Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެމިކަލް އެތެރެކުރުމުގެ ހުއްދައަށް އެދުން

ބަންދު ގިނަ ދުވަސްތަކެއް އަންނާތީ ކެމިކަލް އެތެރެކުރުމުގެ ހުއްދައަށް މިމަހުގެ 20ގެ ކުރިން އެދެންޖެހޭ

ހުއްދައަށް އެދެންޖެހޭނީ މަކުޑި ޕޯޓަލް މެދުވެރިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖޫން 2023 | ހޯމަ 04:41
ކެމިކަލް ގުދަނެއް

ކެމިކަލް ގުދަނެއް

އަޟްހާ އީދާ ގުޅިގެން ރަސްމީ ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، ކެމިކަލް އެތެރެކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 20ގެ ކުރިން ހުއްދައަށް އެދުމަށް ޑިފެންސް މިނިސްޓްރީން އެދިއްޖެއެވެ.

އާދިއްތަ ދުވަހު ޑިފެންސް މިނިސްޓްރީން ބުނީ އަޟްހާ އީދާ ގުޅިގެން ރަސްމީ ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، ކެމިކަލް އެތެރެކުރަން ބޭނުންވާ ފަރާތްތަކުން، 20 ޖޫންގެ ނިޔަލަށް މަކުޑި ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއަށް ކެމިކަލް އެތެރެކުރާނަމަ ހުއްދަ ހޯއްދަންޖެހޭކަން ފާހަގަކޮށް ޑިފެންސް މިނިސްޓްރީން ބުނީ 200 ކިލޯގްރާމް ނުވަތަ 200 ލީޓަރަށްވުރެ މަދު މިންވަރެއްނަމަ ގަވައިދުގައިވާ ފަދައިން ގުދަން ރަޖިސްޓްރީކުރަން ޖެހުމުން އިސްތިސްނާ ކޮށްދެވޭނެ ކަމަށެވެ.

ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދު 2019 ގެ 7 ވަނަ މާއްދާ ދަށުން ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން، އެތެރެކުރާ ކެމިކަލް ވިއްކަންވާނީ ޑިފެންސް މިނިސްޓްރީން "ކެމިކަލް ވިއްކުމުގެ ހުއްދަ" ނަގައިގެންނެވެ. އަދި އެ މާއްދާގެ (ބ) ގެ ދަށުން، ކެމިކަލް ވިއްކާ ފަރާތްތަކުން ކެމިކަލް ވިއްކާގޮތުގެ ތަފްސީލު ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމާއި އެއްގޮތަށް ބަލަހައްޓަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން މި ރިކޯޑުތަކުގެ ކޮޕީ ހިމެނޭ ރިޕޯޓެއް ކޮންމެ 6 މަހަކުން އެއްފަހަރު ޑިފެންސް މިނިސްޓްރީއަށް ފޮނުވަންވާނެކަމަށް އެގަވާއިދުގައި ބުނެފައިވެއެވެ.

2019 ވަނަ އަހަރު ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު ޑިފެންސް މިނިސްޓްރީން އެކުލަވާލީ އެއަހަރުގެ ސެޕްޓެމްބަރު މަހު ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. އެ ގަވާއިދުގެ ދަށުން ކެމިކަލް ރައްކާކޮށްފައި ހުންނަ ގުދަން ހުންނަންވާނީ މީހުން ދިރިއުޅޭ ތަންތަނާއި ދުރުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކެމިކަލް ގެންގުޅޭ ފަރާތްތަކުން މި ގަވާއިދާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށްޓަކައި، މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމުގެ އިޚްތިޔާރު މިގަވާއިދުގެ ދަށުން ޑިފެންސް މިނިސްޓްރީއަށް ލިބިދީފައިވެއެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އޭރު ވިދާޅުވެފައިވަނީ މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި 82 ކެމިކަލް ގުދަން ހުރިއިރު، މީހުން ދިރިއުޅޭ ގެތަކާއި އިންވެގެން 96 ގުދަން ހުރި ކަމަށެވެ. އަދި މިގަވާއިދު ހަދާ އަމަލުކުރަން ފެށިފަހުން މާލޭގައި މީހުން ދިރިއުޅެމުން އައި ތަންތަނުގައި ހުރި ކެމިކަލް ގުދަން ތަން މާލެއިން ބޭރު ކުރަން ފެށިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު