Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ޗެމްޕިއަންޝިޕް

ދިވެހި ޓީމު ބެންގަލޫރަށް ހިނގައްޖެ

ރާއްޖޭގެ ފުރަތަމަ މެޗު ކުޅޭނީ ބުރާސްފަތި ދުވަހު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 18 ޖޫން 2023 | އާދީއްތަ 08:24
ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ބެންގަލޫރު އެއާޕޯޓްގައި: ރާއްޖެ ވަނީ ރަނގަޅަށް ތައްޔާރުވެފައި

ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ބެންގަލޫރު އެއާޕޯޓްގައި: ރާއްޖެ ވަނީ ރަނގަޅަށް ތައްޔާރުވެފައި

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑިޔާގެ ބެންގަލޫރަށް ރޭ ހިނގައްޖެ އެވެ.

ދިވެހި ޓީމުން ބުނީ ބެންގަލޫރު އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ބެންގަލޫރަށް މިދިޔައީ ޖަޕާނުގައި 10 ދުވަހުގެ ކޭމްޕެއް ފުރިހަމަ ކުރުމަށްފަހު ލަންކާގައި ތިން ދުވަހު މަޑުކޮށްފަ އެވެ.

މުބާރާތުގައި ރާއްޖެ ކުޅެންޖެހޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ބޫޓާނާ ދެކޮޅަށެވެ. އެއަށްފަހު ބަނގްލަދޭޝްއާއެކު ރާއްޖެ ކުޅޭނީ 25 ވަނަ ދުވަހު އެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި ރާއްޖެ ވާދަކުރާނީ އަންނަ ހަފުތާގެ ބުދަ ދުވަހު ލެބަނަންއާ އެވެ.

އަންނަ ބުދައިން ޖުލައި ހަތަރަކަށް ބާއްވާ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ދިފާއީ ޗެމްޕިއަން އިންޑިޔާ އާއި ކުވޭތު އަދި ނޭޕާލާއި ޕާކިސްތާނެވެ.

މުބާރާތުގެ ސެމީ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދޭ ދެ ޓީމެވެ.

ރާއްޖެ އަކީ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމެވެ. 2008 އާއި 2018ގައި ހޯދި ތަށި އަލުން ހޯދުމަކީ މިފަހަރު ދިވެހި ޓީމުގެ އަމާޒެވެ.

ޓީމު ބެންގަލޫރަށް ދިޔައިރު މިހާތަނަށް ދިމާވެފައިވާ ހަމައެކަނި މައްސަލައަކީ ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލް އަށް އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅެވުމެވެ. އޭނާ އަށް އަނިޔާވީ ޖަޕާން ކޭމްޕުގައި ފަރިތަކުރަމުންދަނިކޮށެވެ.

ދިވެހި ޓީމުގެ ކޯޗަކީ އިޓަލީގެ އިންޓަމިލާނުގެ ކުރީގެ ފޯވަޑް ފްރެންޗެސްކޯ މޮރިއޭރޯ އެވެ. މެނޭޖަރަކީ ވެލެންސިއާގެ ކުރީގެ މެނޭޖަރު އަބްދުﷲ ޝިބާއު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު