Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ރެއާލް މެޑްރިޑްގެ ކެޕްޓަން ނަޗޯ ފެނާންޑޭޒް އެއްބަސްވުން އައުކޮށްފި

ނަޗޯ ވަނީ 22 އަހަރު ރެއާލް މެޑްރިޑް ތަމްސީލުކޮށްފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 22 ޖޫން 2023 | ބުރާސްފަތި 19:44
ނަޗޯ ފެނާންޑޭޒް

ނަޗޯ ފެނާންޑޭޒް

ރެއާލް މެޑްރިޑްގެ ކެޕްޓަން ނަޗޯ ފެނާންޑޭޒް އެ ކުލަބާއެކު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަން އެ ކުލަބުން ކަށަވަރުކޮށްދީފި އެވެ.

އުމުރުން 33 އަހަރުގެ ޑިފެންޑަރު މި މަހުގެ ކުރީކޮޅު ވަނީ މެޑްރިޑުން އައު އެއްބަސްވުމެއްގެ ހުށަހެޅުން ގަބޫލުކުރަން ނިންމިކަން އިއުލާންކޮށްފަ އެވެ. 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން އިތުރުކުރިކަން ރެއާލް މެޑްރިޑުން ރަސްމީކޮށް އާންމުކުރީ ބުރާސްފަތި ދުވަހުއެވެ.

2001 ވަނަ އަހަރު ރެއާލް މެޑްރިޑްގެ 11 އަހަރުން ދަށުގެ އެކަޑަމީ ޓީމާ ގުޅުނު ފަހުން ނަޗޯ ވަނީ 22 އަހަރު ރެއާލް މެޑްރިޑް ތަމްސީލުކޮށްފަ އެވެ. އޭނާ ވަނީ ރެއާލް މެޑްރިޑްގެ ފުރަތަމަ ޓީމަށް 319 މެޗު ކުޅެދީ 23 ތަށި ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ތިން ޗެމްޕިއަންސް ލީގު، ފަސް ކްލަބް ވޯލްޑް ކަޕް، ހަތަރު ޔޫރަޕިއަން ސުޕަ ކަޕް، ތިން ސެޕެނިޝް ލީގު ތަށި، ދެ ކޮޕާ ޑެލްރޭ އަދި ހަތަރު ސްޕެނިޝް ސުޕަ ކަޕް ހިމެނެއެވެ.

މި މަހުގެ ކުރީކޮޅު ކަރިމް ބެންޒެމާ ވަކިވި ފަހުން ސްޕެއިންގެ ކުޅުންތެރިޔާ ނަޗޯ ވަނީ ކުލަބު ކެޕްޓަންގެ މަގާމު އަދާކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ 27 މެޗު ކުޅެ، 18 މެޗު ފެށި ނަމަވެސް، ސީޒަނުގެ ތެރޭގައި ނަޗޯ ވަނީ ވަރަށް ބޮޑަށް މުހިންމުވެ، ބާނަބެއުގައި ކުރިއަށް ދިއުމަށް ހިތްވަރު ދީފަ އެވެ.

ރެއާލް މެޑްރިޑްނަޗޯ ފެނާންޑޭސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު