Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަޝްރަފް ޙަސަން

ކުޑައައްޔަގެ ދަރިވަރެއް، ހޯދީ ބޮޑު ކާމިޔާބެއް! އުންމީދަކީ ކާމިޔާބީ ދެމެހެއްޓުން!

މިއީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ލޯކަލް މުބާރާތެއްގެ ފައިނަލް ހީޓުގައި ކުޑައައްޔަގެ މައްޗަށް އެހެން ބޯޑީބޯޑަރަކު ކުރި ހޯދި ފުރަތަމަ ފަަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖޫން 2023 | ބުރާސްފަތި 02:38
ޤައުމީ ބޮޑީބޯޑިންގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ކާމިޔާބު ކުރި އަޝްރަފް

ޤައުމީ ބޮޑީބޯޑިންގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ކާމިޔާބު ކުރި އަޝްރަފް

ފުވައްމުލަކަށް ނިސްބަތްވާ އަޝްރަފް ޙަސަން ބޮޑީބޯޑިންގެ ތެރެއަށް ވަނީ ގާތް ރަޙުމަތްތެރިއެއްގެ އެހީތެރިކަމާއެކު އެވެ. އެއީ އަމިއްލަ ރަށުގައި އުޅުމުގެ ތެރޭގައި ރަޙުމަތްތެރިޔާ އަޝްރަފަށް ދިން ޚިޔާލަކީ މޫދަށް ދިޔުމަށެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ އަޝްރަފް ވަނީ އެކަމާ ދެކޮޅުހަދައިފަ އެވެ. އޭގެ ފަހުން ވެސް ތަކުރާރުކޮށް ރަޙުމަތްތެރިޔާ މޫދަށް ދާން އެދޭ ވަރުން އަޝްރަފް ދާން ފެށި އެވެ. މޫދަށް އެރުމުގައި އޭރު އަޝްރަފް އެންމެ ފުރަތަމަ ބޭނުންކުރީ ގޭގައިހުރި ފުޅިމަދުގަނޑު ހޯދައިގެންނެވެ. އެކަމުގެ ތެރެއިން ރަށުގައި އުޅުނު ރާޅާއަޅާ މީހުންގެ ފަރާތުން އަޝްރަފް ވެސް މި ކުޅިވަރުގެ ތެރެއަށް ވަނެ އެވެ.

ބޮޑީބޯޑިން ގައި އަޝްރަފްގެ އެންމެ ބޮޑު ކާމިޔާބަކީ ޤައުމީ ބޮޑީބޯޑިން ލީގުގެ އެންމެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެވެ. އެ ކާމިޔާބާއެކު އަޝްރަފް ވަނީ ބޯޑީބޯޑިންގެ ތާރީޚުން ވަރަށް ފުރިހަމަ ޖާގައެއް ހޯދައިފަ އެވެ. މިއަހަރުގެ ޤައުމީ ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ބުރުނު ޝިކާރު" އަޝްރަފް ކާމިޔާބު ކުރީ ރާއްޖޭގެ އެންމެ މޮޅު ބޯޑީބޯޑަރު އަލީ ޚުޝްރުވާން އަޙުމަދު (ކުޑައައްޔަ) އާއި އެހެނިހެން ބޯޑަރުން ފަހަތަށް ޖައްސާލުމަށްފަހު އެވެ. މީގެ އިތުރުން ވެސް އަޝްރަފްގެ މި ކާމިޔާބީ ޚާއްސަވެ އެވެ. މިއަހަރުގެ މުބާރާތަކީ ބުރުނު ޝިކާރުގެ ފަސް ވަނަ އެޑިޝަން އެވެ. މީގެ ކުރިން ހަތަރު ފަހަރު ވެސް މި މުބާރާތް ކާމިޔާބުކޮށްފައި ވަނީ ކުޑަ އައްޔަ އެވެ. އެހެންކަމުން އަޝްރަފް އަކީ ކުޑަ އައްޔަ ފިޔަވައި، މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ އެތުލީޓެވެ. އަނެއްކޮޅުން މިއީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ލޯކަލް މުބާރާތެއްގެ ފައިނަލް ހީޓުގައި ކުޑައައްޔަގެ މައްޗަށް އެހެން ބޯޑީބޯޑަރަކު ކުރި ހޯދި ފުރަތަމަ ފަަހަރެވެ. އަޝްރަފް ދެކޭ ގޮތުގައި މިއީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ހަމައެއާއެކު އަހަރުގެ ބާކީ އޮތް މުބާރާތްތަކުގައި ކުރިއަށް ދިޔުމަށް ލިބުނު އިތުރު ހިތްވަރެއް ވެސް މެއެވެ.

އެންމެ ފުރަތަމަ ބޮޑީ ބޯޑިންގެ ތެރެއަށް ނުކުތްއިރު މިވަރުގެ ކާމިޔާބެއް ލިބިދާނެ ކަމަށް އަޝްރަފް އުންމީދެއް ވެސް ނުކުރެ އެވެ. ނަމަވެސް ކުޑައައްޔަ ހިމެނޭހެން އެހެން ބޯޑަރުންނާއެކު އަމިއްލަ ރަށުގައި ކުރިއަށް ދިޔަ މުބާރާތުގައި ވާދަކުރުމަށްފަހު، މިހާ ހިސާބަށް އާދެވޭނެ ކަމުގެ އުންމީދު އަޝްރަފަށް އައުވި އެވެ. އަޝްރަފް ވަނީ މީގެ ކުރިން ވެސް ބުރުނު ޝިކާރު ޗެލެންޖެއްގައި ވާދަކޮށްފަ އެވެ. މީގެ އިތުރުން ޤައުމީ ބަނޑުފިލާ ޗެލެންޖުގައި ވެސް ވަނީ ވާދަކޮށްފަ އެވެ. ޤައުމީ މުބާރާތުން އަޝްރަފް ކެޓީ ސެމީ ފައިނަލުންނެވެ.

މީގެ އިތުރުން އަޝްރަފް ދެކޭ ގޮތުގައި ބުރުނު ޝިކާރު ޗެލެންޖުން އެއް ވަނަ ލިބުމަކީ، ކުރިއަށް ހުރި މުބާރާތްތަކުގައި ވާދަކުރުމަށް ވެސް އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ޚާއްސަކޮށް ކުޑައައްޔަ ކަހަލަ އެތުލީޓަކު ފަހަތަށް ޖައްސާލުމަށް ފަހު އެއް ވަނަ ހާސިލުކުރެވުމަކީ އޭނާ އަށް ލިބުނު އިތުރު ހިތްވަރެކެވެ. ކުރީ އަހަރުތަކާ ޚިލާފަށް މިއަހަރުގެ ބޮޑީބޯޑިން ޤައުމީ ލީގު ކުރިއަށް ދަނީ ވާދަވެރި ގޮތަކަށެވެ. ހަތަރު އިވެންޓަކަށް ބަހާލައިގެން މިއަހަރުގެ ޤައުމީ ލީގު ކުރިއަށްގެންދާއިރު، ލީގު ޗެމްޕިއަންކަން ލިބޭނީ ހަތަރު އިވެންޓުން ވެސް އެންމެ މަތިން ސްކޯ ކުރާ އެތުލީޓަކަށެވެ. އެހެންކަމުން އަޝްރަފް ދެކޭ ގޮތުގައި އޭނާ އަށް މިއަހަރުގެ ޤައުމީ ލީގު ކާމިޔާބު ކުރުމަށް ލިބުނީ އިތުރު ފުރުސަތެކެވެ. އެގޮތުގައި ހުރެ އަޝްރަފްގެ އުންމީދަކީ ކުރިއަށް ހުރި މުބާރާތްތަކުގައި މާ ރަނގަޅު ނަތީޖާއެއް ނެރުމެވެ.

މި ޚާއްސަ ކާމިޔާބީގައި އަޝްރަފް ވަނީ ފުވައްމުލަކު ސާފިން އެސޯސިއޭޝަނަށް ޝުކުރު އަދާކޮށްފަ އެވެ. ވަކިން ޚާއްސަކޮށް އަޝްރަފް ވަނީ، ފައިނަލްގައި އޭނާއާ ވާދަކުރި ކުޑައައްޔަ އަށް ޝުކުރު އަދާކޮށްފަ އެވެ. އަޝްރަފް ފާހަގަކުރި ގޮތުގައި އޭނާ އަކީ ކުޑައައްޔަގެ ދަރިވަރެކެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ހުންނާނީ ކުޑައައްޔަގެ ދަރިވަރެއްގެ ގޮތުގައި ކަމަށް އޭނާ ބުނެއެވެ. ބޯޑީބޯޑިންގެ ތެރެއަށް އަޝްރަފް ވަދެގެން އައި ދުވަހުން ފެށިގެން މިއަދާ ހަމައަށް ގިނަ ކަންކަމުގައި ކުޑައައްޔަ އޭނާ އަށް އެހީތެރިވެދީފައިވާކަން އަޝްރަފް ފާހަގަ ކުރި އެވެ. މީގެ އިތުރުން ވެސް އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިން އެހެން ފަރާތްތަކަށް ވެސް ޝުކުރު އަދާކުރި އެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)އަޝްރަފް ޙަސަން (ބޮޑީބޯޑިން)ކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ބަޖެޓު ފާސްކޮށްފި

އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ބަޖެޓު ފާސްކޮށްފި

18 މާރިޗު 2025
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

20 ޖުލައި 2024

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު