Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއައިޓިބީ

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެކީގައި މަސައްކަތް ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް އެކީގައި މަސައްކަތް ކުރަން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 މާރިޗު 2019 | ބުރާސްފަތި 13:46
ނައިބު ރައީސް އައިޓީބީ ފެއަރ އަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން

ނައިބު ރައީސް އައިޓީބީ ފެއަރ އަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް އެކީގައި މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައި ކުރިއަށްދާ އައިޓީބީ ފެއަރ އަށް ޒިޔާރަތްކުރައްވައި ބުރާސްފަތި ދުވަހު ނައިބު ރައީސް ވިދާޅުވީ މި ފެއަރ މިހާތަނަށް ވަރަށް ކާމިޔާބު ކަމަށާއި ރާއްޖެއާ ދޭތެރެގައި މީހުން ދެކޭ ގޮތް ވަރަށް ޕޮޒިޓިވް ކަމަށެވެ. އަދި ރާއްޖޭގެ މެހެމާންދާރީ އެ ފަރާތްތަކުން ބަލައިގަންނަ ކަމަށާއި ރާއްޖެއާ ދޭތެރޭގައި ބޭރު މީހުން ދެކެމުންދިޔަ ގޮތް މުޅިން ބަދަލުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރުވަން ދާއިރާގައި ހުރިހާ ފަރާތްތައް އެކީގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"އިންޑަސްޓްރީގެ ހުރިހާ ޕާޓްނާރުން އެއްކޮށް މަސައްކަތްތަކެއް ކުރިން އެބަޖެހޭ، އަޅުގަނޑުމެންގެ މި ރީތި ތިމާވެށި، އަޅުގަނޑުމެންނަށް ލިބިފައި މިވާ ގުދުރަތީ ހަދިޔާ ދެމެހެއްޓެނިވި ގޮތަކަށް އަޅުގަނޑުމެން އޭގެ ބޭނުން ހިފަން އެބަޖެހޭ. ދުނިޔޭގައި އެންމެ ރީތި މަންޒިލެއްގެ ވާހަކަ ދައްކާ ތަނަކީ ދިވެހިރާއްޖެ. އިންޑަސްޓްރީ އާއި ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެން އެބަޖެހޭ،" ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ޓްރޭޑް ޕާޓްނަރުން ފެއަރގައި ބައިވެރިވެފައިވާއިރު ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދިޔުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އުންމީދެއް ކަމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އައިޓީބީ ފެއަރއަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރއެވެ. މި ފެއަރ އަށް ދުވާލެއްގެ މައްޗަށް ލައްކައަކަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރެއެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2018

ކަރާ ކިލޯ އެއްގެ އަގު 45ރ. އަށް، އިތުރަށް އުފުލޭނެ: ތަކެތި ވިއްކާ ފަރާތްތައް

09 ޖޫން 2018
ކަރާ ކިލޯ އެއްގެ އަގު 45ރ. އަށް، އިތުރަށް އުފުލޭނެ: ތަކެތި ވިއްކާ ފަރާތްތައް
19 އެޕްރީލު 2018

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް އިއުލާނު ކޮށްފި

19 އެޕްރީލު 2018
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް އިއުލާނު ކޮށްފި
07 އެޕްރީލު 2018

ބޮޑެތި ޕޭޖްތައް ހިންގާ ފަރާތްތައް ފޭސްބުކްއިން ވެރިފައި ކުރަނީ

07 އެޕްރީލު 2018
ބޮޑެތި ޕޭޖްތައް ހިންގާ ފަރާތްތައް ފޭސްބުކްއިން ވެރިފައި ކުރަނީ
19 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!

19 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!
29 ޖެނުއަރީ 2018

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

29 ޖެނުއަރީ 2018
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު