Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިހަވަންދޫ

އިހަވަންދޫ ގިޑިގެތަކުން ސަރުކާރަށް ވަރަށް އަސަރުކޮށްފި!

ގިޑިގެތައް ނެގުމަށް ސަރުކާރުން ބޭނުންވި

ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2017 | އާދީއްތަ 13:47
އިހަވަންދޫ ބަނދަރުމަތީ މަސްވެރިން ހަދާފައިވާ ގިޑިގެތަކެއް

އިހަވަންދޫ ބަނދަރުމަތީ މަސްވެރިން ހަދާފައިވާ ގިޑިގެތަކެއް

އިހަވަންދޫގައި މަސްވެރިންގެ ދުވަހަށް ހެދި ބައެއް ގިޑިގެތަކުގެ ސަބަބުން ސަރުކާރު ބަދުނާމު ވާކަމަށް ބުނެ، އެ ގިޑިގެތައް ނެގުމަށް ފިޝަރީޒް މިނިސްޓްރީން އެންގި އެވެ. ނަމަވެސް، އެކަން ކައުންސިލުން ނުކުރި އެވެ. އެ ރަށުގައި ހަދާފައިވާ ގިޑިގެތަކުގެ ތެރޭގައި މަހުގެ ކަށިފައްޗެއް ދައްކުވައިދޭ ގިޑިގެއަކާއި، ދޯންޏެއްގެ އަޑިއަށް ގޮސް، ހަމައެކަނި ދިރުނބާ ފެންނަ ގޮތަށް ހަދާހުރި ގިޑިގެއާއި އޮޑިހަރުގެއެއްގައި ފަށަން ދަމާފައި ނުނިމި ހުރި ދޯންޏެއް ދައްކުވައިދޭ ގިޑިގެއެއް ހިމެނެ އެވެ.

މީގެ ތެރެއިން އެންމެ ބޮޑަށް ފެތުރިގެން ދިޔައީ ކަށިފަތި ގިޑިގެ އާއި ދިރުނބާ ގިޑިގެއެވެ.

ކަށިފަތި ގިޑިގެ ރަމްޒުކޮށްދެނީ ރަށުގެ މައިބަދައަކީ މަސްވެރިކަމެވެ. ދިރުނބާ ގިޑިގެއިން ދައްކުވައިދެނީ ކިތެންމެ ގަދަކަނޑެއްގައި، ކިތެންމެގެ ގަދަ ކޮޅިގަނޑެއްގައި ވެސް މަސްވެރިން ހިތްވަރާއެކު ކަނޑަށް ނުކުންނާނެ ކަމެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި މިއީ އެރަށުގެ ރައްޔިތުންނަށް އެ ގިޑިގެތައް ރަމްޒުވި ގޮތެވެ. ނަމަވެސް ގިޑިގެތައް ފެނިފައި ފިޝަރީޒް މިނިސްޓަރާއި ސަރުކާރުގެ އޮފިޝަލުން ހިތަށް ތަދުވި އެވެ. އެ ބޭފުޅުންނަށް އެ ގިޑިގެތައް ސިފަކުރެވުނީ ސަރުކާރު ބަދުނާމުކުރުމުގެ ގޮތުގަ އެވެ. ސަރުކާރަށް ޖެއްސުންކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ. އެ ގިޑިގެ ތަކުގެ ހަބަރާއެކު ސަރުކާރަށް ސަނާ ކިޔާ އުޅުއްވާ ބައެއް ބޭފުޅުންނަށް ވެސް އެރަށަށް އަރާ ވަޑައިގަންނަވާކަން ނުކެރުނެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށްވެސް ޕީޕީއެމްގެ ބޭފުޅަކަށްވެސް އަރާ ވަޑައިގަންނަވަން ކެރިވަޑައިނުގެންނެވުމުން ފިޝަރީޒް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އާދޭސް ދަންނަވައިގެން އެރަަށަށް މެމްބަރަކު ގެންދެވި ވާހަކަ ވެސް ބަނދަރުމަތީ އެންމެ ފަހުން އެކަކު އަނެއްކަށް ގޮވީ ބަޔަކު ލަދު ގަންނަވަރަށެވެ.

ހަގީގަތަށް ޖެހިލަމާ ހިނގާށެވެ. މީގެ ކުރިން މަސްވެރިންގެ ދުވަސް އެކި އަހަރުތަކުގައި އިހަވަންދޫގައި ރަސްމީ ކޮށް ފާހަގަކޮށްފައިވެ އެވެ. އެއިން ކޮންމެ އަހަރެއްގައި ވެސް އިހަވަންދޫ މަސްވެރިންނާއި އެރަށުގެ ކުދި ބޮޑު އެންމެން ނިކުމެ އެ ދުވަސް ފާހަގަ ކުރަނީ ގައުމީ މަސައްކަތެއް ކަމަށް ހެޔޮހިތުން ގަބޫލުކޮށްގެންނެވެ. ރައްޔިތުންގެ އެއްބައިވަންތަކަމާއި ރައްޔިތުންގެ ބައިވެރިވުން އެދުވަހު ލިބިގެން ދިޔަ ގޮތް މިހާރު ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއަށް މާ ބޮޑަށް އެނގިވަޑައިގަންނަވާނެ އެވެ. އިހަވަންދޫގައި މިއަހަރުވެސް އެދުވަސް ފާހަގަ ކުރުމަށް ނިންމީ އެހެންވެ ކަމަށް ވެދާނެ އެވެ. ނަމަވެސް ފެނުނީ އެހެން މަންޒަރެކެވެ. މީގެ ކުރިން މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ފޫގަޅާލާފައި ނިކުތް މީހުން މިއަދު ނިކުތީ މަސްކަށިފޮތިތައް ހިފައިގެންނެވެ. ފިޝަރީޒް މިނިސްޓަރާއި ސަރުކާރު ރަނގަޅަށްވެސް ލަދު ގަންނަވާލީ އެވެ.

އެހެން ވީ ސަބަބެއްވެސް އޮންނާނެ އެވެ. މަސްވެރިކަމަށް ބަރޯސާވެގެން ގިނަ އާއިލާތައް އުޅެމުންދާ އެރަށުގެ ބަނދަރު ފުންކޮށްދޭތޯ އާދޭސް ކުރާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. މިއަހަރު ބަޖެޓްގައި ހިމެނުނު ނަމަވެސް އަހަރު ނިމިގެން އެ ދިޔައީ ބަނދަރުގެ އެއްވެސް މަސައްކަތެއް ނުކުރެވި އެވެ. ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ވެސް އައިސް ހޯދުމުގައި ދިމާވެފައިވާ ދަތިތައް އެރަށުގެ މީހުންނަށް ވެސް ވަނީ ކުރިމަތިވެފަ އެވެ. ބާނާ މަސްކޮޅުގެ ހަމަ އަގު ނުލިބި އެރަށުގެ އަތިރިމަތީ މަސްތައް އަތުރާލައިގެން ތިބެ ނުއަގުގައި ވިއްކަން ޖެހުމަކީ ހިތައްށް ކުޅަދާނަވަރުގެ ކަންކަމެއް ނޫނެވެ. ހއ.އަތޮޅުގައި މިއަހަރު ވެސް މަސްވެރިންކަން އެންމެ ރަނގަޅުވެގެން ދިޔައިރުވެސް މަސްކިރުވާލާނެ ބޯޓެއް އެ އަތޮޅުގައި ނެތި އުޅެން ޖެހުނުހާލު ޑރ.ޝައިނީއަށް އެނގިވަޑައިނުގަތެވެ. މަސްކޮޅު ބާނާއިގެން މަސްކިރުވަން ކިޔުގައި އެތައް އިރެއްވަންދެން އޮންނަން ޖެހުމާއި ކިރުވާލަންދާ މަސްކޮޅުގެ ތެރެއިން ދެބައި ކުޅައި އެއްބައި ނުނަގާ ފޮނުވާލުމަކީވެސް މަސްވެރިން ކުރާ ތަޖުރިބާތަކެވެ. ބެޔަސް ނުބެޔަސް 10000 ނުދިނަސް ބޭނީމަ ހަމަ އަގު ދޭން މަސްވެރިން އާދޭސްކުރާތާ ހަތަރު އަހަރުވީ އެވެ. މިއީ ޑރ.ޝައިނީއަށް އިހަވަންދޫން މަރުހަބާ ނުކީ ސަބަބުކަން ގަބޫލުކުރަންޖެހެ އެވެ. މި ހަގީގަތް ދަންނަ މީހުން އަދިވެސް ބުނަނީ އިހަވަންދޫ ރައްޔިތުން ކުރިވަރު ކުޑަ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

01 މެއި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު