Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ބާސްކެޓް ޓީމް

މެޗުތަކުން ރާއްޖެ ބަލިވިޔަސް ފަސް ޓީމުގެ ތަފާތެއް ނުފެނޭ - އިއްލެ

ފަސް މެޗުންވެސް ރާއްޖެ ވީ ބަލި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 20 ޖޫން 2023 | އަންގާރަ 10:30
ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، އިލްޔާސް އިބްރާހީމް (އިއްލެ)

ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، އިލްޔާސް އިބްރާހީމް (އިއްލެ)

ފައިވް ނޭޝަންސް ކަޕް ބާސްކެޓްބޯޅަ މުބާރާތުގައި މެޗުތަކުން ބަލިވެ ރާއްޖެއަށް ސެމީފައިނަލްގެ ފުރުސަތު ނުލިބުނަސް ޓީމުތަކުގެ ފަރަގެއް ނުފެންނަކަމަށް، ގައުމީ ޓީމުގެ ކުރީގެ ކޯޗު އަދި ކުޅުންތެރިޔާ އިލްޔާސް އިބްރާހީމް (އިއްލެ) ބުނެފިއެވެ.

ނޭޕާލް އަތުން ބަލިވެ ރާއްޖެއިން މުބާރާތް ނިންމާލި މެޗަށްފަހު ރާއްޖެ ޓީވީއާ ވާހަކަދައްކަމުން އިއްލެ ބުނީ، ސަރަހައްދީ ބާސްކެޓުގައި އިންޑިޔާ ނަގާފައި ދެން މި އޮތް ފަސް ޓީމްގެ ފަރަގެއް ނުފެންނަކަމަށެވެ. ފައިވް ނޭޝަންސް ކަޕްގައިވެސް ޓީމްތަކުގެ ފަރަގު ނުފެންނަ ކަމަށާއި, ރާއްޖެއަށް ދިމާވީ ނަސީބު ދެރަގޮތެއްކަމަށެވެ. އިއްލެ ބުނީ ބާސްކެޓް މެޗެއްގައި ފެށޭ ގޮތް ގޯސްވެގެން ނުވަތަ ނިންމާލުން ގޯސްވެގެން ސްކޯއަށް ފަރަގެއް އަތުވެދާނެކަމަށާއި, ނަމަވެސް އެހެން ކަންކަމަށް ބަލާއިރު މުބާރާތުގައި ވާދަކުރި ފަސް ޓީމުގެވެސް ފަރަގެއް ނެތްކަމަށެވެ.

އިއްލެ ބުނީ މުޅި މުބާރާތުގައި ރާއްޖޭގެ ޓީމުން ކުޅުނު ކުޅުން ގޯސް ނޫންކަމަށާއި, ކުޅުމާމެދު ޝަކުވާއެއް ނެތްކަމަށެވެ. އެކަމަކު މައްސަލަ ދިމާވީ ޝޫޓިންގއާ ހިސާބުންކަމަށް އިއްލެ ބުންޏެވެ. އަމިއްލަ ގައުމުގައި ކުޅުނު މުބާރާތްތަކަށް ބަލާއިރު، މިއީ ގައުމީ ޓީމުގެ ޝޫޓިންގ އެންމެ ދަށް މުބާރާތްކަން އޭނާ ފާހަގަކުރިއެވެ. އިއްލެ ބުނީ ހުރިހާ މެޗެއްގައިވެސް ވަރަށް ރަނގަޅު ވަގުތުތަކާއި ގޯސް ވަގުތުތައް އައިކަމަށެވެ. މައްސަލައަކީ އެއްވަރެއްގައި ނުހިފެހެއްޓުން ކަމަށާއި, އެއްވަރެއްގެ ޓީމްތައް ކުޅޭއިރު އެއްވަރެއްގައި ނުހިފެހެއްޓޭނަމަ މޮޅުވާން އުނދަގޫވާނެކަމަށް އިއްލެ ބުންޏެވެ.

ޓީމް ތަކުގެ ފަރަގު ނެތްކަން ފާހަގަކުރަމުން އިއްލެ ފާހަގަކުރީ މެޗުތަކުން ބަލިވިއިރު ސްކޯގެ ފަރަގެވެ. ގިނަ މެޗުތައް ހުރީ ތިން ހަތަރު ބާސްކެޓެއްގެ ފަރަގުކަން އޭނާ ފާހަގަކުރިއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު