއިލާތަކަށް ލިބެމުންދިޔަ މަންފާ ވަނީ ހުއްޓުވާފައި: އިހުސާން
07 ޖުލައި 2024

އެސްއެމްއީ ހަބް ބަންދުކުރާކަމުގެ އަޑުތަކެއް! - ސަރުކާރުން އެކަން ދޮގުކުރޭ

07 ޖުލައި 2024
އެސްއެމްއީ ހަބް ބަންދުކުރާކަމުގެ އަޑުތަކެއް! - ސަރުކާރުން އެކަން ދޮގުކުރޭ
11 ޖެނުއަރީ 2023

އެސްއެމްއީ ހަބް: ކުދި ވިޔަފާރިތަކަށާއި ފަންނާނުންނަށް އަދި ލިޔުންތެރިންނަށް ފުރުސަތުގެ ހަބެއް

11 ޖެނުއަރީ 2023
އެސްއެމްއީ ހަބް: ކުދި ވިޔަފާރިތަކަށާއި ފަންނާނުންނަށް އަދި ލިޔުންތެރިންނަށް ފުރުސަތުގެ ހަބެއް
10 ޖެނުއަރީ 2023

އެސްއެމްއީ ހަބް: ކުދި އަދި މެދު ފަންތީގެ ތަފާތު ވިޔަފާރިތަކަށް ރަނުގެ ފުރުސަތެއް

10 ޖެނުއަރީ 2023
އެސްއެމްއީ ހަބް: ކުދި އަދި މެދު ފަންތީގެ ތަފާތު ވިޔަފާރިތަކަށް ރަނުގެ ފުރުސަތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު