Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލްގައި ފެންބޮޑުވުން

ނޭޕާލުގައި ފެންބޮޑުވުމުގެ ސަބަބުން 6 މީހުން މަރުވެ، 28 މީހުން ގެއްލިއްޖެ

ނޭޕާލަށް ކޮންމެ އަހަރަކުވެސް ޖޫންމަހާ ސެޕްޓެމްބަރުމަހާ ދެމެދު މޫސުމީ ވިއްސާރަކުރޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 20 ޖޫން 2023 | އަންގާރަ 10:08
ނޭޕާލުގައި ފެންބޮޑުވެފައި

ނޭޕާލުގައި ފެންބޮޑުވެފައި

ނޭޕާލުގެ އިރުމަތީ ފަޅިއަށް ކުރިމަތިވި މޫސުމީ ވިއްސާރާގައި، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 6 މީހުން މަރުވެ 28 މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ. ފެނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަންޚުއާސަބާ ޑިސްޓްރިކްޓްގައި، ހައިޑްރޯ ޕަވަރ ޕްލާންޓެއްގައި މަސައްކަތްކުރާ އެކަކު މަރުވެފައިވާއިރު، އިތުރު 17 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިކަމަށް ޚަބަރު ލިބެއެވެ. އަދި ޖެހިގެން އޮންނަ ޓަޕްލޭޖުންގ ޑިސްޓްރިކްޓުންވެސް އެކަކު މަރުވެފައިވާއިރު، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި ބައެއް ގެތައްވެސް ކޯރުގެ ބާރު އޮއިވަރުގައި ގެންގޮސްފައިވާ ކަމަށް ޚަބަރު ލިބެއެވެ. މިހާދިސާގައި އެއް އާއިލާއެއްގެ ތިން މީހުން ވަނީ މަރުވެފައެވެ.

މީގެ އިތުރުން ޕަންޗްތަރު ޑިސްޓްރިކްޓްގައިވެސް ފެންބޮޑުވުމުގެ ސަބަބުން ދެމީހުން މަރުވެފައިވެއެވެ. މީގެތެރޭގައި 9 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެކުއްޖާގެ ގެ ހުރިތަނުގެ ބިންގަނޑުވެސް ކަނޑައިގެން ގޮސް، ގަނބައިގަތުމުގެ ސަބަބުން މީހުން ހޯދަމުން ދަނިކޮށް އެ ކުޑަކުއްޖާ ފެނިފައިވެއެވެ. އޭނާ މަރުވެފައިވަނީ ލިބިފައިވާ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ހޮސްޕިޓަލުގައެވެ.

އޮފިޝަލުން ވިދާޅުވާގޮތުގައި މަގުތައްބހަލާކުވުމުގެ ސަބަބުން، ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތްވެސް އެދެވޭ ގޮތެއްގައި ކުރިޔަށް ގެންދެވިފައެއް ނުވެއެވެ.

ފެންބޮޑުވުމުގެ ސަބަބަބުން ލިބުނު ގެއްލުމުގެ ތެރޭގައި؛ ހައިޑްރޯ ޕަވަރ ޕްލާންޓެއްގެ މެޝިނަރީއާއި އިކުއިޕްމަންޓްތައް ހަލާކުވުން ހިމެނޭކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން އެތައް މަގުތަކަކާއި ބްރިޖްތަކެއްގެ އިތުރުން ބައެއް ގެތައްވެސް ވަނީ ހަލާކުވެފައެވެ.

މޫސުން ލަފާކުރާގޮތުން، ކުރިޔަށްއޮތް އެތައް ދުވަހަކަށް ވިއްސާރަ ދެމިގެން ދާނެއެވެ. އެހެން ކަމުން ކޯރުތައްވެސް ފުރިގެން ބަންޑުންދާނެކަމަށް ދަނީ ބެލެމުންނެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

ކޮންމެ އަހަރަކުވެސް ޖޫންމަހާ ސެޕްޓެމްބަރުމަހާ ދެމެދު ނޭޕާލަށް މޫސުމީ ވިއްސާރަ ކުރިމަތިވެއެވެ. އަދި މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބެމުންދެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު