Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ރަޝިޔާ ޔޫކްރެއިން ހަނގުރާމައަށް ހައްލެއް ހޯދޭތޯ އެފްރިކާގެ ވެރިންގެ ވަފްދެއް ޔޫކްރެއިނާއި ރަޝިޔާ އަށް

17 ޖޫން 2023 | ހޮނިހިރު 11:33

ހަނގުރާމަ ހުއްޓާނުލަނީސް ރަޝިޔާއާއެކު ސުލްހައިގެ އެއްވެސް ވާހަކަތަކަކަށް ދާން އެއްބަސްނޫންކަމަށް ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 17 ޖޫން 2023 | ހޮނިހިރު 11:33
ޔޫކްރެއިން އަށް ވަޑައިގެންނެވި އެފްރިކާގެ ވަފްދު

ޔޫކްރެއިން އަށް ވަޑައިގެންނެވި އެފްރިކާގެ ވަފްދު

ޔޫކްރެއިން ރަޝިޔާ ހަނގުރާމައަށް ހައްލެއް ހޯދޭތޯ ބެއްލެވުމަށް އެފްރިކާގެ ވެރިންގެ ވަފްދެއް ޔޫކްރެއިންގެ ކިއިވް އަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިވަފްދުގައި އިސްކޮން ހުންނެވީ ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަޕޯސާ އެވެ.

އެފްރިކާގެ ވެރިންގެ ވަފްދެއް ޒިޔާރަތް ކުރެއްވި ނަމަވެސް ރަޝިޔާއާއެކު ސުލްހައިގެ އެއްވެސް ވާހަކަތަކަކަށް ދާން އެއްބަސްނޫންކަމަށް ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައިވާ ކަމަށް އޭއެފްޕީން ރިޕޯޓްކޮށްފައި ވެއެވެ. ޒެލެންސްކީ ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ކަހަލަ ވާހަކަތަކަށް ދިއުމުގެ ކުރިން ހަނގުރާމަ މެދުކަނޑާލަންޖެހޭނެއެވެ. ޔޫކްރެއިންގެ ރައްޔިތުންނަށް ލިބެމުންދާ ވޭނާއި އަނިޔާ ހުއްޓެންޖެހޭނެ ކަމަށް ޒެލެންސްކީ ވިދާޅުވެފައިވެއެވެ.

ހުކުރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި ކިއިވް އަށް ވަޑައިގެންނެވުމަށްފަހު ރާމަޕޯސާވަނީ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި ރަޝިޔާ އަދި ޔޫކްރެއިނުން ވެސް ހަމަލާތައް ވަގުތުން ހުއްޓާލާ މަޝްވަރާގެ ތެރެއިން ސުލްހަވެރި ހައްލެއް ހޯދުމަށް ގޮވާލައްވާފައެވެ.

ސެނެގޯލް، އީޖިޕްޓް، ޒެމްބިޔާ، ސައުތު އެފްރިކާ އަދި ކޮމޮރޯސްގެ ވެރިން ހިމެނިވަޑައިގަންނަވާ ވަފްދުގެ ބޭފުޅުން ޔޫކްރެއިނަށް އަރާވަޑައިގެންނެވި ވަގުތާ ދިމާކޮށް ވެސް ރަޝިޔާއިން ވަނީ ޔޫކްރެއިނަށް މިސައިލް ހަމަލާތަކެއް ދީފައެވެ. އަދި ބާރުގަދަ ގޮވުންތަކެއް ހިނގާފައި ވެއެވެ. ސީއެންއެން އިން ބުނެފައިވާ ގޮތުން މިގޮވުންތައް ބާރުގަދަކަމުން އެފްރިކާގެ ވަފްދު ވަގުތުން ވަނީ ބަންކަރުތަކަށް ގެންދެވިފައެވެ.

މިހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ރައީސްގެ އޮފީހުގެ އިސްބޭފުޅަކު ވިދާޅުވީ މިދަނޑިވަޅު މިފަދަ ހަމަލާތަކެއް ދީގެން ޕޫޓިން ދައްކަވަން ބޭނުންފުޅުވީ ބޭރުގެ އިއްޒަތްތެރިންގެ ރައްކާތެރިކަން ވެސް މުހިންމު ނޫންކަމަށެވެ. އަދި އެކަމާ ފަރުވާލެއް ނުބަހައްޓަވާ ކަމެވެ.

ވަފުދުގެ ބޭފުޅުން ހޮނިހިރު ދުވަހު ރަޝިޔާއަށް ވަޑައިގެން ރައީސް ވްލަޑިމިއަރ ޕޫޓިންއާ ބައްދަލްކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެފްރިކާގެ ވެރިންގެ ދަތުރުފުޅަކީ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެފްރިކާގެ ގައުމުތަކުގައި ކާބޯތަކެއްޗާއި ހަކަތަ ލިބުން ދަތިވެ ތަދުމަޑުކަން އާންމުވަމުންދާތީ އެކަމަށް ހައްލެއް ހޯއްދެވުމުގެ ގޮތުން ފައްޓަވާފައިވާ ދަތުރު ފުޅެކެވެ.

މިދަތުރުފުޅާ ބެހޭގޮތުން ރާމަޕޯސާގެ އޮފީހުން ބުނެފައިވާ ގޮތުގައި މިއީ އެފްރިކާ ބައްރުން ބޭރުގެ ކަމެއްގައި ސަރުކާރު އަދި ދައުލަތުގެ ވެރިން އެކުގައި ދަރުތު ކުރައްވާ ފުރަތަމަ ފަހަރު ކަމުގައެވެ. ރައީސް ރާމަޕޯސާގެ ތަރުޖަމާން ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުން ހަމައެކަނި ޔޫކްރެއިންގެ އެތައް މިލިއަން މީހުންނަށް ކުރިމަތިވެފައިވާ ތަކްލީފްތައް ހުއްޓޭނީ ނޫން ކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު އެފްރިކާގެ ގައުމުތަކުގައި އުފެދިފައިވާ ކަންބޮޑުވުމާ ނުތަނަވަސްކަމަށް ވެސް ލުއި ލިބިގެންދާނެ ކަމުގައެވެ.   

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

21 ޖޫން 2017

ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް

21 ޖޫން 2017
ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
12 ޖޫން 2017

ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ

12 ޖޫން 2017
ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
20 ފެބުރުއަރީ 2017

ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ

20 ފެބުރުއަރީ 2017
ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް