Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ޕެނަލްޓީގައި ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން އިން ނޭޝަންސް ލީގު ކާމިިޔާބުކޮށްފި

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސްޕެއިން ވަނީ 5-4 އިން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖޫން 2023 | ހޯމަ 03:03
ސްޕެއިން އިން ޔުއެފާ ނޭޝަންސް ލީގުގެ ތަށި އުފުލާލަނީ

ސްޕެއިން އިން ޔުއެފާ ނޭޝަންސް ލީގުގެ ތަށި އުފުލާލަނީ

ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން އިން ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި ސްޕެއިން އިން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެވެ. އެހެންކަމުން 15 މިނެޓުގެ ދެ ހާފު ވަނީ ކުޅެފަ އެވެ. އެ ދެ ހާފުގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހައިފަ އެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސްޕެއިން ވަނީ 5-4 އިން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ކްރޮއޭޝިއާ އިން ވަނީ ސްޕެއިން ގޯލަށް އަމާޒުކޮށް ތިން ހަމަލާއެއް ފޮނުވާލައިފަ އެވެ. ސްޕެއިން އަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

އެންމެ ފުރަތަމަ ޖެހި ފަސް ޕެނަލްޓީގައި ދެ ޓީމުން ވެސް ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ކޮންމެ ޓީމަކުން އެއް ޕެނަލްޓީ ނާކާމިޔާބުވި އެވެ. ސްޕެއިން ވަނީ ޖޮސެލޫ، ރޮޑްރީ، މިކޭލް މެރިނޯ އަދި މާކޯ އަސެންސިއޯގެ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ނާކާމިޔާބުވީ އެމެރިކް ލަޕޯޓްގެ ޕެނަލްޓީ އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާ އެވެ. ކްރޮއޭޝިއާ އިން ވަނީ ނިކޮލާ ވްލަސިޗް، މާސެލޯ ބްރޮޒޮވިޗް، ލޫކާ މޮޑްރިޗް އަދި އިވާން ޕެރިސިޗްގެ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ނާކާމިޔާބުވެފައި ވަނީ ލާރޯ މަހާގެ ޕެނަލްޓީ އެވެ. އޭނާގެ ޕެނަލްޓީ ސްޕެއިންގެ ގޯލް ކީޕަރު ވަނީ މަތަކޮށްފަ އެވެ. ހަ ވަނަ ޕެނަލްޓީ ސްޕެއިންގެ ޑެނީ ކަވަހާލް ކާމިޔާބު ކުރިއިރު، ކްރޮއޭޝިއާގެ ބްރޫނޯ ޕެޓްކޮވިޗްގެ ޕެނަލްޓީ ސްޕެއިންްގެ ކީޕަރު މަތަ ކުރި އެވެ.

މިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް އިން ވެސް ސްޕެއިން ކެޓީ ޕެނަލްޓީގައި ނާކާމިޔާބު ވެގެންނެވެ. އެ މުބާރާތަށްފަހު އޭރުގެ ކޯޗު ލުއިސް އެންރީކޭ ވަކި ކުރުމަށް ފަހު، ލުއިސް ޑެ ލާ ފުއެންޓޭ ވަނީ އެ މަގާމަށް ހަމަޖައްސައިފަ އެވެ. މިއީ އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިން އިން ކާމިޔާބު ކުރި ފުރަތަމަ މުބާރާތެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު