Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފައިވް ނޭޝަންސް ކަޕް

ސެމީގައި ބަލިވާ ދެޓީމާއެކު ޤައުމީ ބާސްކެޓް ޓީމުން މެޗުތަކެއް ކުޅެނީ

19 ޖޫން 2023 | ހޯމަ 02:29

ސެމީފައިނަލް ކުޅެނީ އަންގާރަ ދުވަހު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 19 ޖޫން 2023 | ހޯމަ 02:29
ރާއްޖެއާއި ނޭޕާލް ވާދަކުރި މެޗުގެ ތެރެއިން

ރާއްޖެއާއި ނޭޕާލް ވާދަކުރި މެޗުގެ ތެރެއިން

ފައިވް ނޭޝަންސް ކަޕްގެ ސެމީފައިނަލުން ބަލިވާ ދެޓީމާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެކަމަށް ޤައުމީ ބަސްކެޓްބޯޅަ ޓީމްގެ ކޯޗު މުޙައްމަދު ޒިލާލް (ޒިލާ) ބުނެފިއެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފަހު މެޗަށްފަހު ޒިލާ ބުނީ ޒުވާން ކުޅުންތެރިން ހިމަނައިގެން ސެމީން ބަލިވާ ޓީމްތަކާއެކު މެޗުތަކެއް ކުޅޭނެކަމަށެވެ. އަދި ބޭނުމަކީ ދެން ޤައުމީ ޓީމަށް އަރާ ލީޑްކުރަން ތިބި ކުޅުންތެރިން ދެނެގަތުންކަމަށެވެ. ފައިވް ނޭޝަންސް ކަޕްގައި ރާއްޖެ ކެޓީ ހަތަރު މެޗުންވެސް ބަލިވެ ފުލުގައި އޮވެގެންނެވެ. ޒިލާ ބުނީ ޤައުމީ ޓީމަށް އައު ކުޅުންތެރިންތަކެއް އަންނަން ޖެހޭކަމަށެވެ.

ފަހު މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ޒިލާ ބުނީ ދިމާވީ ހަމަ އެންމެ މައްސަލައެއް ކަމަށެވެ. އެއީ ފެށުން ލަސްވުން ކަމަށާއި, ފެށުން ރަނގަޅު ކުރަން ޖެހޭކަމާމެދު ޝައްކެއް ވެސް ނެތްކަމަށް ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން ބުންޏެވެ.

ޒިލާ ބުނީ މިމުބާރާތަކީ މައިގަނޑުގޮތެއްގައި އޭޝިޔަން ގޭމްސްއަށް ތައްޔާރުވުމަށްޓަކައި ސަރަހައްދީ ލެވެލްގައި ވާދަކުރާއިރު ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުމަށް ބޮޑަށް އަމާޒުކުރި މުބާރާތެއްކަމަށެވެ. ސަރަހައްދީ މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދަން ކުރަންޖެހޭ ކަންތައްތައް ބޮޑަށް ދެނެގަތުމާއެކު މިމުބާރާތުން ކާމިޔާބު ހޯދަން ވެސް މަސައްކަތްކުރިކަމަށް ޒިލާ ބުންޏެވެ.

މުބާރާތުން އެންމެ ބޮޑު ޕޮޒިޓިވް ކަމެއްގެ ގޮތުގައި ޒިލާ ފާހަގަކުރީ ކުޅުންތެރިންގެ މަސައްކަތެވެ. ކޯޗުންގެ އިރުޝާދަށް ކުޅުންތެރިންގެ ފަރާތުން އިޖާބަދިން މިންވަރާމެދު އުފާވާކަމަށް އޭނާ ބުންޏެވެ.

މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދީ ނޭޕާލާއި, ޕާކިސްތާނާއި, ބަނގްލަދޭޝްއާއި ބޫޓާނެވެ. ސެމީފައިނަލް ދެމެޗު ކުޅޭނީ އަންގާރަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

މަކީޓާ ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް ނޮވެމްބަރު މަހު ބާއްވަނީ

18 އޮކްޓޯބަރު 2017
މަކީޓާ ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް ނޮވެމްބަރު މަހު ބާއްވަނީ
07 ސެޕްޓެމްބަރު 2017

ޔޫއެސް އޯޕަން: އަންހެން ސިންގަލްސް ސެމީގައި ހުސް އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިން

07 ސެޕްޓެމްބަރު 2017
ޔޫއެސް އޯޕަން: އަންހެން ސިންގަލްސް ސެމީގައި ހުސް އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިން
29 ޖުލައި 2017

ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

29 ޖުލައި 2017
ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި
27 ޖުލައި 2017

ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

27 ޖުލައި 2017
ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި
09 މެއި 2017

ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި

09 މެއި 2017
ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި
12 އެޕްރީލު 2017

ސާބާ ޗެމްޕިއަންޝިޕަށް ގައުމީ ބާސްކެޓް ޓީމުގެ ފަރިތަކުރުންތައް ފަށައިފި

12 އެޕްރީލު 2017
ސާބާ ޗެމްޕިއަންޝިޕަށް ގައުމީ ބާސްކެޓް ޓީމުގެ ފަރިތަކުރުންތައް ފަށައިފި
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް