Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެންޓޮއިން ގްރީޒްމަން

އެެމެރިކާ ލީގުގައި ކުޅުމަކީ ގްރީޒްމަންގެ ހުވަފެނެއް!

އެމެރިކާ ލީގަށް ދާން ބޭނުންވަނީ ވެސް އެންމެ ރަނގަޅު ވަގުތުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖޫން 2023 | ހޯމަ 02:21
އެތުލެޓިކޯ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ގްރީޒްމަން

އެތުލެޓިކޯ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ގްރީޒްމަން

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގައި ކުޅުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށް އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

އުމުރުން މިހާރު 32 އަހަރުގެ ކުޅުންތެރިޔާ މިހެން ބުނީ ޔޫރަޕުގެ މަޝްހޫރު ގިނަ ކުޅުންތެރިން އެހެން ލީގުތަކަށް ބަދަލުވަމުން ދާތީ އެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެގޮތުން އެމެރިކާ ލީގުގެ ކުލަބުތަކުން ގްރީޒްމަން ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅޭ ވާހަކަ ދޭތޭރެ އަކުން ދެކެވޭ ކަމަށާއި، އެކަމާ ގުޅިގެން ދެކޭ ގޮތެއް ހާމަކުރުމަށް އޭނާއާ ވަނީ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބުދެމުން ގްރީޒްމަން ބުނީ އެމެރިކާ ލީގުގައި ކުޅުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް އަދި ހުވަފެނެއް ކަމަށެވެ. ނަމަވެސް މިވަގުތު އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް އަދި ޚިޔާލެއް ވެސް ނުގެންގުޅޭ ކަމުގެ ޔަގީންކަން ގްރީޒްމަން ވަނީ ދީފަ އެވެ. އިތުރަށް އޭނާ ބުނީ، އެމެރިކާ ލީގަށް ދާން ބޭނުންވަނީ ވެސް އެންމެ ރަނގަޅު ވަގުތުގައި ކަމަށާއި، އެކަން ގުޅިފައި އޮންނާނީ މުސްތަޤުބަލާ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެމެރިކާ ލީގަށް ބަދަލުވުމަކީ، އެ ލީގަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މެސީ އަކީ ފުޓުބޯޅައިގައި ހުރިހާ ކާމިޔާބެއް ހާސިލްކޮށްފައިވާ ކުޅުންތެރިޔެއް ކަމަށާއި، މެސީ އާއެކު އެމެރިކާ ލީގު މަޝްހޫރުވެގެން ދާނެ ކަމަށް ގްރީޒްމަން ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެނިހެން މަޝްހޫރު ކުޅުންތެރިން ވެސް އެ ލީގަށް ބަދަލުވާން ހުޅުވުނު ދޮރެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފަ އެވެ.

ގްރީޒްމަން މިވަގުތު ކުޅެމުން އަންނަނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށެވެ. އެކުލަބަށް ދެ ފަހަރުގެ މަތިން އޭނާ ވަނީ 341 މެޗު ކުޅެދީ، 157 ލަނޑު ޖަހައިދީފަ އެވެ. އެތުލެޓިކޯގައި ހުރުމަަށް ފަހު އޭނާ ވަނީ 2019 ވަނަ އަހަރު ވާދަވެރި ބާސެލޯނާ އަށް ބަދަލުވެފަ އެވެ. ނަމަވެސް އެ ކުލަބުގައި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކި، އޭނާާ ވަނީ 2021 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ އަށް ބަދަލުވެފަ އެވެ. އެއީ އެއް އަހަރު ދުވަހަށެވެ. ލޯނު އެއްބަސްވުން ހަމަވުމުން ފަހުން އެތުލެޓިކޯ އާއެކު ވަނީ އަނެއްކާ ވެސް ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގްރީޒްމަންގެ ލަނޑުން އެޓްލެޓިކޯ އަށް މޮޅެއް!

ގްރީޒްމަންގެ ލަނޑުން އެޓްލެޓިކޯ އަށް މޮޅެއް!

17 ސެޕްޓެމްބަރު 2017
އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިންޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސިޓީން ލީގުގެ ފެށުން ރަނގަޅުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިންޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސިޓީން ލީގުގެ ފެށުން ރަނގަޅުކޮށްފި

13 އޯގަސްޓު 2017
މާލޭ ލީގުގައި ގެއްލެންވާ ހުރިހާ އެއްޗެއް ގެއްލިއްޖެ، ލިބެން އޮތް އެއްޗެއް ހޯދަންވީ: ފެސްކޯ

މާލޭ ލީގުގައި ގެއްލެންވާ ހުރިހާ އެއްޗެއް ގެއްލިއްޖެ، ލިބެން އޮތް އެއްޗެއް ހޯދަންވީ: ފެސްކޯ

02 ޖުލައި 2017
ރެޑްބުލްގެ ދެ ކްލަބަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭ ގޮތަށް ޔުއެފާ އިން ހަމަޖައްސައިފި

ރެޑްބުލްގެ ދެ ކްލަބަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭ ގޮތަށް ޔުއެފާ އިން ހަމަޖައްސައިފި

22 ޖޫން 2017
އިބްރާހިމޮވިޗް ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން: އެޖެންޓް

އިބްރާހިމޮވިޗް ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން: އެޖެންޓް

31 މެއި 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު