Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ ޤައުމީ ޓީމު

"މެސީއާ އެއް ފެންވަރުގެ އެހެން ކުޅުންތެރިޔަކު ނުހުންނާނެ!"

ފުޓުބޯޅައިގެ ދުނިޔެއަށްޓަކައި ވެސް އޭނާ ބޭނުންވަނީ އަބަދު ވެސް މެސީ ފުޓުބޯޅަ ކުޅުމުގައި ދެމި ހުރުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖޫން 2023 | ހޯމަ 03:06
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެއް ފެންވަރުގެ އެހެން ކުޅުންތެރިޔަކު ނުހުންނާނެ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ސްކަލޯނީ މިހެން ބުނީ ބައިނަލްއަޤުވާމޫ ރަޙުމަތްތެެރިކަމުގެ މެޗެއްގައި ހޯމަ ދުވަހު އާޖެންޓީނާ އިން އިންޑޮނޭޝިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގަ އެވެ. އޭނާ ބުނީ، އެ މެޗުގައި މެސީގެ އިތުރުން އެންހެލް ޑި މާރިއާ އަދި ނިކޮލަސް އޮޓަމެންޑީ އަށް އަރާމު ކުރުމަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ރެސްޓެއް ބޭނުންވާ ކަމަށާއި، މެޗާ ހަމައަށް އައުމުގެ ކުރިން ވެސް އެކަމާ ވިސްނާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް މެޗުގައި އާޖެންޓީނާ ޤައުމީ ޓީމުގެ އެހެން ކުޅުންތެރިން ކުޅޭނީ ޤައުމީ ޓީމުގެ ގޮތުގައި ކަމަށާއި، މިވަގުތަށް އެންމެ މުހިންމު ގޮތަކީ އެއީ ކަމުގައި އޭނާ ބުންޏެވެ. އިތުރަށް އޭނާ ބުނީ އާޖެންޓީނާ އަކީ އެއް ކުޅުންތެރިޔަކަށްވުރެ، ގިނަ ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ޓީމެއް ކަމަށެވެ. އެހެންކަމުން މެސީ ނުކުޅުނު ނަމަވެސް، ބަދަލުގައި ކުޅޭނެ އެހެން ކުޅުންތެރިން ތިބޭނެކަމަށާއި އެ ކުޅުންތެރިން މެޗުގެ އުފާ ލިބިގަންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި މެސީ ނެތް ހާލަތަކަށް އާޖެންޓީނާ އިން ތައްޔާރުވަމުން އާދޭތޯ ސުވާލު ކުރުމުން އޭނާ ބުނީ، އުސޫލެއްގެ ގޮތުން މެސީ ނެތް ނަމަވެސް އެއީ ޤައުމީ ޓީމަކަށް ވާނެ ކަމަށެވެ. މުސްތަޤުބަލިގައި ވާނެ ގޮތަކާމެދު ސުވާލު އުފައްދަމުން ސްކަލޯނީ ބުނީ، ފުޓުބޯޅައިގެ ދުނިޔެއަށްޓަކައި ވެސް އޭނާ ބޭނުންވަނީ އަބަދު ވެސް މެސީ ފުޓުބޯޅަ ކުޅުމުގައި ދެމި ހުރުން ކަމަށެވެ. މެސީ ކުޅުން ހުއްޓާލާނެ ދުވަހަކީ އާޖެންޓީނާގެ އެންމެންގެ އިތުރުން، ދުނިޔޭގެ ފުޓުބޯޅައިގައި ޝާމިލްވާ އެންމެނަަށް ވެސް ހިތާމަވެރި ދުވަހެއްގެ ގޮތުގައި ސްކަލޯނީ ދެކެ އެވެ. އެއަށްފަހު މެސީގެ ބަދަލުގައި އެހެން މީހަކު ނާންނާނެ ކަމަށާއި، އެ ފެންވަރުގެ ކުޅުންތެރިޔަކު ވެސް ނާންނާނެ ކަމުގައި އޭނާ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މަސައްކަތް ކުރާނީ އެއް ފެންވަރެއްގައި ޓީމު ބޭއްވޭތޯ ކަމަށާއި، މެސީ އަކީ ބަދަލު ނުކުރެވޭނެ ކުޅުންތެރިޔަކަށްވީ ނަމަވެސް އާޖެންޓީނާގައި ހުނަރުވެރި ކުޅުންތެރިން ތިބި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިންޑޮނޭޝިއާ މެޗުގައި ގެންނަ ބަދަލަކީ އިދިކޮޅު ޓީމަށް ވިސްނާފައި ގެންނަ ބަދަލެއް ނޫން ކަމަށާއި، އެއީ އެހެން ކުޅުންތެރިންގެ ފެންވަރު ވަޒަން ކޮށްލަން ލިބޭ ފުރުސަތަކަށްވުމުން އެކަމުގެ ބޭނުން ހިފަނީ ކަމުގައި ސްކަލޯނީ ވަނީ ބުނެފަ އެވެ. އެ ބަދަލުތަކާއެކު އާޖެންޓީނާގެ ފެންވަރު ދަށްވާނެ ކަމަށް ސްކަލޯނީ ނުދެކެ އެވެ.

އާޖެންޓީނާ އިން އިންޑޮނޭޝިއާއާ ދެކޮޅަށް ނުކުންނާނީ ހޯމަ ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 17:30 ގައެވެ.

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2017

ރޮނާލްޑޯ އަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިއެއް: ޒިދާން

08 ސެޕްޓެމްބަރު 2017
ރޮނާލްޑޯ އަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިއެއް: ޒިދާން
24 އޯގަސްޓު 2017

ޗެލްސީން އިތުރު ތިން ކުޅުންތެރިޔަކު ގެންނަނީ!

24 އޯގަސްޓު 2017
ޗެލްސީން އިތުރު ތިން ކުޅުންތެރިޔަކު ގެންނަނީ!
03 ޖޫން 2017

އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި

03 ޖޫން 2017
އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި
22 މެއި 2017

މިއީ އެހެން ބަޔަކަށް ހޯދޭނެ ތިން ޕޮއިންޓެއް ނޫން : ސުޒެއިން

22 މެއި 2017
މިއީ އެހެން ބަޔަކަށް ހޯދޭނެ ތިން ޕޮއިންޓެއް ނޫން : ސުޒެއިން
16 މެއި 2017

ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް

16 މެއި 2017
ގަވާއިދާ ޚިލާފަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކު ނުކުޅޭ: ވީއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު