Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ކަންސޭލޯ ސިޓީގައި މަޑެއް ނުކުރާނެ

21 ޖޫން 2023 | ބުދަ 02:35

ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ހަތަރު އަހަރު އެބަ އޮތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2023 | ބުދަ 02:35
ޕޯޗުގަލްގެ ޑިފެންޑަރު ކަންސޭލޯ

ޕޯޗުގަލްގެ ޑިފެންޑަރު ކަންސޭލޯ

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އައި ޕޯޗުގަލްގެ ޑިފެންޑަރު ޔާއޯ ކަންސޭލޯ މި ސީޒަނަށް ފަހު އެކުލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ސިޓީ އާއެކު ކަންސޭލޯ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ހަތަރު އަހަރު އެބަ އޮތެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އޭނާ ބޭނުންވަނީ މިހާރު ކުލަބު ދޫކޮށްލަން ކަމަށާއި، އެކަމަށް ސިޓީން ވެސް ރުހޭ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ކަންސޭލޯ ވަނީ ދާދި ފަހުން ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެފަ އެވެ. އެއީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް މި ސީޒަނަށް ފަހު ބަޔާނުން ބޭނުންވާނަމަ، ސިޓީން ބޭނުން އަގެއް ދެއްކުމަަށްފަހު ދާއިމީ ގޮތެއްގައި ކަންސޭލޯ އެކުލަބުގައި ބެހެއްޓޭނެ އެވެ. ނަމަވެސް އެކަމަށް ބަޔާނުން ވަކި ގޮތެއް ނިންމައިފައެއް ނުވެ އެވެ.

ކަންސޭލޯ ހޯދުމުގެ މަސައްކަތް ސްޕެއިންގެ ބާސެލޯނާ އިން ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުން ބުނެ އެވެ. ޚާއްސަކޮށް އަންނަ ސީޒަނަށް އެ ޓީމުގެ ޑިފެންސް ވަރުގަދަ ކުރުމަށް ބާސެލޯނާ އިން ކުރަމުން އަންނަ މަސައްކަތުގައި ކަންސޭލޯ އަކީ ކޯޗު ޒަވީ ހެނާންޑޭޒް ވަރަށް ބޮޑަަށް ބޭނުންވާ ކުޅުންތެރިޔެކެވެ. ނަމަވެސް ބާސެލޯނާ އަށް ކަންސޭލޯ ގެނެވުން ބިނާވެފައި އޮންނާނީ އެކުލަބުގެ މާލީ ހާލަތުގެ މައްޗަށެވެ.

ޔުވެންޓަސް ދޫކޮށް ސިޓީ އަށް ބަދަލުވި ކަންސޭލޯ ވަނީ މިހާތަނަށް އެކުލަބަށް ކުޅެދިން 154 މެޗުގައި ނުވަ ލަނޑު ޖަހައިފަ އެވެ. ސިޓީ އަށް ބަދަލުވި ފަހުން އޭނާ ވަނީ އެކުލަބުގައި މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. ޚާއްސަކޮށް ކަންސޭލޯ އަކީ އެ ޓީމުގެ ޑިފެންސްގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ސިޓީއާއެކު އޭނާ ވަނީ ފަސް ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2019

ސިޓީގައި މަޑު ކުރާނެ ކަމުގެ ޔަގީންކަން ގާޑިއޯލާ ދީފި

23 ނޮވެމްބަރު 2019
ސިޓީގައި މަޑު ކުރާނެ ކަމުގެ ޔަގީންކަން ގާޑިއޯލާ ދީފި
02 ނޮވެމްބަރު 2019

އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް އިންޓަރ ސްކޫލް ރޯވިން ބީޗް ސްޕްރިންޓް ބާއްވައިފި

02 ނޮވެމްބަރު 2019
އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް އިންޓަރ ސްކޫލް ރޯވިން ބީޗް ސްޕްރިންޓް ބާއްވައިފި
01 އޮކްޓޯބަރު 2019

އެފްއައިވީބީން ރާއްޖެ ސަސްޕެންޑް ނުކުރާނެ: މިނިސްޓަރ މަހްލޫފް

01 އޮކްޓޯބަރު 2019
އެފްއައިވީބީން ރާއްޖެ ސަސްޕެންޑް ނުކުރާނެ: މިނިސްޓަރ މަހްލޫފް
25 ޑިސެމްބަރު 2017

ޔުނައިޓެޑްގެ އެއްބަސްވުން ފެލައިނީ އާނުކުރާނެ!

25 ޑިސެމްބަރު 2017
ޔުނައިޓެޑްގެ އެއްބަސްވުން ފެލައިނީ އާނުކުރާނެ!
03 ސެޕްޓެމްބަރު 2017

ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި

03 ސެޕްޓެމްބަރު 2017
ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި
30 ޖުލައި 2017

"ރަން އިން އައްޑޫ" ގެ ނަމުގައި އައްޑޫ ސިޓީގައި އަންނަ މަހު ދުވުމެއް ބާއްވަނީ

30 ޖުލައި 2017
"ރަން އިން އައްޑޫ" ގެ ނަމުގައި އައްޑޫ ސިޓީގައި އަންނަ މަހު ދުވުމެއް ބާއްވަނީ
02 ޖޫން 2017

އިތުރު އެއް އަހަރު ސިޓީގައި މަޑުކުރަން ޓޫރޭ ނިންމައިފި

02 ޖޫން 2017
އިތުރު އެއް އަހަރު ސިޓީގައި މަޑުކުރަން ޓޫރޭ ނިންމައިފި
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
14 އެޕްރީލު 2017

ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

14 އެޕްރީލު 2017
ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް