Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕޮލިސް ސާޖަންޓް އާދަމްގެ މަރު

ޕޮލިސް ސާޖަންޓް އާދަމްގެ މަރު: "ސަމާހު ބަޔާން ބަދަލުކުރީ އޭނާގެ ދައްތަ ހައްޔަރުކޮށްފާނެތީ"

އޭނާގެ ދައްތަ ހައްޔަރު ކުރުން ނޫން ގޮތެއް ނެތްކަމަށް ފުލުހުން އޭނާއަށް އަޑުއިވޭވަރަށް ބުނި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ޖޫން 2023 | ބުރާސްފަތި 07:05
ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލަ

ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލަ

ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ސަމާހުގެ ފަރާތުން އޭނަގެ ވަކީލު ވަނީ އިސްތިއުނާފީ ނުކުތާތައް ހުށައަޅުއްވާފައެވެ. އެގޮތުން 4 ނުކުތާއެއް ހުށައެޅުއްވިއެވެ.

Advertisement - newsAdvertisement

ސަމާހުގެ ފަރާތުން ހުށައެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުން މައްސަލައިގެ ތަރަހަ (ސްކޯޕް) ކަނޑައަޅާފައިވަނީ ޤާނޫނީ މަސްދަރުތަކާ ޚިލާފަށްކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

ދެވަނަ ނުކުތާއަކީ ސަމާހު ދަށު ކޯޓުގައި 31 ޖުލައި 2012 ގައި ދެއްކި ވާހަކަތަކަކީ އޭނާ ދައުވާއަށް އިއުތިރާފުވުންކަމަށް ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

ތިންވަނަ ނުކުތާއަކީ ސަމާހުގެ ފަރާތުން އޭނާ އިއުތިރާފުނުވާކަމަށް 12 ނޮވެމްބަރު 2012 ގައި ބުނި ނަމަވެސް، އެ ވާހަކަތަކަށް ރިއާޔަތް ކުރުމެއް ނެތި އޭނާގެ މައްޗަށް ޝަރީއަތް ހިންގައި، ޤިސާސް ހިފުމަށް ޙުކުމް ކޮށްފައިވާތީ އިސްތިއުނާފުކުރި ނުކުތާއެކެވެ.

ހަތަރުވަނަ ނުކުތާއަކީ ބަހުސްގެ ބޭނުމަށް އޭނާ ވެފައިވަނީ ސައްޙަ އިއުތިރާފެއްކަމަށް ބެލި ނަމަވެސް، އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގެ އަސާސެއްކަމަށް ބަލާފައިވާ (ހުމާމްގެ ގަޒިއްޔާ) އާއި ޤާނޫނުއަސާސީގެ މާއްދާތަކާއި އިސްލާމީ ޝަރީއަތުގެ މަޤާސިދުތަކާ ޚިލާފަށް، އަދަބު ކަނޑައެޅުމުގައި ހަމައެކަނި އޭރު ބާލިޣުވެފައިވާ ވާރިސުންގެ ބަހަށް ރިއާޔަތްކޮށްފައިވާތީ ހުށައެޅި ނުކުތާއެކެވެ.  

ސަމާހުގެ ވަކީލު ވިދާޅުވީ، 31 ޖުލައި 2012 ވަނަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ސަމާހު ދެއްކި ވާހަކަތަކަކީ އޭނާ އިއުތިރާފުވުންކަމަށް ޝަރީއަތުން ނިންމާފައިވާކަމަށެވެ.

އެހެންނަމަވެސް، އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ދެއްކެވި ވާހަކައިގައި، ސަމާހުގެ މައްޗަށް ކުރާ ދައުވާގެ ޤާނޫނީ އަސާސެއް ވިދާޅުވެދެއްވާފައި ނުވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން އެ ކުށަށް ދޭ އަދަބާ ގުޅޭގޮތުން ފުރަތަމަ ފަހަރަށްވެސް ވާހަކަ ދެއްކެވީ އެ އަހަރުގެ ނޮވެމްބަރު މަހު ކުރިއަށްދިޔަ އަޑުއެހުމުގައި ކަމަށާއި، އޭރު ސަމާހު އިއުތިރާފުވިކަމަށް ޝަރީއަތުންވެސް އޮތީ ނިންމާފައިކަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ސަމާހުއަކީ އޭރު ދިވެހި ބަހުން ރަނގަޅަށް ލިޔަން ކިޔަން ނޭނގޭ މީހެއް ކަމަށާއި، އޭނާ ދިވެހިބަހުން ރަނގަޅަށް ލިޔެ ކިއުމުގެ ކޯސް ފުރިހަމަކޮށްފައިވަނީ 1 މާރޗު 2023 ގައިކަން ފާހަގަ ކުރައްވައި އޭނާގެ ވަކީލު ވަނީ، 2012 ގައި އޭރު ޝަރީއަތް ކުރިއަށް ދިޔައިރު އޭނާގެ ވަކީލެއްވެސް ނެތްކަން ފާހަގަ ކުރައްވާފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އޭނާއަށް ލިޔަން ކިޔަން ނުދަންނަ ވާހަކަ މުހިންމު ވަނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ވަކީލު ވިދާޅުވީ، ދައުވާއަށް އިއުތިރާފުވާކަމަށް ބަލާ ޙާލަތުގައި ފަނޑިޔާރު ސާފު ކޮށްދޭން ޖެހޭ ކަންކަން ހުންނާނެ ކަމަށާއި، އެހިސާބުން ލިބޭ ޙައްޤުތަކާއި އަދަބު ފަަދަ ކަންކަން ކިޔާދޭން ޖެހޭނެ ކަމަށެވެ. އެކަންކަން ފަނޑިޔާރު ކުރައްވާފައިވާނަމަ މި ވާހަކަ ދައްކަވަން ނުޖެހޭނެކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

އޭނާ ދައުވާއަށް އިންކާރު ކުރަމުން ދަނިކޮށްވެސް ފަނޑިޔާރު ސަމާހުއާ ޤާނޫނީ ބަހުސްތަކެއް ކުރައްވަމުން ގެންދެވި ކަމަށާއި، ދައުވާއަށް އޭނާ އިއުތިރާފުވެފައިވާކަމަށް ނިންމެވީ ދައުވާއަށް އިންކާރު ކުރަމުން ދަނިކޮށްކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

 ޙަމަލާ ދިންއިރު އޭރު ހުރީ މަސްތުގެ ޙާލަތުގައި ކަމަށް އޭނާ ވަނީ ދަށު ކޯޓުގައި ބުނެފައެވެ.

އޭނާއަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ޝަރީއަތުގައި ފުލުހުން ބުނެފައިވަނީ އޭނާ ގެނައިރުވެސް ހުރީ އެގޮތަށްކަމަށެވެ.

އަޑުއެހުމުގައި ސަމާހު ބުނީ، އޭނާ ގެންދިޔައީ ސައިކަލެއްގައި ބިޑި އަޅުވާފައި ބާއްވައިގެން ކަމަށާއި، ގެންދިއުމަށްފަހު އޭނާގެ ބޮލާއި މޫނުގައި ބޮލުން ތަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އޭނާގެ ވަކީލު ވިދާޅުވީ، އެ ޙާލަތުގައި އޭނާ ހުއްޓައި ޝަރީއަތަށް ގެންދިއުމުންވެސް، އޭނާ ހުރި ޙާލަތާމެދު ފަނޑިޔާރު ސުވާލު އުފެދެންޖެހޭކަމަށް ސަަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނޭކަމަށެވެ.

އޭނާ ހަނު ހުންނަން އެދުމަށްފަހު، ވަކީލެއް ބޭނުންވާކަމަށްވެސް ބުނުމަށްފަހު، އެގޮތަށް ބަޔާންވެސް ދީފައިިވާކަމަށް ވަކީލު ވިދާޅުވިއެވެ.

އޭގެ ފަހުން ކުޑަ ވަގުތުކޮޅަކަށް ވިސްނާލަން ހުރެފައި އޭނާ ބަޔާން ބަދަލުކޮށް އިއުތިރާފުވި ކަމަށާއި، އޭނާ ބަޔާން ބަދަލުކުރީ އޭނާގެ ދައްތަ ހައްޔަރު ކުރުން ނޫން ގޮތެއް ނެތްކަމަށް ފުލުހުން އޭނާއަށް އަޑުއިވޭވަރަށް ބުނިއަޑު އިވިގެންކަމަށް ވަކީލު ވިދާޅުވިއެވެ.

އެކަމުންވެސް އޭނާ އިއުތިރާފުވުމުގެ ފަަހަތުގައި ޝައްކު އުފެދޭ ކަންކަން ހުރިކަން އެނގޭކަމަށް ވަކީލު ވިދާޅުވިއެވެ.

އޭނާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅުއްވައި އެ ޙުކުމް ބާތިލު ކޮށްދެއްވުމަށާއި، އެ ގަޒިއްޔާއަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމްވެސް ބާތިލުކޮށްދޭން އެދިފައެވެ.

އެއަށްފަހު ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދީފައެވެ.

ދައުލަތުން ބުނީ، ޙުކުމް އިސްތިއުނާފު ކުރަން އޮތް މުއްދަތުގައި ސަމާހުގެ ފަރާތުން އެ ޙުކުމް އިސްތިއުނާފު ކޮށްފައި ނުވާ ކަމަށެވެ. އަދި މިއީ މަރުގެ މައްސަލައެއް ކަމުން ނިހާއީ ހުކުމެއް ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅުމުން، ކްރިމިނަލް ކޯޓުގެ އެ ޙުކުމަށް 30 ސެޕްޓެމްބަރު 2020 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ވަގުތު ހުރިގޮތުން ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އޯގަސްޓު މަހުގެ ތެރޭގައެވެ. އެ ދުވަހުގެ އަޑުއެހުުމުގައި ދައުލަތުން ނުކުތާތަކަށް ރައްދު ދިނުން ކުރިއަށްދާނެއެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ސުޕްރީމް ކޯޓުގައި ބައްލަވަމުން ގެންދަވާ މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުމަރުހައި ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު