Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެތިލެޓިިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ބައިނަލްއަގުވާމީ ކުޅިވަރު މައިދާނުގައި ދޭދޭ ޤައުމުތަކުގެ ގުޅުމަށް އަސަރު ކުރާފަދަ ވާހަކަތައް ނުދެއްކުމަށް ގޮވާލައިފި

އިދިކޮޅު ފަރާތްތަކުން ވަނީ އިންޑިއާ މުބާރާތުގައި ރާއްޖެއިން ބައިވެރިވުމުން ފާޑުކިޔާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 17 ޖޫން 2023 | ހޮނިހިރު 06:22
ސާއިދު (މ) މުބާރާތެއްގައި ދުވަނީ: އިންޑިޔާ މުބާރާތަށްދާނެ

ސާއިދު (މ) މުބާރާތެއްގައި ދުވަނީ: އިންޑިޔާ މުބާރާތަށްދާނެ

ބައިނަލްއަގުވާމީ ކުޅިވަރު މައިދާނުގައި ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް އަސަރުކުރާފަދަ އެއްވެސް ވާހަކައެއް ނުދެއްކުމަށް އެތިލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގޮވާލައިފިއެވެ.

އެ އެސޯސިއޭޝަނުން މިހެން ބުނެފައިވަނީ އިންޑިއާގެ ސްޓޭޓް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެތުލީޓުންތަކެއް ބައިވެރިވާތީ އެކަމާ ފާޑުކިޔައި އިދިކޮޅު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަަކަތައް ފަތުރަމުންދާތީއެވެ. އެގޮތުން، އިންޑިއާގެ ސްޓޭޓްތައް ބައިވެރިވާ އެ މުބާރާތުގައި ރާއްޖެއިން ބައިވެރިވުމަކީ ރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ހެދުން ކަމަށް ބުނެ އެ ފަރާތްތަކުން ވަނީ ފާޑުކިޔައިފައެވެ.

Advertisement - newsAdvertisement

މި މުބާރާތުގައި ރާއްޖެ ނޫން އެހެން އެއްވެސް ޤައުމެއް ބައިވެރިނުވާ ކަމަށާއި އެއީ ރާއްޖެއިން ލަދުވެތިވާން ޖެހޭ ކަމެއް ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މި މުބާރާތުގައި ލަންކާގެ އެތުލީޓުން ވެސް ބައިވެރިވެއެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން އެތުލެޓިކްސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ އިންޓަރ ސްޓޭޓް ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފަސް އެތުލީޓަކުު ބައިވެރިވަނީ އެ ޤައުމުގެ އެތުލެޓިކްސް ފެޑަރޭޝަންގެ ދައުވަތަކަށް ކަމަށެވެ. އަދި ދުނިޔޭގެ ޤައުމުތަކުން އިންތިޒާމް ކުރާ އެ ޤައުމުތަކުގެ ނޭޝަނަލް ލެވެލް،ޑިސްޓްރިކްޓް ލެވެލް އަދި ސިޓީ ލެވެލްގެ ކުޅިވަރު މުބާރަތްތަކުގައި އަވަށްޓެރި ޤައުމުތަކަށް ދައުވަތު ދޭ ކަމަށާއި އެފަދަ މުބާރާތްތަކުގައި އެހެން ޤައުމުތައް ބައިވެރިވުމަކީ އައު ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ އެސޯއިއޭޝަނުން ބުނީ 1983ވަނަ އަހަރު އެ އެސޯސިއޭޝަން އުފެދުނީއްސުރެ ބައިނަލްއަގުވާމީ މުބާރާތްތަކާއި އަވައްޓެރި ޤައުމުތަކުގެ ނޭޝަނަލް ޗެމްޕިއަންޝިޕްތަކުގައި ރާއްޖެއިން ބައިވެރިވާ ކަމަށެވެ. އެގޮތުން، ލަންކާ، ޕާކިސްތާން، މެލޭޝިއާ، ސިންގަޕޯ، ބޮޓްސްވާނާ، އިންޑިއާގެ ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕްތަކުގައި މީގެ ކުރިންވެސް ދިވެހި އެތުލީޓުން ވާދަކޮށްފައިވާކަން އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

މިކަންކަން މިހެން އޮތްއިރު އެކަމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ދައްކަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި އެފަދަ ވާހަކަތަކުގެ ސަބަބުން މިހާރުވެސް އިންޑިއާގައި ތަމްރީން ހަދަމުން އަންނަ އެތުލީޓުންނަށް ސީދާގޮތުންނާއި ނުސީދާގޮތުން އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ. އަދި ހަގީގަތާ ޚިލާފު އެފަދަ ވާހަކަތަކުގެ ސަބަބުން ކުޅިވަރުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދު އޮތް ގުޅުމަށް ބުރޫ އަރައި، ދެ ޤައުމުން އެކުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅިދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

އެ އެސޯސިއޭޝަނުން ވަނީ މި ސަބަބުތަކާހުރެ ބައިނަލްއަގުވާމީ ކުޅިވަރު މައިދާނުގައި ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް އަސަރުކުރާފަދަ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ރާއްޖޭގައި އީދު ކުޅިވަރުތައް ކުރިއަށް ދަނީ

މުޅި ރާއްޖޭގައި އީދު ކުޅިވަރުތައް ކުރިއަށް ދަނީ

01 ސެޕްޓެމްބަރު 2017
ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަފާތު މައްސަލަތަކާ ގުޅޭ ގޮތުން ހަރްދީޕް ޕޫރީއާ ރައީސް ނަޝީދު މަޝްވަރާކުރައްވައިފި

ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަފާތު މައްސަލަތަކާ ގުޅޭ ގޮތުން ހަރްދީޕް ޕޫރީއާ ރައީސް ނަޝީދު މަޝްވަރާކުރައްވައިފި

25 އޯގަސްޓު 2017
 އެމްއެމްޕީއާރުސީގެ މައްސަލަތައް ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ އެހީ ހޯދާނަން: ގުޅިފައިވާ ޕާޓީތައް

އެމްއެމްޕީއާރުސީގެ މައްސަލަތައް ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ އެހީ ހޯދާނަން: ގުޅިފައިވާ ޕާޓީތައް

16 އޯގަސްޓު 2017
ރާއްޖެއިން މަރުގެ ހުކުމް ތަންޒީފުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން!

ރާއްޖެއިން މަރުގެ ހުކުމް ތަންޒީފުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން!

05 އޯގަސްޓު 2017
ރައީސް މައުމޫންގެ ސުވާލެއް: ފުލުހުންނާއި ސިފައިންނާއި ކޯޓްތައް އެ ބޭނުން ކުރަނީ ސިޔާސީ މައިދާނުގައި ބަލީވީމަތޯ؟

ރައީސް މައުމޫންގެ ސުވާލެއް: ފުލުހުންނާއި ސިފައިންނާއި ކޯޓްތައް އެ ބޭނުން ކުރަނީ ސިޔާސީ މައިދާނުގައި ބަލީވީމަތޯ؟

27 ޖުލައި 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު