Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

މިއަހަރަކީ ރާއްޖޭގެ ކުލަބު ފުޓުބޯޅައިގެ އަލިމަސްޔޫބީލު އަހަރު!

މިއަހަރަކީ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތެއްގައި ރާއްޖެ ބައިވެރިވިތާ ރަންޔޫބީލު އަހަރު

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 19 ޖޫން 2023 | ހޯމަ 08:53
1973 ވަނަ އަހަރު ބޭއްވި އޭޝިއަން އެފްރިކަން ލެޓިން އެމެރިކަން ފްރެންޑްޝިޕް ޓޭބަލްޓެނިސް ޓޯންމަންޓްގެ ތެރެއިން

1973 ވަނަ އަހަރު ބޭއްވި އޭޝިއަން އެފްރިކަން ލެޓިން އެމެރިކަން ފްރެންޑްޝިޕް ޓޭބަލްޓެނިސް ޓޯންމަންޓްގެ ތެރެއިން

މިޒަމާނުގައި ބައިނަލްއަގުވާމީ ގޮތުން، ސީދާ ގައުމުތައް ބައްދަލުވެ ވާދަކުރާ މައިދާނަކީ ނުވަތަ ދަނޑަކީ ކުޅިވަރުގެ ދަނޑެވެ. 

ވީމާ، ގައުމީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ކުޅިވަރަށް ދެވިފައިވަނީ މަތިވެރި ދަރަޖައެކެވެ. އަދި ހަށިގަނޑަށް ބޭނުންވާ ކަސްރަތުގެ ހަރަކާތްތަކަކަށްވުމުގެ އިތުރުން، ކުޅިވަރުގެ ސަބަބުން ޒުވާނުންގެ  ޖޯޝްވަރުގަދަވުމާއި، އެކުވެރިކަމުގެ މަތިވެރިސިފަވެސް އިތުރުވެއެވެ.

‫ރާއްޖެއަށް ފުޓުބޯޅައާއި ބައިނަލްއަގުވާމީ ކުޅިވަރުތައް ތައާރަފުވާން ފެށީ ރާއްޖޭގެ ފުރަތަމަ 1945ގައި ބޮޑުހަނގުރާމަ ނިމި، ހަނގުރާމައިގެވިލާގަނޑެއްގެ ދަށުން، ދިވެހިރާއްޖެ ސަލާމަތްވުމުންނެވެ. 

ރާއްޖޭގައި ރަށްވެހިކަމާއި ތަހުޒީބާއި އިޖުތިމާއީ ގައުމީ އަދި ބައިނަލްއަގުވާމީ ހަރަކާތްތަކުގެ ތެރެއިންނެވެ. ކުރިކެޓު ފިޔަވައި ބައިނަލްއަގުވާމީ ކުޅިވަރުތައް ރާއްޖެއަށް ތައާރަފުވުމުގެ ތެރެއިންނެވެ. (ކުރިކެޓު ރާއްޖެއަށް ތައާރަފުވީ 1800ގެ އަހަރުތަކުގައެވެ.)

ސިލޯނުގެ ތަޖުރިބާކާރުގެ މާހިރެއް ކަމުގައިވި، މައިކަލް ޑިސިލްވާ އިރުޝާދުގެ ދަށުން ރާއްޖެއަށް ފުޓުބޯޅަ ތައާރަފުވެ ފުރަތަމަ މުބާރާތް އޮތީ 1946ގައެވެ. މިމުބާރާތް އޮތީ ސަރުކާރުގެ އޮފީސްތަކުންވާދަކުރި މުބާރާތެއްގެ ގޮތުގައެވެ. އޭގެފަހުން 1948ގައި މާލޭގެ އަވަށު ކުލަބުތައް އުފެދި އަވަށު ކުލަބުތަކުން ވާދަކުރި ފުޓުބޯޅަ މުބާރާތްތައްވެސް އަމީނީ ދައުރުގައި ބޭއްވުނެވެ. އަދި މާލޭގެ 4 އަވަށަށް 4 ދަނޑު ތައްޔާރުކުރެވުނެވެ. ގައުމީ ދަނޑެއް ހިމެނޭގޮތުން 5 ދަނޑު، ކުޅިވަރު ދަނޑުތަކުގެ ގޮތުގައި އަމީނީ ދައުރު ނިމުނުއިރު މާލޭގައި އޮތެވެ.

ވީމާ، ފުޓުބޯޅަައިގެ 75 އަހަރުވީ އަލިމަސްޔޫބީލުގެ ތާރީޚީ އަހަރީ ގައުމީ މުނާސަބަތު 2021ގައި  ފާއިތުވެދިޔައީއެވެ. ގައުމީގޮތުން ފާހަގަ ނުކުރެވިއެވެ. މިއަހަރު 2023 މިއީ 1948ގައި، ރާއްޖޭގައި ފެށުނު ކުލަބު ފުޓުބޯޅައިގެ ފުޓުބޯޅަައިގެ 75 އަހަރުގެ އަލިމަސްޔޫބީލުގެ ތާރީޚީ އަހަރީ ގައުމީ މުނާސަބަތުގެ އަހަރެވެ!

ބައިނަލްއަގުވާމީ މައިދާނުގައި ކުޅިވަރުގެ ދަނޑުގައި ދިވެހިރާއްޖެ އެންމެ ފުރަތަމަ ތަމުސީލުވިތާ މިއަހަރު 2023 މިޢި 50 އަހަރުފުރޭ ރަންޔޫބީލު މުނާސަބަތުގެ އަހަރެވެ. ރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތަކީ، އޮގަސްޓު 1973ގައި، ޗައިނާގެ ވެރިރަށް ބެއިޖިންގުގައި ބޭއްވުނު، "އޭޝިޔަން އެފުރިކަން ލެޓިން އެމެރިކަން ޓޭބަލް ޓެނިސް ފުރެންޑުޝިޕު އިންޓަރނޭޝަނަލް ޓޯނަމަންޓު"އެވެ.

ދިވެހިރާއްޖޭގެ ގައުމީ ތާރީޚީ ފަޚުރުވެރި މިމުބާރާތުގެ ދިވެހިރާއްޖޭގެ ކުޅިވަރުގެ ޓީމުގެ ވެރިޔަކަށް ހުންނެވީ މިދިޔަ ހަފުތާގައި އަވަހާރަވި އޮނަރަބްލް ޢަބްދުﷲ ޖަމީލު ނޢޢވ (ރަޙިމަހުﷲ)އެވެ!

ވީމާ، އެމަނިކުފާނުގެ އަގުހުރި ގައުމީ ޚިދުމަތްތަކުގެ މި "ރަން ސަފުހާ" މި ރަންޔޫބީލު މުނާސަބަތުގައި ރަން އަކުރުން ފާހަގަކުރެވެއެވެ!

"ކުޅިވަރަކީ، ޒުވާނުންގައި އެކުވެރިކަން އުފެއްދުމުގެ އެންމެވަރުގަދަ އެއްބާރެވެ. ގައުމިއްޔަތަކީ، އެބައިމީހުންގެ ރޫހު އެއިން ދިރުވަންވީ އަގުހުރިޖައުހަރެވެ. މިދެބައި އެކުވެގެން އުފައްދާނީ ގައުމުގެ މުސްތަގުބަލުގެ ބާއްޖަވެރިކަމެވެ. ގައުމުގައި ކުޅިވަރުގެ މަގާމަކީ އެކުވެރިކަމާއި ފުރިހަަމަ ތަރުބިއްޔަތެއްގެ މަތިވެރި މަގާމެވެ. އޭގެސަބަބުން އިއްތިހާދެއްގެ ހުރިހާ މޮޅުސިފަތަކެއް އެބައެއްގައި އަށަގަންނަމުންއަންނާނެއެވެ.

ޒުވާނުންގެ ހިތްތައް އެކުވެރިވުމުގެ ސަަބަބުން ހަރަކާތްތަކުގައި އެއުފައްދާ ހަލުވިކަމާއި އެއްބާރުލުމުގެ އަމާޒަކީ އުފެދޭ އިޚުލާސްތެރި ލޯތްބެވެ. އިންސާނިއްޔަތުކަމުގެ މުޅިޝަރަފު ހޯދުމަށް ގަދައަޅާ ވަރުގަދަ ލޯތްބެވެ. ޝައްކެއްނެތެވެ. ގައުމުގެ މުސްތަގުބަލަކީ ޒުވާނުންގެމެދުގައި އުފެދެމުންދާ ދިރުމުގެ ހަރަކާތްތަކެވެ. އެކަމުގެ ރޫހަކީ އެކުވެރިކަމުގެ ފިލާވަޅުތަކެއް ކަމުގައި ހިމެނޭ މަތިވެރި ކުޅިވަރެވެ."

އަލްއުސްތާޛު އިބްރާހީމް ޝިހާބު 26 ޖުލައި 1974ގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް

މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް

21 އޮކްޓޯބަރު 2021
މިއީ ދިވެހި ފުޓުބޯޅައިގެ އަލިމަސްޔޫބިލް މުނާސަބަތުކަން އެނގޭތަ؟

މިއީ ދިވެހި ފުޓުބޯޅައިގެ އަލިމަސްޔޫބިލް މުނާސަބަތުކަން އެނގޭތަ؟

30 ސެޕްޓެމްބަރު 2021
ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

16 ސެޕްޓެމްބަރު 2021
ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

09 ސެޕްޓެމްބަރު 2021
ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

12 އޯގަސްޓު 2021

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު