Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްއެމްއީ ހަބް

އެސްއެމްއީ ހަބުގެ ދެވަނަ ފިޔަވަހި ހުޅުވައިފި

6 ސެޕްޓެމްބަރު 2023 | ބުދަ 03:20

އާރޓްސް އެންޑް ކްރާފްޓްގެ އުފެއްދުން ވިއްކުމަށްޓަކައި 5 ސްޓޯލް ވަނީ ގާއިމު ކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ސެޕްޓެމްބަރު 2023 | ބުދަ 03:20
އެސްއެމްއީ ހަބުގެ ދެވަނަ ފިޔަވަހި ހުޅުވުމުގެ ތެރެއިން

އެސްއެމްއީ ހަބުގެ ދެވަނަ ފިޔަވަހި ހުޅުވުމުގެ ތެރެއިން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމުގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ހަވާލު ކުރެވިގެން ކުރިއަށްގެންދާ އެސްއެމްއީ ހަބުގެ ދެވަނަ ފިޔަވަހި ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހެޔޮ އަގުގައި ވިޔަފާރީގެ ޖާގަ ހޯދައިދިނުމާއި ލޯކަލް އަދި ބައިނަލްއަގްވާމީ މާކެޓުތަކަށް ތައާރަފްކޮށް ވިޔަފާރި ކުރިއެރުވުމަށް މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގޮތުން އެސްއެމްއީ ހަބުގެ ފުރަތަމަ ފިޔަވަހީގައި ކާބޯތަކެތި ވިއްކާ 19 ކިއޯސްކާއި ބުކް ސްޓޯލެއް ވަނީ މީގެ ކުރިން ހުޅުވާފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު އެސްއެމްއީ ހަބުގެ ދެވަނަ ފިޔަވަހި ހުޅުވާފައިވާއިރު މި ފިޔަވަހީގައި އާރޓްސް އެންޑް ކްރާފްޓްގެ އުފެއްދުން ވިއްކުމަށްޓަކައި 5 ސްޓޯލާއި ގާރމަންޓް އުފެއްދުން ވިއްކުމަށްޓަކައި 4 ސްޓޯލާއި، ޑެއިލީ-ޔޫސް އަށް 1 ޕޮޕްއަޕް ސްޓޯލް ވަނީ ގާއިމުކޮށްފައެވެ. އަދި ދިވެހި ފަންނުވެރިންނާއި ކުރެހުންތެރިންނަށް ހާއްސަކޮށްގެން އާރޓް ގެލަރީއެއް ވެސް ވަނީ ގާއިމްކޮށްފައެވެ.

މީގެ އިތުރުން، ޒުވާނުންނަށް ހާއްސަކޮށްގެން ގޭމިންގ ރޫމަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން "ކިޑްސް ޕްލޭ" އޭރިއާއެއް ވެސް އެސްއެމްއީ ހަބްގައި ހިމެނެއެވެ. އަދި 25 މީހުންގެ ޖާގައިގެ ސިނަމާއެއް ވެސް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ބީސީސީން ބުނެއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގެ އިގްތިސާދު ކުރިއަރުވައި ހަރުދަނާ ކުރުމުގެ ގޮތުން، މިފަދަ ހަބުތައް މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި އައްޑޫސިޓީގައި ގާއިމްކުރުމުގެ މަސައްކަތް ބީސީސީން އަންނަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް