Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބަކަރި.އެމްވީ

ބަކަރި.އެމްވީއިން މޫލީއާ ގުޅިގެން ޢަޤީޤާ، އުލްޙިއްޔާ އަދި ފިދްޔަ އޮންލައިންކޮށް ހަދިޔާ ކުރެވޭނެ ގޮތް ހަމަޖައްސައިފި

މޫލީއަށް އޯޑަރު ދިނުމުން، ގުރުބާނީގެ ބަކަރި ކަތިލުމާއި، ޕެކްކުރުމާއި، ހަދިޔާކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ކަސްޓަމަރުގެ އެދުމާ އެއްގޮތަށް ބަކަރި.އެމްވީ އިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ޖޫން 2023 | ހޯމަ 03:01
މޫލީ މެދުވެރިކޮށް ބަކަރި.އެމްވީ އިން ޢަޤީޤާ، އުލްޙިއްޔާ އަދި ފިދްޔަ އޮންލައިންކޮށް ހަދިޔާ ކުރެވޭނެ

މޫލީ މެދުވެރިކޮށް ބަކަރި.އެމްވީ އިން ޢަޤީޤާ، އުލްޙިއްޔާ އަދި ފިދްޔަ އޮންލައިންކޮށް ހަދިޔާ ކުރެވޭނެ

ރާއްޖޭގައި އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީ އިން ޢަޤީޤާ، އުލްޙިއްޔާ އަދި ފިދްޔަ ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބަކަރި.އެމްވީ އާއި ގުޅި އޮންލައިންކޮށް މި ހިދުމަތަށް އޯޑަރ ކުރެވޭނެ ގޮތް ފަހިކޮށްދީފިއެވެ.

މި ޕާޓްނަރޝިޕާއެކު މޫލީ މެދުވެރިކޮށް ބަކަރިއެމްވީގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޤުރުބާނީގެ އުލްޙިއްޔާ، އަޤީޤާ ނުވަތަ ފިދްޔާ އަށް އޯޑަރުކޮށް ހަދިޔާކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. މޫލީއަށް އޯޑަރު ދިނުމުން، ގުރުބާނީގެ ބަކަރި ކަތިލުމާއި، ޕެކްކުރުމާއި، ހަދިޔާކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ކަސްޓަމަރުގެ އެދުމާ އެއްގޮތަށް ބަކަރި.އެމްވީ އިންނެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ވެސް، ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު ހުރިހާ ހިދުމަތްތަކެއް ވެސް ދިނުން ކަމަށެވެ. އެގޮތުން ބަކަރި.އެމްވީ އާއި ގުޅިގެން މިއަހަރުގެ އީދާއި ގުޅުވައިގެން، ނުވަތަ ނަން ކިޔުމުގެ އިތުރުން ފިދްޔަ ދިނުމަށްވެސް ގުރުބާނީގެ ހަދިޔާ ކުރުންވެސް މޫލީ މެދުވެރިކޮށް އެތައް ތަނެއް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މޫލީ މެދުވެރިކޮށް އޯޑަރު ދިނުމުން ބަކަރި.އެމްވީ އިން ކަސްޓަމަރުން ބޭނުންވާ ގޮތައް ޕެކުކޮށް ބޭނުންވާ އެޑްރެސްއަކަށް ޑެލިވަރީކުރުމުގެ ޙިދުމަތް ވެސް ލިބިގެންދާނެ ކަމަށެވެ. އަދި ހާއްސަކޮށް ސަރަޙައްދުތަކުގެ ރައްޔިތުންނަށް ހަދިޔާކުރަން މަސައްކަތް ކުރާއިރު ދިމާވާ ލޮޖިސްޓިކް ގޮންޖެހުންތައް ލުއިވެގެންދާނެ ކަމަށް ހަމާދީ ވިދާޅުވިއެވެ.

ބަކަރި.އެމްވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޖަދީދު އަހުމަދު ވިދާޅުވީ ބަކަރި.އެމްވީގެ އަމާޒަކީ، ޢަޤީޤާ، އުލްޙިއްޔާ ފަދަ ދީނީ ވާޖިބުތައް އަދާކުރުމުގެ މަގު ފަހިކޮށްދީ، ބޭނުންޖެހިފައިވާ މީހުންނަށް އިތުބާރުކުރެވޭ، ދެފުށް ފެންނަ ގޮތަކަށް މި ޙިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި މޫލީއާ ގުޅިގެން އޮންލައިންކޮށް އޯޑަރު ކުރުން ފަހިކޮށް، އެންމެ ބޭނުންޖެހޭ ފަރާތްތަކަށް މި ސަދަގާތް ފޯރުކޮށްދީ، ސަދަގާތް ކުރުމުގެ އަސާސްތައް އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ޖަދީދު ވިދާޅުވިއެވެ.

ބަކަރިއެމްވީ އިން އެކި ގައުމުތަކުން ލިބޭ ތަފާތު މަހުގެ ބާވަތް ކަސްޓަމަރުންނަށް ފޯރުކޮށްދޭ އިރު މި މައުލޫމާތު ކަސްޓަމަރުންނަށް މޫލީ މެދުވެރިކޮށް ފެންނަން ހުންނާނެއެވެ. މޫލީ މެދުވެރިކޮށް ސަދަގާތް ކުރުމަށް އޯޑަރުކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީ ކުރުމުގެ ފައިދާ ލިބި، ލޮޖިސްޓިކްސް ހަރަދުތައް ކަސްޓަމަރުން އުފުލަން ނުޖެހުމަކީ އެފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެކެވެ. ކަސްޓަމަރުންގެ ސަދަގާތް، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަސްޓަމަރުންގެ ނަމުގައި ބަކަރިއެމްވީ އިން ފުރިހަމަ ކޮށްދޭއިރު، ވަކި ބަޔަކަށް ހަދިޔާ ކުރުމަށް ނުވަތަ އަމިއްލައަށް ޑެލިވަރ ކުރުމަށް ބޭނުންވާ ނަމަ އެ ގޮތައްވެސް މި ހިދުމަތް ހަމަޖައްސާދެވޭނެ ކަމަށް ބަކަރިއެމްވީ އިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ގޭޓާއި ވީއެފްޕީ ގުޅިގެން އޮންލައިން ޝޮޕިން ޕްލެޓްފޯމެއް ތައާރަފުކޮށްފި

މީޑިއާ ގޭޓާއި ވީއެފްޕީ ގުޅިގެން އޮންލައިން ޝޮޕިން ޕްލެޓްފޯމެއް ތައާރަފުކޮށްފި

07 މެއި 2018
ސޯލްޓްގެ ފަސްވަނަ އަހަރީ ދުވަހާއި ގުޅިގެން ބާގަރ ޕްރޮމޯޝަނެއް ފަށައިފި

ސޯލްޓްގެ ފަސްވަނަ އަހަރީ ދުވަހާއި ގުޅިގެން ބާގަރ ޕްރޮމޯޝަނެއް ފަށައިފި

26 އެޕްރީލު 2018
ޕަލާޓޯއަށް އެއް އަހަރު ފުރުމާ ގުޅިގެން ކަސްޓަމަރުންނަށް 50 ޕަސަންޓް ޑިސްކައުންޓް ދެނީ!

ޕަލާޓޯއަށް އެއް އަހަރު ފުރުމާ ގުޅިގެން ކަސްޓަމަރުންނަށް 50 ޕަސަންޓް ޑިސްކައުންޓް ދެނީ!

25 މާރިޗު 2018
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އޮކިއުޕެންސީ 65 ޕަސެންޓް ދަށަށް ދާނެ!

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އޮކިއުޕެންސީ 65 ޕަސެންޓް ދަށަށް ދާނެ!

16 ފެބުރުއަރީ 2018
ފިއުލް ސާޗާޖް އަށް ބަދަލު އައުމާ ގުޅިގެން ސްރީލަންކަން އެއަރލައިންސްގެ ޓިކެޓްގެ އަގު ބޮޑުކޮށްފި

ފިއުލް ސާޗާޖް އަށް ބަދަލު އައުމާ ގުޅިގެން ސްރީލަންކަން އެއަރލައިންސްގެ ޓިކެޓްގެ އަގު ބޮޑުކޮށްފި

09 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު