Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ފްލައިޓް ބަދަލުވުމުން 13 މިލިއަން ރުޕީސް ގެއްލުންވާނެ: ޕާކިސްތާން

19 ޖޫން 2023 | ހޯމަ 05:18

މެޗު ކުޅޭ ވަގުތަށް ޕާކިސްތާނަށް އިންޑިޔާ އަށް ނުދެވިއްޖެނަމަ ވިސާ ކެންސަލްކުރާނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 19 ޖޫން 2023 | ހޯމަ 05:18
ޕާކިސްތާނުގެ ގައުމީ ޓީމުގެ ކުޅުންތެރިން: އަންނަ މަހު މާލެ އަންނާނެ

ޕާކިސްތާނުގެ ގައުމީ ޓީމުގެ ކުޅުންތެރިން: އަންނަ މަހު މާލެ އަންނާނެ

އިންޑިޔާ އަށްދާން ވިސާ ނުލިބުމުން ޕާކިސްތާނަށް 13 މިލިއަން ރުޕީސްގެ ގެއްލުންވާނެ ކަމަށް ޕާކިސްތާން ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފި އެވެ.

ޕާކިސްތާން މިވަގުތު ތިބީ ބުދަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނުދެވި މޮރިޝަސްގައި ތާށިވެފަ އެވެ. އެއީ އިންޑިޔާ އަށް ދިއުމަށް ބައެއް ކުޅުންތެރިންނަށް ވިސާ ނުލިބޭތީވެ، ނުފުރަން މޮރިޝަސްގައި ހުންނަ އިންޑިޔާ އެމްބަސީން އެންގުމުންނެވެ.

ޕާކިސްތާނަށް މި މައްސަލަ ފެންމަތިވީ މުބާރާތް ކުޅޭ ހުރިހާ ގައުމަކަށް ވިސާ ހަމަޖެހޭ ކަމަށް އިންޑިޔާ ސަރުކާރާއި ފުޓްބޯޅް ފެޑަރޭޝަނާ މަޝްވަރާކުރުމަށްފަހު ސާފުން ބުނެފައިވަނިކޮށެވެ. ނަމަވެސް ކަރްނާޓަކާ ފުޓްބޯޅަ އެސޯސިއޭޝަންގެ އޮފިޝަލަކާ ހަވާލާދީ އިންޑިޔާގެ ބައެއް ނޫސްތަކުން ބުނަނީ ވިސާގެ މައްސަލަ ހަމަނުޖެހިގެން އުޅެނީ ޕާކިސްތާނުގެ ސަބަބުން ކަމަށާއި މައްސަލަ ހައްލުކޮށް ޕާކިސްތާން ޓީމު އިންޑިޔާ އަށް އައުމަށް ދެ ދުވަހެއްވަރު ނަގާނެ ކަމަށެވެ.

އޭނާ މިގޮތަށް ފާހަގަކުރިއިރު މުބާރާތުގައި ޕާކިސްތާން ކުޅެން ޖެހޭ ފުރަތަމަ މެޗު އޮތީ ބުދަ ދުވަހު އިންޑިޔާއާ ދެކޮޅަށެވެ. އަދި ވަގުތަށް ނައިސްފިނަމަ ޕާކިސްތާނަށް ދީފައިވާކަމަށް ބުނާ ވިސާ ކެންސަލްކުރާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ސާފުގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލް ހައްގު ހިލާލް ވަނީ ބުނެފަ އެވެ. އަދި ޕާކިސްތާނަށް ނާދެވުނަސް މެޗު ޝެޑިއުލް ބަދަލު ނުކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މިހާރު ކަންތައްތައްވަމުންދާ ގޮތުން ވަގުތަށް ޕާކިސްތާނަށް އިންޑިޔާ އަށް ނުދެވިދާނެ ކަމަށް ބެލެވެ އެވެ. މޮރިޝަސްއިން ފުރައިގެން ފްލައިޓްގައި އިންޑިޔާގެ މުމްބާއީގައި ޓްރާންސިޓްކޮށްފައި މުބާރާތް ކުޅޭ ބެންގަލޫރަށް ދާން އަށްގަޑިއިރު ހޭދަވާނެ އެވެ.

ޕާކިސްތާނާއި އިންޑިޔާ އަކީ ސިޔާސީ ގޮތުން ވަރަށް ވާދަވެރި ދެ ގައުމެވެ. އަދި ދެ ގައުމުގެ ގުޅުން ގޯސްވެ، އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. މިކަން މިހާރު ކުޅިވަރުގެ މައިދާނަށް ވެސް ވަނީ ފޯރާފަ އެވެ. މިގޮތުން މިދިޔަ މަހު ބޭއްވި ސާފްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކަށް ޕާކިސްތާނުގެ އޮފިޝަލުން އިންޑިޔާ އަށް ދިއުމަށް ވެސް ވަނީ ވިސާ ނުދީފަ އެވެ. އަދި މުބާރާތުގައި ވިސާގެ މައްސަލަ ފެންމަތިވީ މުބާރާތް ކުޅޭ ޓީމުތަކަށް ވިސާގެ ކަންކަން ހަމަޖެހޭނެ ކަމަށް އިންޑިޔާ ފުޓްބޯޅަ ފެޑަރޭޝަން މެދުވެރިކޮށް ސާފުން އަންގާފައިވަނިކޮށެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!

12 މެއި 2017
މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!
04 މެއި 2017

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

04 މެއި 2017
ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
25 ފެބުރުއަރީ 2017

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް