Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓެކްސާސް އަށް މޫސުމީ ކާރިސާތަކެއް

ޓެކްސާސް އަށް މޫސުމީ ކާރިސާތަކެއް

ތޫފާނުގެ ސަބަބުން ހަތަރު ލައްކައެއްހާ ގެއިންވަނީ ކަރަންޓު ކެނޑިފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 17 ޖޫން 2023 | ހޮނިހިރު 11:24
ތޫފާންގެ ސަބަބުން ޓެކްސާސްގެ ބައެއް ހިސާބުތަކަށް ލިބުނު ގެއްލުން

ތޫފާންގެ ސަބަބުން ޓެކްސާސްގެ ބައެއް ހިސާބުތަކަށް ލިބުނު ގެއްލުން

އެމެރިކާގެ ޓެކްސާސް އަށް ބާރުގަދަ ތޫފާނެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅާ ދިމާކޮށް ކުރިޔަށް އޮތް ދުވަސްތަކުގައި ހޫނުމިން އިންތިހާއަށް މައްޗަށްދާނެ ކަމަށް ފޯކާސްޓްކޮށްފިއެވެ.

ތޫފާނުގައި ލިބުނު ގެއްލުމުގެ ތެރޭން ޓެކްސާސް އިން ތިން މީހުން މަރުވެ، ގިނަ އަދަދެއްގެ ގަސް ވެއްޓި އަދި އެއް އަވަށުގެ ތެރެއިން ހަތަރު މޭލެއްހައި ދިގު ވަޅުގަނޑެއް ކޮނެވިގެން ގޮސްފައިވާ ކަމަށް ޚަބަރު ލިބެއެވެ. ތޫފާނުގެ އަސަރު ޓެކްސާސްގެ އިތުރުން ފްލޮރިޑާއާއި މިސިސިޕީ އަށް ވެސް ވަރަށް ބޮޑަށްކޮށްފައި ވެއެވެ. އަދި ދެކުނުގެ ސްޓޭޓްތަކުން ހަތަރު ލައްކަ ފަންސާސް ހާހަށް ވުރެ ގިނަ ގޭބިސީން ހުކުރު ދުވަހުގެ ރެއިން ފެށިގެންވަނީ ކަރަންޓު ކެނޑިފައެވެ. މިގޮތުން ޓެކްސާސް އިން 174ހާސް ގެއިން، މިސިސިޕީއިން 107 ހާސްގެއިން، ލޫޒިއާނާއިން 152 ހާސް ގެއިން އަދި ފްލޮރިޑާއިން 25ހާސް ގެއިން ތޫފާންގެ ސަބަބުން ހުކުރު ދުވަހުގެ ރެއިން ފެށިގެން ކަރަންޓް ކެނޑިފައިވެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހިނގާ ހަފްތާ ބަންދުގައި ހޫނުކަން އިންތިހާއަށް އެރުމުން އޭސީތައް ބޭނުން ކުރާ މިންވަރު މައްޗަށް ދިއުމުން ގްރިޑްތަކަށް އިތުރަށް ބާރުބޮޑުވެ ކަރަންޓުގެ މައްސަލަ ހައްތަހާ ގޯސް ވާނެއެވެ.

ނޭޝަނަލް ވެދަރ ސަރވިސް އިން ވަނީ އާދީއްތަ ދުވަހާ ހަމަޔަށް އިންތިހާއަށް ހޫނުގަދަވާނެ ކަމަށް ބުނެ އިންޒާރުތައް ނެރެފައެވެ. މިގޮތުން 43 ޑިގްރީ ސެލްސިއަސް އަށް ވެސް ބައެއް ވަގުތުތަކުގައި ހޫނުމިން އަރައިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ. އިތުރު ތޫފާނެއް އެރުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ހަވީރުން ފެށިގެން ކުޑަވި ނަމަވެސް އިންތިހާ ހޫނުގެ މައްސަލަ އަދިވެސް އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.

ހޫނުގެ ސަބަބުން ގެއްލުން ލިބޭފަދަ ހައިރިސްކް މީހުނަށް ޚާއްސަކޮށްގެން ޓެކްސާސްގެ ބައެއް ސިޓީތަކުގައި ފިނިކޮށްލަންދާނެ "ކޫލިންގ ސެންޓަރު"ތައް ވެސް ހުޅުވާފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ޓެކްސާސް އަށް ހީޓްވޭވެއް އައިސްފައި މިވަނީ ޖޫން 21 ގައި ފެށޭ ސަމަރ ނުވަތަ ހޫނު މޫސުން ފެށުމުގެ ކުރިންނެވެ.  

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2019

މޫސުމީ ވިއްސާރައިގައި ސްރީލަންކާއިން 5 މީހުން މަރުވެއްޖެ

02 ޑިސެމްބަރު 2019
މޫސުމީ ވިއްސާރައިގައި ސްރީލަންކާއިން 5 މީހުން މަރުވެއްޖެ
20 ޖުލައި 2019

މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ އިންޑިއާއިން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ

20 ޖުލައި 2019
މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ އިންޑިއާއިން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ
17 އޯގަސްޓު 2018

ކެރެލާ އަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި 324 މީހުން މަރުވެއްޖެ

17 އޯގަސްޓު 2018
ކެރެލާ އަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި 324 މީހުން މަރުވެއްޖެ
11 ޖުލައި 2018

ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރަ: މަރުވި މީހުންގެ އަދަދު 176 އަށް އަރައިފި

11 ޖުލައި 2018
ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރަ: މަރުވި މީހުންގެ އަދަދު 176 އަށް އަރައިފި
10 ޖުލައި 2018

ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރަ:މަރުވި މީހުންގެ އަދަދު 126 އަށް އަރައިފި

10 ޖުލައި 2018
ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރަ:މަރުވި މީހުންގެ އަދަދު 126 އަށް އަރައިފި
09 ޖުލައި 2018

ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

09 ޖުލައި 2018
ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
23 ޑިސެމްބަރު 2017

ފިލިޕީންސްއަށް އެރި މޫސުމީ ކޮޅިގަނޑު "ޓެމްބިން"ގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

23 ޑިސެމްބަރު 2017
ފިލިޕީންސްއަށް އެރި މޫސުމީ ކޮޅިގަނޑު "ޓެމްބިން"ގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
13 ޑިސެމްބަރު 2017

މޫސުމީ މައްސަލަތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މި ދަނީ ބަލިވަމުން: މެކްރޮން

13 ޑިސެމްބަރު 2017
މޫސުމީ މައްސަލަތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މި ދަނީ ބަލިވަމުން: މެކްރޮން
16 އޯގަސްޓު 2017

އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި 221 މަރު

16 އޯގަސްޓު 2017
އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި 221 މަރު
28 މެއި 2017

ޖީ7 ގެ ބައްދަލުވުމަށްފަހު މޫސުމީ މައްސަލަތަކުގައި އެމެރިކާ ނިންމާނެ ގޮތެއްގެ އިންތިޒާރުގައި

28 މެއި 2017
ޖީ7 ގެ ބައްދަލުވުމަށްފަހު މޫސުމީ މައްސަލަތަކުގައި އެމެރިކާ ނިންމާނެ ގޮތެއްގެ އިންތިޒާރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު