Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދިނުން

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް އީސީން ބުނެފި

އިތުރަށް ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށް އީސީން ބުނޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ޖޫން 2023 | އާދީއްތަ 17:54
ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް

އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ، "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އާދިއްތަ ދުވަހު ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އީސީއަށް ގޮސްފައެވެ. އަދި އެޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ނުލިބެނީސް ކޮމިޝަނުން ނުނިކުންނާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އާދިއްތަ ދުވަހު ރޭ އީސީގެ މެންބަރުން ވަނީ އެޕާޓީއަށް މިވަގުތު ހުއްދަ ނުދިނުމަށް ނިންމާފައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް ލިބިފައިވާ ވީޑީއޯގައި ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ހުއްދަ ދިނުމަށް ދެ މެންބަރުން ވޯޓު ދިން ކަމަށާއި، ދެ މެންބަރުން ހުއްދަ ނުދިނުމަށް ވޯޓު ދީފައިވާ ކަމަށެވެ. ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން ފާސްވި ކަމަށް ނިންމި ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. ނަމަވެސް އެބޭފުޅާގެ މަސައްކަތާއި މެދު ބައެއް މެންބަރުން ސުވާލު އުފައްދާފައިވާ ކަމަށާއި، އަގުލަބިއްޔަތުން ފާސްކުރެވޭ ކަމަކަށްވާތީ ހުއްދަ މިވަގުތަށް ނުދިނުމަށް ނިންމާފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމަށް ތިން މަސް ލިބޭ ކަމަށާއި، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސްއިން ބުނީ އިސީން އަންގާފައިވާ އެންގުންތަކާއި އެއްގޮތަށް ފޯމް ހުށަހަޅާފައިވާ ކަމަށެވެ. ހުއްދަ ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މިވަގުތު ހުއްދަ ނުދިނުމަށް ގަބޫލުކުރެވޭ އެއްވެސް އުޒުރެއް ދައްކާފައިނުވާ ކަމަށެވެ. އަދި އީސީން އިތުރަށް ބަލަން ބޭނުންވާ ކަމެއް ބުނެދިނުމަށް ވެސް އެ ޕާޓީން އެދިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރަން 3،560 މީހުންގެ ފޯމް ހުށަހެޅީ ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު