Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ ސްކޫލް ޓީޓީ

އިންޓަރ ސްކޫލް ޓީޓީ މުބާރާތުން، ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ފެނުނު - ޝިއުރީ

14 ސްކޫލަކުން 164 ދަރިވަރުން ވާދަކުރި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 21 ޖޫން 2023 | ބުދަ 18:01
ޓީޓީ އެސޯސިއޭޝަންގެ ނައިބުރައީސް، ޝިއުރީ

ޓީޓީ އެސޯސިއޭޝަންގެ ނައިބުރައީސް، ޝިއުރީ

މެދުކެނޑުމަކަށްފަހު ބޭއްވި އިންޓަރ ސްކޫލް ޓޭބަލް ޓެނިސް މުބާރާތުން, ހުނަރުވެރި ވަރަށް ގިނަ ކުޅުންތެރިން ފާހަގަކުރެވުނުކަމަށް، އެސޯސިއޭޝަންގެ ނައިބުރައީސް ޝިއުރީ އިބްރާހީމް ވިދާޅުވެއްޖެއެވެ.

މުބާރާތް ނިމުމުން ރާއްޖެ ޓީވީއާ ވާހަކަދައްކަމުން ޝިއުރީ ވިދާޅުވީ މެދުކެނޑުމަކަށްފަހު ބޭއްވުނީ ވަރަށް ސަޕޯރޓް ބޮޑު ކާމިޔާބު މުބާރާތެއްކަމަށެވެ. މުބާރާތުން ފާހަގަވީ ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށާއި, ޓީޓީއަކީ އެންމެން ގުޅިގެން މަސައްކަތްކުރުމުން ނަތީޖާ ނެރެވޭނެ ކުޅިވަރެއްކަން ސާބިތުވި ކަމަށެވެ.

މީގެކުރިން މަދުން ކުދިން ބައިވެރިވާ އުމުރުފުރާތަކުންވެސް މިފަހަރު ގިނަ ކުދިން ވާދަކޮށް, ހުނަރުވެރި އުއްމީދީ ކުޅުމެއް ދެއްކިކަން ޝިއުރީ ފާހަގަކުރިއެވެ.

ޝިއުރީ ވިދާޅުވީ މިފަހަރުގެ އިންޓަރ ސްކޫލް މުބާރާތަކީ ޖުމްލަގޮތެއްގައި ޔޫތު ޑިވެލޮޕްމަންޓަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިއީ ގްރާސްރޫޓް ކުޅުންތެރިންތަކެއް ޓޭބަލް ޓެނިހަށް ތައާރަފްވެގެން، ސްކޫލްތަކުގެ ސަޕޯޓާއެކު ނިމިގެން ދިޔަ ކާމިޔާބު މުބާރާތެއްކަން ޝިއުރީ ފާހަގަކުރެއްވިއެވެ.

ޝިއުރީ ވިދާޅުވީ، އުއްމީދަކީ މި ކުޅުންތެރިން ޓީޓީ ކުޅުމުގައި ދެމިތިބުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ކުޅުންތެރިންނަށް އިތުރު ކާމިޔާބީތައް ލިބުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފުވައްމުލަކުގައި ފެށި ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ނަތީޖާ ފާހަގަކުރައްވައި ޝިއުރީ ވިދާޅުވީ، ފުވައްމުލަކުގެ ސްކޫލްތަކުން ހޯދީ ފަޚުރުވެރި ކާމިޔާބީތަކެއް ކަމަށެވެ.

މާލެ ސިޓީން އެކަނިވެސް މުބާރާތުގައި 11 ސްކޫލަކުން ވާދަކުރިއެވެ. މީގެއިތުރުން ފުވައްމުލަކުގެ 3 ސްކޫލަކުން ވާދަކުރިއެވެ. މުބާރާތުގައި 164 ކުޅުންތެރިން ވާދަކުރިއެވެ.

އިބްރާހިމް ޝިއުރީޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު